އެމްޑީޕީގެ ޕީޖީ ލީޑަރު، އަދި އަލިފުށި ދާއިރާގެ މެމްބަރު، މުހައްމަދު ރަޝީދު
ހަބަރު
30 Jan 2024 | 19:23
މަޖިލިހުގެ ރުހުން ނުލިބުނު ވަޒީރުންގެ ނަންތައް އަލުން މަޖިލީހަށް ނުފޮނުވޭނެ: އެމްޑީޕީ

ރައީސުލްޖުމުހުރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ކެބިނެޓަށް ރުހުން ދިނުމަށް އިއްޔެ ބޭއްވުނު ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއިން ރުހުން ނުލިބުނު ތިން ވަޒީރުން އަލުން އެ މަޤާމުތަކަށް އައްޔަންކޮށް އެބޭފުޅުންގެ ނަންތައް އަލުން މަޖިލިހަށް ނުފޮނުވޭނެކަމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ ، އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީން މިފަދައިން ބުނެފައި ވަނީ އެޕާރޓީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެގައެވެ. އެ ބައްދަލުވުމުގައި އެމްޑީޕީގެ ޕީޖީ ލީޑަރު، އަދި އަލިފުށި ދާއިރާގެ މެމްބަރު، މުހައްމަދު ރަޝީދު (ބިގޭ) ވިދާޅުވީ އިއްޔެ މަޖިލިހުން ރުހުން ނުލިބުނު ވަޒީރުން އަލުން އެމަޤާމުތަކަށް އައްޔަންކޮށް މަޖިލިހުގެ ރުހުން ހޯދަށް ފޮނުވަން އުޅެކަމުގެ މަޢުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕުން ވިޕެއް ނެރެ، އަދި  ދަ ޑިމޮކްރެޓްސްގެ ތާއީދާއި އެކު އިއްޔެ މަޖިލިހުގެ ރުހުން ނެތްކަމަށް ނިންމާފައި ވަނީ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށާއި، އެޓާނީ ޖެނަރަލް އަހުމަދު އުޝާމަށާއި ، އަދި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރަށެވެ.

މަޖިލިހުން މި ތިން ވަޒީރުންނަށް ރުހުން ނެތްކަމަށް ފާސްކުރިތާ މާ ގިނަ އިރުތަކެއް ނުވަނީސް ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ ހަމަ އެ ބޭފުޅުން އެ މަގާމުތަކަށް އައްޔަން ކޮށްފައެވެ. އެބޭފުޅުންނަށް މަޤާމުގެ ހުވާލައި ދެއްވީ ސްޕްރިމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ހުސްނުއްސުޢޫދެވެ.

މިއަދުގެ މި ނޫސްވެރިންގެ ބައްދަލުވުގައި އެމްޑީޕީގެ ޕީޖީ ލީޑަރ އިތުރަށް ވިދާޅުވީ މަޖިލިހުން ރުހުން ނެތްކަމަށް ފާސްކޮށްފައިވާ ވަޒީރުންތަކެއް އަލުން އެމަޤާމުތަކަށް އައްޔަންކޮށް މަޖިލިހުގެ ރުހުން ހޯދުމަށް ނުފޮނުވޭނެ ކަމަށް މަޖިލިހުގެ ކައުންސިލް ޖެނެރަލްވެސް ވިދާޅުވެފައިވާ ކަމަށެވެ.

"އެހެންކަމުން އަޅުގަނޑުމެން ގަބޫލެއް ނުކުރަން ޤާނޫނީ އިމުގެ ތެރެއިން ކުރައްވަމުން ގެންދަވާ ކަމެއްގެ ގޮތުގައެއް އަލުން އެ ނަންތައް ވަޒީރުކަން ދެއްވުމަށްފަހު މަޖިލީހަށް ފޮނުވުމަކީ " 

އެމްޑީޕީގެ ޕީޖީ ލީޑަރ ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުގައި އެމްޑީޕީ ޕީޖީ ލީޑަރ އިތުރަށް ވިދާޅުވީ އެ މައްސަލާގައި އެމްޑީޕީން ގޮތެއް ނިންމާނީ އެޕާރޓީގެ ޕީޖީ ގުރޫޕާއި މަޝްވަރާކުރުމަށް ފަހުގައި ކަމަށެވެ.

އެމްޑީޕީން މިގޮތަށް ބުނެފައިވާއިރު މަޖިލިހުން ރުހުން ނުދިން ތިން ވަޒީރަކު އަލުން އަބުރާ ހަމަ އެ ވުޒާރާތަކުގެ ވަޒީރުކަމުގެ މަޤާމަށް އައްޔަން ކުރުމުން ފުންނާބު އުސް ޤާނޫނީ ބޭފުޅުންވެސް ގެންދަވަނީ ތަފަތު ގޮތްގޮތަށް ވާހަކަ ދައްކަވަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.