އެމްޑީޕީން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ހަބަރު
30 Jan 2024 | 20:46
ރައީސް މަޤާމުން ވަކިކުރުމަށް މި ދަޢުރުގައި ހުށައަޅާނަން: އެމްޑީޕީ

ރައީސުލްޖުމުހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަކިކުރުމަށް ބޭނުންވާ ސޮއި މިހާރު ހަމަވެފައިވާ ކަމަށާއި، މަޖިލިހުގެ މިދަޢުރު ހަމަވުމުގެ ކުރިން އެމައްސަލަ މަޖިލިހަށް ހުށައަޅާނެ ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ،  އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީން މިފަދައިން ބުނެފައި ވަނީ މިއަދު އެޕާރޓީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެގައެވެ.

މި ބައްދަލުވުމުގައި އެމްޑީޕީގެ ޕީޖީ ލީޑަރު، އަދި އަލިފުށި ދާއިރާގެ މެމްބަރު، މުހައްމަދު ރަޝީދު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މަޤާމުން ވަކިކުރުމަށް ބޭނުންވާ އަދަދަށް ވުރެ ގިނައިންވެސް މިހާރު އެޕާޓީން ސޮއި ހޯދާފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށް ދަނީ ޕާރޓީގެ އިސް ސަފުގައި ތިއްބެވި ބޭފުޅުންގެ ލަފަޔާއި މަޝްވަރާ ހޯދުންކަމަށް އޭނަ ވިދާޅުވިއެވެ.

"ޕާލިމެންޓްރީ ގްރޫޕުން އެ ހުށަހެޅުން އޮތީ ފާސް ވެސް ކޮށްފަ. ދެން އަޅުގަނޑުމެން މިކަމާއި ގުޅޭ ގޮތުން ޕާޓީގެ ލީޑަރޝިޕްގެ ލެވެލްގެ އިސް މަޝްވަރާތައް ކުރުމަށްފަހު، މިކަން ކުރިއަށް ގެންދާނީ" 

އެމްޑީޕީ ޕީޖީ ލީޑަރ ވިދާޅުވިއެވެ.

މިއަދުގެ މި ބައްދަލުވުމުގައި މުހައްމަދު ރަޝީދު އިތުރަށް ވިދާޅުވީ މެމްބަރުންގެ ސޮއި ހަމަވެފައި ވީ ނަމަވެސް އެ މައްސަލަ މަޖިލިހަށް ވައްދާނީ އަދި ކޮން ދުވަހެއްގެ ކޮން ވަގުތެއްގައިކަން އެޕާރޓީން ނިންމާފައި ނުވާކަމަށެވެ.

"އެހުށަހެޅުން އަދި ހުށަހަޅާނީ މާދަންތޯ އަނެއް ދުވަހުންތޯ އަޅުގަނޑުމެން މިދަނީ ބަލަމުން. ވަގުތާއި ހާލަތަށް ބަލާފަ އެހުށަހެޅުން ހުށަހަޅަން ޖެހޭ އެންމެ ރަނގަޅު ވަގުތުގައި އަޅުގަނޑުމެން ހުށަހަޅާނީ" 

ތަފްސީލް ދެއްވަމުން އެމްޑީޕީ ޕީޖީ ލީޑަރ ވިދާޅުވި އެވެ.

އެމްޑީޕީން މިފަދައިން ބުނެފައިވާއިރު މިވަގުތު އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި ތިބީ 44 މެމްބަރުންނެވެ. މަޖިލިހުގައި އެމްޑީޕީއަށް ތާއިދު ކުރާނެކަން ދާދިފަހުން ހާމަކުރި ދަ ޑިމެކްރެޓްސްގެ 13 މެމްބަރުންނާއި އެކު މުޅިޖުމުލަ 57 މެމްބަރުންނެވެ.

ގާނޫނުއަސާސީގެ 100 ވަނަ މާއްދާގައި ބުނާ ގޮތުން ރައީސް މަގާމުން ވަކިކުރެވޭނީ މަޖިލިހުގެ ތިންބައިކުޅަ ދެބައި މެންބަރުންގެ ވޯޓާއެކު ގައެވެ. އެއީ 19 ވަނަ މިޖިލިހުގެ 87 މެމްބަރުންނަށް ބަލާނަމަ 58 މެމްބަރުންނެވެ.

މިޤަވާއިދު މިހެން އޮއްވައި މަޖިލިހުގައި ހިމެނި ވަޑައިގެންނެވި ގިނަ އަދަދެއްގެ މެމްބަރުންތަކެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ އިސް މަޤާމުތަކަށް ވަޑައިގެންނެވުމުން އެމްޑީޕީ އާއި ދަ ޑިމެކްރެޓްސްގެ ތާޢީދާއި އެކު މިހާރު މަޖިލިހުން ވަނީ މި މާއްދާއަށް ބަދަލު ގެނެސްފައެވެ. މި ގެނެވުނު ބަދަލުން މިހާރު މެމްބަރުންގެ ޖުމުލަ އަދަދކަމުގައި ބަލަނީ މިވަގުތު މަޖިލިހުގައި ތިއްބެވި ޖުމުލަ މެމްބަރުންގެ އަދަދަށެވެ. އޭރަށް ރައީސްގެ އިތުބާރު ނެތްކަމަށް ފާސްކުރަން ބޭނުންވަނީ 53 މެމްބަރުންގެ ވޯޓެވެ.

އެމްޑީޕީ އާއި ޑިމޮކްރެޓްސް ގުޅިގެން މަޖިލިހުގެ ޤަވާއިދަށް މިގެނެވުނު ބަދަކީ ޤާނޫނު އަސާސީ އާއި ޚިލާފު ބާތިލް މާއްދާއެއްގެ ގޮތުގައި ކަނޑައަޅައި ދިނުމަށް އެދި ސަރުކާރުން މިހާރު ވަނީ  ސްޕްރިމްކޯޓަށް މައްސަލައެއް ހުށައަޅާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.