އިނގިރޭސިވިލާތުގެ ހާރިޖީ ވަޒީރު ޑޭވިޑް ކެމަރަން
ދުނިޔެ
30 Jan 2024 | 21:24
އެންމެފަހުން ފަލަސްޠީނަކީ މިނިވަން ދަޢުލަތެއްގެ ގޮތުގައި ބަލައިގަތުމަށް އިނގިރޭސިވިލާތުން ވިސްނަނީ

ޒަޔަނިސްޓު އިޒުރާއިލްގެ އަޅުވެތިކަމުގައި ، ވޭނާއި ހިތްދަތިކަން ތަހައްމަލުކުރަމުންގެންދާ ފަލަސްޠީނަކީ މިނިވަން ދަޢުލަތެއްގެ ގޮތުގައި ބަލައިގަތުމަށް އިނގިރޭސިވިލާތުން ވިސްނަމުންދާކަމުގައި އެ ޤައުމުގެ ހާރިޖީ ވަޒީރު ޑޭވިޑް ކެމަރަން ހާމަކުރައްވައިފިއެވެ.

އިނގިރޭސި ހާރިޖީ ވަޒީރު މިފަދައިން ވިދާޅުވެފައި ވަނީ އިނގިރޭސިވިލާތުގައި ތިއްބަވާ ޢަރަބި ޤައުމުތަކުގެ ސަފީރުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅެއްގައެވެ

ކުރިން އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަންވެސް ކުރައްވާފައިވާ ކެމެރަން ވިދާޅުވީ ފަލަސްޠީނު މިނިވަން ދަޢުލަތެއްގެ ގޮތުގައި ބަލައިގަތުންވެގެން ދާނީ ޒަޔަނިސްޓް ޔަޙޫދީން ފަލަސްޠީނުގެ ރައްޔިތުންނާއި ދެކޮޅަށް ދެމުންގެންދާ ރަހުމެއްނެތް ލާއިންސާނީ ހަމަލާތަކަށް ނިމުމެއް ގެނައުމަށްވެސް ކުރެވޭނެ އެންމެ މުހިއްމު މަސައްކަތް ކަމަށެވެ.

"އެންމެ ފުރަތަމަ މަސައްކަތަކީ ފަލަސްޠީނުގެ މިނިވަން ދަޢުލަތެއް އޮންނާނެ ގޮތުގެ ތަޞައްވުރެއް ސިފަކުރުން. އެ ދަޢުލަތުގައި ހިމެނޭނެ ބައިތަކާއި، ބާރުތައް ބެހިގެންދާނެ ގޮތާއި، ސަރުކާރު ހިނގާނެ ގޮތް ކަނޑައެޅުން. އެއާ އެކުއެކީގައި އަޅުގަނޑުމެންނަށް ފަލަސްޠީނަކީ މިނިވަން ދަޢުލަތެއްގެ ގޮތުގައި ބަލައިގަތުމުގެ މަސައްކަތް ފެށޭނެ. އަދި އ.ދ އިން ވެސް އެއީ މިނިވަން ދަޢުލަތެއްގެ ގޮތުގައި ބަލައިގަނެވޭނެ. އޭރުން މި މަސައްކަތަށް ދެން ހުރަސް އެޅޭނެ ގޮތެއް ނޯންނާނެ." 

އިނގިރޭސި ހާރިޖީ ވަޒީރު ވިދާޅުވިއެވެ.

މުސްލިމު ނޫން ޤައުމުތަކުގެ ބައެއް އިސްވެރިން މިފަދަ ގޮތަކަށް ވާހަކަ ދެއްކެވި ނަމަވެސް ޔަޙުދީ އިޒުރާއިލުން މިއިން އެއްވެސް ކަމަކަށް ބޯލަބާފައެއް ނުވެއެވެ. އަދި ޒަޔަނިސްޓު އިސްރާއީލުގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މިފަދަ އެއްވެސް ކަމަކަށް ވިސްނާފައެއް ވެސް ނުވެއެވެ.

އެހެނީ ޒަޔަނިސްޓް އިޒުރޭލުން ފަލަސްޠިނުގެ ކުށެއްނެތް ނިކަމެތި ރައްޔިތުންނާއި ދެކޮޅަށް މިހާރު ކުރިއަށްގެންދާ ލާއިންސާނީ ހަމަލާތަކުގައި މިއަދާއި ހަމައަށް 26000 އަށް ވުރެ ގިނަ މުސްލިމުން ވަނީ ޝަހީދު ކޮށްލައިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.