ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު-- ފޮޓޯ/ވޮއިސް
ހަބަރު
31 Jan 2024 | 12:53
ޕީޖީ ޝަމީމަށް ދިން ހަމަލަޔާ ގުޅޭ ގޮތުން ރައީސް ޞާލިހާ ސުވާލު ކުރަނީ!

ޕްރޮސެކިއުޓާ ޖެނަރަލް ހުސައިން ޝަމީމަށް އަމާޒުކޮށް ދެވުނު ހަމަލާއާއި ގުޅިގެން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހާ ސުވާލު ކުރައްވާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާގެ ވަޒީރު ޢަލީ އިޙުސާން ވިދާޅުވެއްޖެއެވެ. 

އިހްސާން މިފަދައިން ވިދާޅުވެފައި މިވަނީ، ޕީޖީ ޝަމީމް އަށް ދިން ހަމަލާ ކުށްވެރި ކުރައްވައި ޞާލިހް އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި އެ ހަމަލާ އަކީ ސިޔާސީ ގޮތުން ދެވުމުން ހަމަލާއެއްގެ ގޮތަށް ސިފަކުރެއްވުމާއި ގުޅިގެންނެވެ. 

ޞާލިހުގެ އެ ޓުވީޓަށް ރައްދު ދެއްވައި އިހްސާން އެކްސްގައި ކުރެއްވި ޕޯސްޓުގައި ވަނީ، ޝަމީމަށް ދެވުނު ހަމަލާއާއި ގުޅޭ ތަހުގީގު ފުލުހުން ކުރަމުންދާ ކަމަށެވެ. 

އެ ހަމަލާއަކީ ސިޔާސީ ގޮތުން ދެވުނު ހަމަލާއެއް ކަމަށް ކުރީގެ ރައީސް ޞާލިހު ވިދާޅުވި ވިދާޅުވުމަކީ އެހަމަލާ ދިނުމުގެ ފަހަތުގައިވާ މަޤުޞަދާއި ނިޔަތާ ގުޅޭ ބުރަދަންހުރި އިތުބާރުކުރެވޭ މައުލޫމާތު އެމަނިކުފާނަށް ލިބިވަޑައިގެންފައިވާކަމަށް ބެލެވޭނެ ސަބަބެއް

ވަޒީރު ޢަލީ އިޙުސާން 

އެހެންކަމުން، ރައީސް ޞާލިހުގެ އެ ޕޯސްޓުގައި އިޝާރާތްކުރެއްވި ސިޔާސީ މަޤުޞަދާ ގުޅޭ ގޮތުން އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ އިތުބާރުހުރި މައުލޫމާތު ދިވެހި ފުލުހުންގެ ޚިދުމަތާ މިހާރުން މިހާރަށް ހިއްސާކުރެއްވުމަށް އިހްސާން ވަނީ އެދިވަޑައިގެންފަ އެވެ. 

އަދި އެ މައުލޫމާތު ހޯދުމަށް ކުރީގެ ރައީސްގެ އޮފީހާ ގުޅިގެން ފުލުހުންގެ ޚިދުމަތުން މަސައްކަތްކުރުމަށް، އެ މައްސަލަ ތަހުގީގުކުރާ ޓީމަށް އިރުޝާދުދެއްވާފައިވާ ކަމަށްވެސް އިހްސާން ވިދާޅުވި އެވެ. 

މީގެ އިތުރުން އިހްސާން ވިދާޅުވީ، ފުލުހުން އަންނަނީ އެ މައްސަލައަށް އެންމެ އިސްކަމެއް ދީގެން ތަހުގީގު ކުރަމުން ކަމަށާ، ހަމަލާ ދިން ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ނެރުއްވާނެ ކަމަށެވެ. 

ޕީޖީ ޝަމީމަށް ހަމަލާދީފައި ވަނީ މިއަދު ގެ ވަގުތެއްގައި މާލޭ ގައެވެ.

މި މައްސަލަ އާއި ގުޅިގެން ފުލުހުން ބުނީ އެ ބޭފުޅާ އަށް ލިބިފައިވާ އަނިޔާތަކަށް އޭޑީކޭ ގައި ފަރުވާ ހޯދަމުން އަންނަ ކަމަށެވެ. އަދި މިހާތަނަށް ބެލި ބެލުމުން ހަމަލާދީފައި ވަނީ ތޫނު އެއްޗަކުން ކަން އެނގޭ ކަމަށާއި އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ޕީޖީ ޝަމީމަށް ދިން ހަމަލާގައި އެބޭފުޅާ ގެ އަތްޕުޅުގެ މުލައްދަނޑިއަށް އަނިޔާވި ނަމަވެސް ސީރިއަސް އަނިޔާއެއް ލިބިވަޑައިގެންފައެއް ނުވެއެވެ.

ހަމަލާ އާއި ގުޅިގެން ޝަމީމަށް ދެމުން އަންނަ ސެކިޔުރިޓީ ވެސް ވަނީ ވަރުގަދަ ކޮށްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.