ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޔޫސުފް ލޫތު
ހަބަރު
31 Jan 2024 | 19:36
އެމްޕީއެލްގެ ބޮޑު ވައްކަން 6.7 މިލިއަނަށް އަރާ، 5 މީހެއްގެ މައްޗަށް ދައުވާ ކުރަނީ

ދުނިޔެއަށް ކުރިމަތިވި އާލަމީވަބާ ކޮވިޑް 19 ގެ ތެރޭގައި، 2020 ވަނަ އަހަރު މާލޭ ވިޔަފާރި ބަނދަރުގައި ހިންގި ތެލުގެ ބޮޑުވައްކަމުގައި، ހިޔާނާތުގެ ގޮތުގައި 6.7 މިލިޔަން ރުފިޔާ ބޭނުންކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ޢިދާރާއިން ހާމަކޮށްފިއެވެ.

ދިވެހި ފުލުހުންގެ ފަރާތުން މިކަން ހާމަކޮށްފައިވަނީ މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރީންގެ ބައްދަލްވުމެއްގައި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޔޫސުފް ލޫތެވެ.

ލޫތު ހާމަކުރެއްވި ގޮތުގައި މާލޭ ވިޔަފާރި ބަނދަރުގައި އެމްޕީއެލްގެ މުއައްޒަފުންތަކެއް ހިންގި މި ވައްކަށް ހިންގާފައިވަނި 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އެއަހަރުގެ އޮކްޓޫބަރ މަހުގެ ނިޔަލަށެވެ.

މި ބޮޑު ވައްކަމުގެ ތަފުސީލް ދެއްވަމުން ލޫތު ވިދާޅުވީ މި ވައްކަމުގެ ތުހުމަތު ކުރެވެނީ ފަސް މީހަކަށް ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ  އެފްއެސްއެމްގެ ތިން މުވައްޒަފަކާއި އެމްޕީއެލްގެ ދެ މުއައްޒަފެއް ކަމަށެވެ. އަދި އޭގެ ތެރެއިން 4 މީހުންނަކީ ދިވެހިން ކަމަށާއި އަނެއް މީހާއަކީ ބިދޭސީއެއް ކަމަށްވެސް ލޫތު ވިދާޅުވިއެވެ.

ތަފްސީލް ދެއްވަމުން ލޫތު ވިދާޅުވީ މިކަމުގައި ތުހުމަތު ކުރެވެ ބިދޭސީ މީހާގެ އެކައުންޓަށް 2018 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރުގެ ނޮވެމްބަރާއި ހަމައަށް މި ހިޔާނާތާއި ގުޅުންހުރި ފައިސާ ޖަމާވެފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް ފާހަގަ ވަނީ އެމްޕީއެލް އަށް ޑެލިވަރީ ނުކުރާ ތެޔޮތަކެއް އެމްޕީއެލަށް ލިބިފައިވާ ކަމަށް ބަޔާންކޮށް 119 ޑެލިވަރީ އޯޑާ އަކަށް އެމްޕީއެލްގެ ފަރާތުން އެފްއެސްއެމަށް ފައިސާ ދޫކޮށް މި ފައިސާ އަށް ހިޔާނާތްތެރިވެފައިވާ ކަމަށް،" 

ތަފްސީލް ދެއްވަމުން ލޫތު ވިދާޅުވިއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޔޫސުފް ލޫތު ވިދާޅުވީ މި މައްސަލަ މިހާރުވަނީ ތަޙްޤީގު ނިންމުމަށް ފަހު 5 މީހެއްގެ މައްޗަށް ދަޢުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.