އާރުޓީއެލް ބަސް ދަތުރުތަކަކީ ގިނަބަޔަކަށް ބޮޑު ފަސޭހައެއް ލިބިގެންދާ ކަމެއް
ހަބަރު
31 Jan 2024 | 20:53
މާދަމާއިން ފެށިގެން ވިނަރެސް ފުލެޓްތައް ކައިރިއަށް އާރުޓީއެލް ބަސް ހުއްޓާނެ

މާދަމާއިން ފެށިގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ވިނަރެސް ފްލެޓްތައް ކައިރީ އާރުޓީއެލްގެ އައު ބަސްހުއްޓިއެއް ޤާއިމުކޮށް ޚިދުމަތްދޭން ފަށާނެ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ރައްޔިތުންގެ އެދުމާއި އެއްގޮތަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ވިނަރެސް ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އާރުޓީއެލް ބަހުގެ ޚިދުމަތް ފަސޭހައިން ފޯރުކޮށްދިނުމަށްޓަކައި އެ ސަރަހައްދުގައި އައު ބަސް ހުއްޓިއެއް ޤާއިމުކުރެވި މާދަމާއިން ފެށިގެން ޚިދުމަތްދޭން ފަށާނެ ކަމަށެވެ.

އެމްޓީސީސީން އިތުރަށް ބުނެފައިވާ ގޮތުގައި މި ބަދަލާއިއެކު ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން އާރު7، އާރު8 އަދި އާރު9 ރޫޓުތަކަށް ވެސް ބަދަލުތަކެއް އަންނާނެއެވެ.

މާދަމާއިން ފެށިގެން ބަސްދަތުރުތަކަށް އަންނަ ބަދަލަކީ :

އާރު 6 (ހުޅުމާލޭ ފޭސް 1 - ފޭސް 2)

އާރު 7 (ހުޅުމާލެ ފޭސް 2 - ވެސްޓް ޕާރކް)

އާރު 8 (ހުޅުމާލެ ފޭސް 2 - ކަރނިވަލް)

އާރު 9 ( ހުޅުމާލެ ފޭސް 2 - އެއަރޕޯޓް)

އެމްޓީސީސީގެ މި ޕޯސްޓާއި އެކު ބަސްދަތުރުގެ ރޫޓީންގއަށް އަންނަ ބަދަލާއި ގުޅޭ ޗާޓެއްވެސް ވަނީ އާއްމު ކުރައްވާފައެވެ.

ހަމަ އެހެންމެ އާރުޓީއެލް ބަހުގެ ޚިދުމަތުގެ ރޫޓުތަކާއި ޝެޑިއުލްތަކާއި ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް އާރުޓީއެލްގެ ވެބްސައިޓް http://www.rtl.mv ނުވަތަ އާރުޓީއެލް މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ބަލާލެވޭނެކަމަށާއި އަދި ހޮޓްލައިން ނަންބަރަ 1650 އަށް ގުލައިގެންވެސް އިތުރު މައުލޫމާތު ލިބޭނެ ކަމަށްވެސް އެމްޓީސީސީން ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.