ޕޮލިހުން މިއަދު ކުރިއަށް ގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ހަބަރު
31 Jan 2024 | 21:46
އެފްއޭއެމްގެ ހިޔާނާތާއި ގުޅިގެން އެތަނުގެ ދެ ވެރިއެއްގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

ދިވެހިރާއްޖޭގެ ފުޓްބޯޅައިގެ މައި ޢިދާރާ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އަށް ލިބުނު ދެ މިލިއަނެއްހާ ޑޮލަރަށް ހިޔާނާތްތެރިވެފައިވާ މައްސަލައެއްގައި އެތަނުގެ ދެ ވެރިއެއްގެ މައްޗަށް ދައުވާކޮށްދިނުން އެދި ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ދިވެހި ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ އިދާރާއިން މިފަދައިން ވިދާޅުވެފައިވަނީ މިއަދު ހަވީރު އިސްކަންދަރު ކޮށީގައި ބޭއްވި  ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ހެޑް އޮފް ފައިނޭންޝަލް ކްރައިމް ޔުނިޓްގެ އިންސްޕެކްޓަރ އޮފް ޕޮލިސް ޔޫސުފް ލޫތެވެ.

މި ބައްދަލުވުމުގައި އިންސްޕެކްޓަރ އޮފް ޕޮލިސް ޔޫސުފް ލޫތު ވިދާޅުވީ އެފްއޭއެމުގެ ފައިސާއަށް ހިޔާނާތްތެރި ވެފައިވާ ބޮޑުމައްސަލަ ތަޙްޤީގުކުރަމުން ދާއިރު މިހާތަނަށް ހޯދިފައިވާ ގޮތުގައި މި ހިޔާނާތުގައި އެތަނުގެ ބައެއް ވެރިންގެ އެކައުންޓަތަކަށް ގިނަ އަދަދަކަށް ފައިސާ ޖަމާވެ، އެފައިސާއިން ލޯންޑުކުރުމުގެ މުއާމަލާތްތައް ހިންގާފައިވެއެވެ.

ލޫތު އިތުރަށް ވިދާޅުވީ އެތަނުގެ އިސްވެރިންގެ އެކައުޓްތަކަށް ވަދެފައިވާ ފައިސާތަކަށް ބަލާއިރު އެފްއޭއެމަށް ރާއްޖޭގެ އެކިއެކި ތަންތަނުން ދޭ ފައިސާ އާއި، ބޭރުގެ ފަރާތަކުން ދޭ ފައިސާވެސް ހިމެނޭ ކަމަށެވެ.

"މި މައްސަލައާ ގުޅުން ހުރި ބައެއް ތަންތަން ބަލާފާސްކޮށް، ޑޮކިއުމެންޓްރީ ހެއްކާއި އަދި އިލެކްޓްރޯނިކް ބައެއް ޑިވައިސް ވަނީ ހެކީގެ ގޮތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ". އިންސްޕެކްޓަރ އޮފް ޕޮލިސް ޔޫސުފް ލޫތު ވިދާޅުވިއެވެ.

އެފްއޭއެމްގެ އިސްވެރިންގެ އެކައުންޓްތަކަށް ވަދެފައިވާ ފައިސާގެ ތަފްސީލް ދެއްވަމުން ލޫތު ވިދާޅުވީ ދުނިޔޭގެ ފުޓްބޯޅަގެ މައި އިދާރާ ފީފާއިން އެފްއޭއެމްއަށް ޖަމާކޮށްފައިވާ 10،000 ޑޮލަރު އެފްއޭއެމްގެ އިސްވެރިއެއްގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށެވެ. އެ ފައިސާ އެ ފަރާތުން އަމިއްލައަށް ބޭނުންކޮށް، އޭގެ މަންފާ ހޯދާފައިވާ ކަމަށް ތުހުމަތު ކުރެވޭ އެކަށީގެންވާ ހެކި ތަހްޤީގަށް ލިބިފައިވާކަމަށްވެސް ލޫތު ވިދާޅުވިއެވެ.

ލޫތު ވިދާޅުވީ ފުލުހުންނަށް ތަހުޤީގަށް ލިބިފައިވާ ހެއްކާއި ގަރީނާގެ މައްޗަށް ބިނާކޮށް އެފްއޭއެމްގެ އިސް ދެ ވެރިއެއްގެ މައްޗަށް ދައުވާކުރަން މިހާރު ޕީޖީއަށް ފޮނުވާފައިވާ ކަމަށެވެ.

ލޫތު ވިދާޅުވީ އެފްއޭއެމްގެ މި ބޮޑު ހިޔާނާތުގެ މައްސަލަ ތަހުގީގުކުރުން މިހާރުވެސް ކުރިއަށްދާކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.