މިއަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ވާދަކުރާ ގައްދޫ ފުޓްސަލް ޓީމު
ކުޅިވަރު
01 Feb 2024 | 01:47
ތިނަދޫ އަތުން ބަލިވެ ގައްދޫ މުބާރާތުން ކަޓައިފި

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް "ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2024" ގެ ގދ. އަތޮޅުގެ އަތޮޅު ބުރުގައި ބުދަދުވަހުގެ ރޭ ވާދަވެރި ކުޅުމަކަށްފަހު 1-0 ގެ ނަތީޖާއަކުން ތިނަދޫ އަތުން ބަލިވެ ގައްދޫ މުބާރާތުން ކަޓައިފިއެވެ.

މުބާރާތުގައި ގައްދޫ އިން ކުޅުނު ފުރަތަމަ މެޗުގައި 2-1 ގެ ނަތީޖާއަކުން ހޯނޑެެއްދޫ އަތުން ބަލިވެފައިވާ އިރު، ތިނަދޫ ގެ ފުރަތަަމަ މެޗުގައި އެންމެ ފަހުގެ އަތޮޅު ޗެންޕިއަން ވާދޫ އަތުން އެޓީމު ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ.

ހުޅުމާލޭ ރެހެންދި އެއް ނަންބަރު ފުޓްސަލް ދަނޑުގައި ކުޅެވުނު މި މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު މި ހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގެ ކުރީކޮޅުގައި ގައްދޫ ޓީމުން ވަރަށް ހުސް ދެ ފުރުސަތެއް ތަނަވަސްކުރި ނަމަވެސް އެޓީމަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވި ދިޔައިރު ތިނަދޫ ޓީމުން މެޗުގެ ލީޑު ހޯދީ ދެވަނަ ހާފުގެ 37 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހިމް އަހުމަދު އެވެ. މިއީ އެޓީމުގެ ފާރިޝް ތަނަވަސްކޮށްދިން ފުރުސަތެއްގައި ކައިރީގައި ހުރި ކުޅުންތެރިއާ ކައިރިން ނައްޓާލުމަށް ފަހު ގައްދޫގެ ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ މަތީ ދާގަނޑަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މީގެއިތުރުން މެޗުގެ ފަހު ވަގުތުކޮޅުގެ ތެރޭގައި ގައްދޫ ޓީމު ފަސް ފައުލު ހަމަވެގެން ވަނީ ދުރު ދެ ޕެނަލްޓީ ވެސް ލިބިފައެވެ. ނަމަވެސް ފުރަތަމަ ޕެނަލްޓީ ގައްދޫ ޓީމުގެ ކީއްޕަރު ދިފަާއުކުރި އިރު ދެވަނަ ޕެނަލްޓީ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. މީގެ އިތުރުން މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ގައްދޫ ޓީމުގެ ކީޕަރު ކުރި ފައުލަކާއި ގުޅިގެން ރެފްރީ ވަނީ އޭނާއަށް ސީދާ ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލައިފައެވެ.

މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ތިނަދޫ ކުރީގައި އޮވެގެންނެވެ. އަދި މިމެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ތިނަދޫ ޓީމުގެ ގޯލުްކީޕަރު ހުސެއިން ފާޒިލް އެވެ. އޭނާ ވަނީ މި މެޗުގައި ގައްދޫ ޓީމުން ފޮނުވާލި ގިނަ ހަމަލާތަކެއް ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

މި ނަތީޖާއެކު ކުޅުނު ދެމެޗުން ވެސް ބަލިވެ ބާކީ އެއް މެޗު އޮއްވައި ގައްދޫ ޓީމު ވަނީ މުބާރާތުން ކަޓާފައެވެ. އަދި މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ތާވަލުގެ ދެވަނައިގައި މިވަގުތު އޮތީ ތިނަދޫ އެވެ. އެޓީމަށް ދެ މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު މިރޭ ވާދޫ އަތުން 6-1 ގެ ނަތީޖާއަކުން ބަލިވި ހޯނޑެެއްދޫ އަށް ވެސް ވަނީ ތިން ޕޮއިންޓް ލިބިފައެވެ.

މިއާއެކު މިގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ފައިނަލުން ޖާގަ ލިބިގެންދާނީ ފަހު މެޗުގައި ހޯނޑެެއްދޫ އާއި ތިނަދޫ ވާދަކުރާ މެޗުން މޮޅުވާ ޓީމަކަށެވެ. އެމެޗު އެއްވަރުވެއްޖެނަމަ ފައިނަލުގެ ދެވަނަ ޖާގަ ލިބޭނީ ތިނަދޫ އަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް