ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު
ހަބަރު
03 Feb 2024 | 09:34
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން މޭމަހުގެ 10 ވަނަދުވަހުގެ ނިޔަލަށް ގެންދަނީ

ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ އެންމެ ބޮޑުވަޢުދުގެ ގޮތުގައި ހިމެނޭ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ކުރެވެމުން އަންނަ މަޝްވަރާގެ ދަށުން ރާއްޖޭގައި ތިބި އިނޑިއާ ސިފައިން މޭމަހުގެ 10 ގެ ނިޔަލަށް ރާއްޖެއިން ގެންދިއުމަށް އިންޑިއާ ސަރުކާރުން އެއްބަސްވެއްޖެ ކަމަށް ރާއްޖޭގެ ދާހިލީ ވުޒާރާއިން ހާމަކުރައްވައިފިއެވެ.

މިކަން ހަމަކުރައްވާފައިވަނީ އިއްޔެ އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒްގައި ބޭއްވި ދެ ޤައުމުގެ މަތީ ފަންތީގެ ބައްދަލުވުމުގައި މަޝްވަރާ ކުރެއްވި ކަންކަމާއި ގުޅޭގޮތުން ރާއްޖޭގެ ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައެވެ.

ހާރިޖީ ވުޒާރާގެ ބަޔާނުގައި ވިދާޅުވެފައި ވަނީ  ދެ ފަރާތުން ވެސް އެއްބަސްވީ 10 މާޗް 2024 ގެ ކުރިން ތިން އޭވިއޭޝަން ޕްލެޓްފޯމްގެ ތެރެއިން އެއް ޕްލެޓްފޯމްގައި ތިބި ސިފައިން ބޭލުމަށް ކަމަށާއި އަނެއް ދެ ޕްލެޓްފޯމްގައި ތިބި ސިފައިންގެ 10 މެއި 2024 ގެ ކުރިން ބޭލުމަށް ކަމަށެވެ.

އިންޑިއާގައި މި ބޭއްވުނު ބައްދަލުވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިދިޔަ މަހުގެ ކުރީކޮޅު ދުބާއީގައި ބައްދަލު ކުރައްވައި ރާއްޖެއާއި އިންޑިއާގެ ގުޅުން ބަދަހި ކުރުމަށް ދެ ގައުމުގެ މެދުގައި ކޯ-ގްރޫޕެއް އުފެއްދުމަށް ވެ ޑައިގެންނެވި އެއްބަސްވުމުގެ ތެރެއިން އުފެއްދެވި މަތީ ލެވަލް ފެންވަރުގެ ބޭފުޅުން ބައިވެރިވެ ވަޑައިގެން ބޭއްވެވި ބައްދަލުވުމެކެވެ.

އޭގެ ކުރިން ރާއްޖޭގައިވެސް ވަނީ މަތީފަންތީގެ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި ބައްދަލުވުމެއް ބާއްވަވާފައެވެ. އެ ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެދި ވަޑައިގެންފައިވަނީ އަންނަ މާރޗުމަހުގެ 15 ގެ ކުރިން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ގެންދިއުމަށެވެ.

އިއްޔެ ބޭއްވުނު ބައްދަލުވުމާއި ގުޅޭގޮތުން  އިންޑިއާގެ އެކްސްޓާނަލް އެފެއާޒް އިން ވިދާޅުވީ، ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރެއްވި ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.