އިންޑިއާ ސިފައިން އެރި ހޯރަ 3 މަސްދޯނި
ހަބަރު
03 Feb 2024 | 11:14
އަނެއްކާވެސް އިންޑިއާ ސިފައިން ދޯންޏަކަށް އަރާ ހަތިޔާރުން ބިރުދައްކައިފި

މިދިޔަ ބުދަ ދުވަހު އިންޑިއާ ސިފައިން އެރި ދިވެހި މަސް ދޯނި "މާހޯރަ 3" އަށް ދެވަނަ ފަހަރަށް އިންޑިއާ ސިފައިން އަރާ ދޯނީގެ ފަޅުވެރިންނަށް ހަތިޔާރުން ބިރުދައްކައިފި ކަމަށް ދޯނީގެ އޮޑިވެރިޔާ ބުނެފިއެވެ.

ދޯނީގެ އޮޑިވެރިޔާ މުންޒިރު 'ވޮއިސް" އާއި ވާހަކަ ދައްކަމުން ބުނީ ދެވަނަ ފަހަރަށް އެދޯންޏަށް އިންޑިއާ ސިފައިން އަރާފައި ވަނި ހުކުރު ވިލޭރޭ ކަމަށެވެ.

"ދޯންޏަށް އެރި އިންޑިޔާގެ ހުރިހާ ސިފައިންވެސް ތިބީ ހަތިޔާރާއިއެކު . އެމީހުން އަރާ ދޯނީގެ އެންމެ ދޯނީގެ ފަހަތުކޮޅަށް ގެންގޮސް ހަތިޔާރު ދިމާކޮށް އެމީހުން ބަލަން ބެނުންވާ ކަންތައްތަކެއް ބެލިކަމަށް އޮޑިން މަޢުލޫމާތު ދިނީ " 

ތަފްސީލް ދެމުން މާހޯރަ 3 ގެ ވެރިފަރާތް މުންޒިރު ބުންޏެވެ.

މުންޒިރު އިތުރަށް ބުނިގޮތުގައި އިނޑިއާ ސިފައިން ދެފަހަރަށްވެސް ދޯންނަށް އަރަފައި ވަނި ކަންނެއްޔަށް ނިކުމެ އުޅެނިކޮށް ރާއްޖެގެ ކަނޑުގެ ސަރަހައްދުގައި އޮއްވައެވެ.

"އަޅުގަނޑުގެ ދޯންޏަށް އިންޑިއާގެ އަސްކަރިއްޔާއިން 2 ފަހަރަށް ވެސް އަރާފައި މިވަނީ އަޅުގަނޑުމެންގެ ޤައުމުގެ ކަނޑުގެ ސަރަހައްދުގައި އޮއްވަ ، ދޯންޏަށް އިންޑިއާ ސިފައިން އަރަން ޖެހޭ އެއްވެސް ސަބަބެއް އަޅުގަޑަކަށް ނުވިސްނޭ" 

މުންޒިރު ބުންޏެވެ.

މުންޒިރު އިތުރަށް ފާހަގަ ކުރި ގޮތުގައި އިންޑިއާ ސިފައިންގެ މިއަމަލުތައް ހުރި ގޮތުން ދޯނީގައި ތިބި ފަޅުވެރިން މިވަގުތު ތިބީ ކޮންމެވެސް ވަރެއްގެ ބިރުވެރިކަމެއްގެ ތެރޭގައި ނަމަވެސް ހުކުރު ކޮށްލުމަށް ފަހު އަނެއްކާވެސް އެމީހުން މަހަށް ނިކުމެފައިވާ މަށެވެ.

މި ދޯންޏަށް އިންޑިއާ ސިފައިން އެރުމާއި ގުޅިގެން ބޮޑުކަންނެލި މަސްވެރިންގެ ޔުނިއަން އިންވެސްވަނީ ކަން ބޮޑުވުން ފާލުކޮށްފައެވެ.

" 1ފެބްރުއަރީ 2024 ވަނަ ދުވަހުގެރޭ މާހޯރަ3 ދަތުރު ކުރަމުން ދަނިކޮށް މޮޅަދޫ ބޮޔާއި 3 މޭލު ހިސާބުން ރޭގަނޑު 12 ޖެހިއިރު އިންޑިޔާގެ މަނަވަރެއް ކައިރިކޮށް ދޯންޏައް އަރާ މަސްވެރިންނަށް ވަނީ ބިރު ދައްކާފައި.މި މައްސަލަވަނީ  ދޯނީގެ ވެރި ފަރާތުން ރިޕޯޓްކޮށްފައި!" 

ޔުނިއަންގެ ކުރު ނޯޓްގައި ބުނެފައި ވެއެވެ.

އިންޑިއާ ސިފައިންގެ މިއަމަލުތަކާއި ގުޅިގެން ދިވެހި ސަރުކާރުން މިހާރު ވަނީ މިކަންތައްތައް ހިނގާ ދިޔަ ގޮތް ސާފުކޮށް ދިނުންއެދި އިންޑިއާ ސަރުކާރުގައި ލިއުމުން އެދިފައެވެ.

ކޮމެންޓް
އަހްމަދް ރަސީދު
ސަރުކާރު ވަރަށް ބަލިކަށި. މިކަން ޔޫޢެން އަށް ހުށަހަޅަން ޖެހޭ
03 Feb 2024
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.