މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް-- ފޮޓޯ: މަޖިލިސް
ހަބަރު
04 Feb 2024 | 14:00
އަސްލަމާއި ސަލީމްގެ އިތުބާރު ނެތް ކަމަށް ހުށައެޅި މައްސަލައިގެ ނޯޓިސް ފޮނުވައިފި

މިހާރު ކުރިއަށްދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމާއި ނައިބު ރައީސް އަހުމަދު ސަލީމްގެ އިތުބާރު ނެތް ކަމަށް ހުށައަޅާފައިވާ މައްސަލައިގެ ނޯޓިސް މިއަދު މި ދޭބެފުޅުންނަށް މަޖިލީހުން ފޮނުވައިފިއެވެ.

އަސްލަމާއި ސަލީމް ގެ އިތުބާރު ނެތް ކަމަށް ބުނެ މައްސަލަ ހުށައެޅީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީ ކޯލިޝަން ގެ ޕާލިމެންޓަރީ ގްރޫޕުންނެވެ.

އެ ކޯލިޝަނުން މި ދެބޭފުޅުންގެ އިތުބާރު ނެތް ކަމަށް ހުށައެޅީ  އަސްލަމް ވަކި ޕާޓީއެއްގެ މަސްލަހަތު ކުރިއެރުވުމަށާއި، ދުސްތޫރުން މަތިކޮށްފައިވާ ޒިންމާތަކާއި ޚިލާފުވާ ގޮތަށް އަމަލު ކުރައްވާކަމަށް ބުނެ، 23 މެމްބަރުންގެ ސޮޔާއި އެކު އެވެ.  މި ގަރާރުގައި ސޮއި ކުރެއްވި ބޭފުޅުންގެ ތެރޭގައި ޕީޕީއެމް/ޕީއެންސީގެ މެންބަރުންގެ އިތުރުން، އެމްޑީއޭއާއި އެމްއެންޕީގެ މެންބަރުން އަދި އަމިއްލަ މެންބަރު މުހައްމަދު ނަޝީދު އަބްދުالله ވެސް ހިމެނިވަޑައިގަންނަވައެވެ.

އިދިކޮޅުން ރައީސް ޑރ.މުއިއްޒުގެ ކެބިނެޓްގެ ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމުމާއި ގުޅިގެން މަޖިލިސް ތެރޭ އުފެދުނު ހަމަނުޖެހުންތަކުގެ ތެރެއިން ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ޕީޖީ ގްރޫޕުން ހުށައެޅި ގަރާރުގައި ބުނެފައިވަނީ ވަޒީރުންނަށް ރުހުންދޭން ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ ކޮމިޓީން، އެ ބައްދަލުވުމަށް ހާޒިރުވި ހުރިހާ މެމްބަރުންގެ އިއްތިފާގުން ނިންމައި، އެ ރިޕޯޓް މަޖިލީހަށް ހުށައެޅި ކަމަށެވެ. ނަމަވެސް އަސްލަމް އެ މައްސަލަ އަށް ބަހުސް ކުރުމަށް ފުރުސަތު ނުދީ، އެ މައްސަލަ އާއި ގުޅޭ ގޮތުން މެމްބަރުންގެ ވޯޓަކަށް ވެސް ނާއްސަވާ، އެ ރިޕޯޓް އަނބުރާ ކޮމިޓީ އަށް ފޮނުވާލި ކަމަށް ވެސް އެ ގަރާރުގައި ވެއެވެ.

މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ މައްސަލައިގެ ނޯޓިސް ފޮނުވިއިރު، މި ހިނގާ 19 ވަނަ މަޖިލީހުގެ ފަހު ދައުރު ފައްޓާ ޖަލްސާ މާދަމާ އޮންނާނެއެވެ. އެ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވުމަށް ވަނީ ހަމަޖެހިފައެވެ.

މަޖިލީހުގެ ރައީސް ކަމާއި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ހަވާލުވެވަޑައިގަތީ މި ދައުރުގެ ރައީސް ކަމުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. ނަޝީދާއި އެކު އޭރު މަޖިލީހުގެ ނައިބު ރައީސާގެ މަގާމުގައި ހުންނެވި އީވާ އަބްދުالله ވެސް ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. 

ނަޝީދާއި އީވާ މަގާމުން އިސްއުފާ ދެއްވީ މި ދެބޭފުޅުންގެ ވެސް އިތުބާރު ނެތް ކަމުގެ މައްސަލަ އެމްޑީޕީން ހުށައަޅައި، މަޖިލީސް ހުއްޓުވީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފައި ވަނިކޮށް ކަން ފާހަގަކޮށްލަން ޖެހެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ސަފީރު ޝަބީނާ, އެ ކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ހެނދުނު ބެލްގްރޭޑް ގައި ހުންނަ "ޕެލެސް ސާބިއާ" ގައެވެ.
14 Sep 2026
"އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" ގެ ލޯގޯ ފަރުމާކޮށްގެން 60،000 ރުފިޔާ، ކެމްޕެއިންގައި ވޮއިސް ބައިވެރިވޭ
މީގެ އިތުރުން މަޝްރޫޢުގެ މީޑިއާ ޕާޓްނަރުންނާއެކު މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. މި މަޝްރޫއުގައި "ވޮއިސް" އިން ބައިވެރިވެ އެވެ.
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.