ކަނޑިތީމު ދާއިރާގެ މެމްބަރ އަބްދުﷲ ޝަހީމް އަބްދުލްޙަކީމް /ފޮޓޯ:މަޖިލިސް
ހަބަރު
05 Feb 2024 | 16:03
އެމްޑީޕީގެ އިސްވެރިން ގެންދަވަނީ އިންޑިއާ އާއި ގުޅިގެން ޖަރީމާ ހިންގުމަށް މަސައްކަތް ކުރަމުން: ޝަހީމް

އެމްޑީޕީގެ އިސްވެރިން ގެންދަވަނީ އިންޑިއާ އާއި ގުޅިގެން ދިވެހިރާއްޖޭގައި ޖަރީމާ ހިންގުމަށް މަސައްކަތް ކުރަމުން ކަމަށް ކަނޑިތީމު ދާއިރާގެ މެމްބަރ އަބްދުالله ޝަހީމް އަބްދުލްޙަކީމް ތުހުމަތު ކުރައްވައިފިއެވެ.

މެންބަރު ޝަހީމް މިފަދައިން ވިދާޅުވެފައި ވަނީ ރައްޔިތުން މަޖިލިހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުނު ކުއްލި މައްސަލައަކަށް ވާހަކަ ދައްކަވަމުންނެވެ.

"އަޅުގަނޑުމެންނަށް އެބަ އަޑުއިވޭ އެމްޑީޕީގެ އިސްފަރާތްތަކުން ދަންވަރުގަޑީގައާއި އަދި ފަތިސް ގަޑި އާއި އެހެން ގަޑިތަކުގައި އިންޑިއާގެ އެތަށް ބަޔަކާއި ބައްދަލުކޮށް، ސީނިއަރ އެތައްބަޔަކާއި ބައްދަލުކޮށް މިފަދަ ޖަރީމާތައް ހިންގަން ތިބޭފުޅުން ހިތްވަރު ދެއްވާ ދެއްވުމަކީ އަޅުގަނޑުމެންގެ ދިވެހި މަސްވެރިން ނުރައްކަލުގެ ތެރެއަށް ވައްޓާލި ވައްޓާލުން ހަރކަށި އިބާރާތުން ކުށްވެރިކުރަން "  

ކަނޑިތީމު ދާއިރާގެ މެމްބަރ ޝަހީމް

މެމްބަރގެ ވާހަކާގައި އިތުރަށް ވިދާޅުވީ ދިވެހި މަސްކަނޑު ތެރެއަށް ވަދެ ދިވެހި މަސް އޮޑިފަހަރަށް އަރާ ހިސާބަށް ދިއުމަކީ ނުރައްކާތެރިކަމެއް ކަމަށާއި، މިކަން ވީމަވެސް ފެނިގެން ދަނީ ބަޔަކު ނިކުމެ އިންޑިއާ ދިފާއުކުރަތަން ކަމަށެވެ.  

އަދި ދިވެހިންނަށް އަބަދުވެސް އިސްވާން ޖެހޭނީ ދިވެހިންކަން ފާހަގަކުރެއްވައި ޝަހީމް ވަނީ އެފަދަ އެމަލުތައް ހިންގަވާ ފަރާތްތަކުން މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލައްވާފައެވެ.

މިއަދު މި ހުށަހެޅުނު ކުއްލި މައްސަލައަކީ ދިވެހި ކަނޑުގެ ސަރަހައްދުގެ ތެރެއަށް ވަދެ މަސްއޮޑިތަކަކަށް ބޭރުގެ ސިފައިން އަރާފައިވާ ކަމަށް ބުނެ ރ.އުނގޫފާރު ދާއިރާގެ މެމްބަރ މުޙައްމަދު ވަހީދު ހުށަހެޅުއްވި ކުއްލި މައްސަލައެކެވެ.

މި ކުއްލި މައްސަލައަށް މިއަދު މިޖިލހުގައި ބަހުސް ކުރެވުނު އިރު މިދިޔަ ހަފްތާގެ ބުދަ ދުވަހު ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަމުގައި އުޅުނު 3 ދޯންޏަކަށް އިންޑިއާ ސިފައިން ހަތިޔާރާއިއެކު އަރާފައެވެ. އަދި އޭގެ އިތުރުން މިދިޔަ ހުކުރު ވިލޭރޭ ވެސް ވަނީ އޭގެ ތެރެއިން އެއްދޯންޏަކަށް ހަމަ ހަތިޔާރާއި އެކު އިންޑިއާ ސިފައިން އަރާފައެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.