އަލުން ރުހުން ހޯދުމަށް ހުށަހެޅި ތިން ވަޒީރުން
ހަބަރު
06 Feb 2024 | 15:28
އަލުން އައްޔަން ކުރި ތިންވަޒީރުންނަށް ރުހުން ހޯދުމަށް މަޖިލިހަށް ހުށަހަޅައިފި

ރައީސުލް ޖުމުހުރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަޒީރުންގެ މަޖިލހަށް އައްޔަން ކުރެއްވި 22 ވަޒީރުންގެ ތެރެއިން މަޖިލިހުގެ ރުހުން ނުލިބުނު ތިން ވަޒީރުން އަލުން އެ މަޤާމުތަކަށް އައްޔަން ކުރެއްވުމަށްފަހު އެތިން ވަޒީރުންނަށް ރުހުން ހޯދުމަށް މިއަދު މަޖިލިހަށް ފޮނުވައިފިއެވެ.

މިކަން ކަށަވަރު ކޮށްދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޔުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު" ވޮއިސް"އަށް ވިދާޅުވީ ތިން ވަޒީރުންނަށް ރުހުން ހޯދުމަށް މިއަދު މަޖިލހަށް ފޮނުވާފައިވާ ކަމަށެވެ.

"ތިން ވަޒީރުންނަށް ރުހުން ހޯދުމަށް މަޖިލިހަށް ފޮނުވާފަ އޮތީ، އެކަމުގައި މަޖިލިހުން އަމަލުކުރާނެ ވަކި ގޮތެއް އަދި ނުނިންމާ" 

ޒިޔާއު ވިދާޅުވިއެވެ.

މަޖިލީހަށް ރުހުން ހޯދުމަށް ފޮނުވާފައިވަނީ ބަންޑާރަނައިބު އަހުމަދު އުޝާމާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި އަދި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރަށެވެ.

ދައުރުން ބޭރު ވަޒީރުންނަށް ރުހުން ދިނުމަށް މިދިޔަމަހު 29 ވަނަ ދުވަހު މަޖިލިހުގެ ޖަލްސާއެއް ބާއްވާފައި ވާއިރު،  އެޖަލްސާގެ ކުރިން އެމްޑީޕީ ޕީޖީ ގްރޫޕުން ވަނީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ކެބިނެޓުގައި ހިމެނި ވަޑައިގަންނަވާ 4 ވަޒީރަކަށް ރުހުން ނުދިނުމަށް ތްރީލައިން ވިޕެއް ނެރެފައެވެ.

އޭގެ އިތުރުން ދަ ޑިމޮކްރެޓްސް އިންވެސް ވަނީ މި ސަރުކާރުގެ ތިން ވަޒީރަކަށް ރުހުންދޭން ނުފެންނަ ކަމަށް ނިންމާފައެވެ.

އެހެން ކަމާއިއެކު މިދިޔަ މަހުގެ 29 ވަނަ ދުވަހު ބޭއްވުނު މަޖިލިހުގެ ޖަލްސާއިން މި ސަރުކާރުގެ 3 ވަޒީރަކަށް ރުހުން ދޭން ނުފެންނަ ކަމަށް ވަނީ ފާސްކޮށްފައެވެ. އެމްޑީޕީން ރުހުން ދޭން ނުފެންނަ ކަމަށް ނިންމި ވަޒީރުންގެ ތެރެއިން މަޖިލިހުގައި ރުހުން ލިބި ވަޑައިގެންނެވީ އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދަށެވެ.

މަޖިލިހުން ރުހުން ނުލިބުނު ވަޒީރުންނަށް އަލުން ވަޒީރުކަން ދިނުމުން އެކަންތައްތައް ބޮޑު ބަހުސަކަށް ދިޔަ ނަމަވެސް އެކަމުގައި ޤާނޫނީ ހުރަހެއް ނެތްކަމަށް ގިނަ ފަރާތްތަކުން ޤަބޫލުކުރައްވައެވެ. އެކަމުގެ ހުއްޖަތެއްގެ ގޮތުގައި ގިނަ މީހުން ދައްކަނީ އެތިން ބޭފުޅުންނަށް ވަޒީރުކަން އަލުން ހަވާލުކުރެއްވުމުގެ ގޮތުން ހުވާލައިދެއްވުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ވަޑައިގެންނެވި ވަޑައިގެންނެވުމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.