ރައީސުލްޖުމުހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު / ފޮޓޯ:ރައީސް އޮފީސް
ހަބަރު
07 Feb 2024 | 09:12
އެއްގަމާއި ކަނޑު އަމިއްލައަށް ބަލަހައްޓާ ވާހަކައަށް ހަޖޫޖެހުމުން ރައީސް ރައްދު ދެއްވައިފި

ދިވެހިންގެ އިގްތިޞާދީ ސަރަހައްދު ހިމާޔަތްކޮށް ބަލަހައްޓާނީ ދިވެހިންކަމަށް ބުނުމުން އޭގެ މާނަ އޮޅުވާލައި އެކަމަށް ހަޖޫޖަހާ ޖޯކު ޖަހަމުންގެންދާ އިދިކޮޅު ފަރާތްތަކަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

ރައީސުލްޖުމުހޫރިއްޔާގެ އަލަތު ރިޔާސީ ބަޔާން އިއްވަވަމުން ރާއްޖޭގެ އިގްތިސާދީ ސަރަހައްދު 24 ގަޑިއިރު ހުއްޓުމެއް ނެތި ބެލެހެއްޓޭނެ ގާބިލްކަން އިތުރު ކުރުމުގެ މަސައްކަތް ފަށައިގަނެ ދާދި އަވަހަށް އެކަން ދިވެހި އަސްކަރިއްޔާގައި ގާއިމް ކުރެވޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

އެމަނިކުފާނުގެ އެ ވާހަކަފުޅަށް އެ ޖަލްސާ ބޮއިކޮޓްކުރި އެމްޑީޕީ އާއި ދަ ޑީމޮކްރެޓްސްގެ އިސްބޭފުޅުން ވަނީ ވަރަށް ބޮޑަށް ހަޖޫ ޖަހާ ޖޯކްޖަހާފައެވެ. އެކަމަކީ ދިވެހިންނަށް އެކަނިކުރެވޭނެކަމެއް ނޫންކަމަށާއި، އެކުވެރިޤައުމުތަކުގެ އެހީތެރިކަމާއި ނުލައި ނޫނީ ނުކުރެވޭނެކަމެއް ކަމަށް ބުނެ ރައީސް ދެއްކެވި ވާހަކަ މާނަ އޮޅޭގޮތައް ވާހަކަ ދައްކަވާފައެވެ.

ރައީސުލްޖުމުހޫއްޔާ މިހާރު ތ. އަތޮޅަށް ކުރައްވަމުން ގެންދާ ދަތުރުފުޅުގައި ރޭ ތ.އަތޮޅުގެ ވެރިރަށް ވޭމަންޑޫގައި ހުންނަވާ ވިދާޅުވީ ދިވެހީންގެ އިގްތިސާދީ ސަރަހައްދުގެ ގޮތުގައި އޮތް 974000 އަކަ ކިލޯ މީޓަރުގެ ބިޔަ ބޮޑު ސަރަހައްދު މިއިން ޒަމާނަކު ބެލެހެއްޓިފައެއް ނެތް ކަމަށާއި، އެއީ މިއަދާ މާދަމާ އަދި އަންނަން އޮތް ކޮންމެ ދުވަހަކަށް އިޤްތިޞާދީ ނަފާ ހޯދަން އޮތް ސަރަހައްދު ކަމުން އެ ސަރަހައްދު ބެލެހެއްޓޭނެ އަމިއްލަ ޤާބިލްކަން އިތުރު ކުރަން ޖެހޭ ކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވި ގޮތުގައި އެއީ ކޮންމެހެން ހިމާޔަތް ކުރަންޖެހޭ ސަރަހައްދެއް ކަމަށާއި މިނިވަންކަމާއި އިސްތިގުލާލު ސަލާމަތް ކުރުމަށާއި ސިޔާދަތީ ބާރުގެ ޔަގީންކަން ކަށަވަރުކުރުމަށް ވެސް އެތަން ބަލަހައްޓަން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެންގެ މިނިވަންކަން ހިމާޔަތް ކުރުމަށްޓަކާ ކުރަން ޖެހިފައި އޮތް މަސައްކަތަކީ އެއްގޮތަކަށް ވެސް އާދައިގެ ކަންކަމެއް ނޫން. އެކަން ކުރަން އަޅުގަނޑުމެން ފެށީމާ އެކަމާ ދެކޮޅަށް ވާހަކަ ދައްކަން ދިވެހި ތެދުވެ ވާހަކަ ދެއްކުމަކީ ލަދުވެތި ކަމެއް،" 

ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ވަރަސް ފޯރިއާއި ޖޯޝްގައި ވަހަކަފުޅު ދައްކަވަމުން ރައިސުލްޖުމުހޫރިއްޔާ އިތުރަށް ވިދާޅުވީ އެ ބައެއްގެ "ގޭގެ އިންފާރު" ބެލެހެއްޓުން އެއީ އެހެން ބަޔަކު ލައްވާ ކުރުވަން ޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި މިހާތަނަށް އެ ބާރުވެރިކަމާއި ވަސީލަތްތައް ނުހޯދާ އޮތުމަކީ އެ ގޮތުގައި ތިބެން ޖެހޭ ސަބަބެއް ވެސް ނޫން ކަމަށެވެ. އެކަން ކުރަން ސަރުކާރުން މަސައްކަތް ފެށިކަން އިއުލާނު ކުރުމުން އެއީ ޖޯކެއްގެ ގޮތުގައި ސިފަކޮށް ވާހަކަ ދެއްކީ ދިވެހީންތޯ ވެސް އެމަނިކުފާނު ވަނީ ސުވާލު ކުރައްވާފައެވެ.

"އެކަން ކުރުމަށް އަޅުގަނޑުމެން ކުރަންވީ ކަމަކީ އެހެން ބައެއްގެ ކިބައިން އެހީތެރިކަމަށް އެދިގެން ބަޔަކު ލައްވައި އެ ސަރަހައްދު ބެލެހެއްޓުންތޯ ރައްޔިތުން އެދޭނެ ގޮތަކީ، ޔަގީން އެޔެއް ނޫން، އަޅުގަނޑުމެންގެ ގޯތީގެ ވަށާފާރުގެ އިންފާރުގެ އެތެރެ ބަލަހައްޓަން ޖެހޭނީ އެހެން ބަޔަކު އައިސްތޯ ނުވަތަ އަމިއްލަ އަށް އެ ކެޕޭސިޓީ ބިލްޑް ކޮށްގެންތޯ އެއީ އޮތް ސުވާލަކީ،" 

ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އެމަނިކުފާނުގެ ނަޒަރުގައި ހަގީގީ ދިވެއްސަކު އެފަދަ ކޮންމެ ކަމަކަށް އެހީތެރިވެ ތާއީދު ދޭނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އަމިއްލަ ބާރުގައި އަމިއްލަ ކެޕޭސިޓީޣައި މި ބިޔަ ބޮޑު ސަރަހައްދު ބެލެހެއްޓޭނެ ގޮތް ދާދި އަވަހަށް ހަމަޖެހިގެން ދާނޭ. އެކަމަށްޓަކައި ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ފެށި އެ އެ ތައްޔާރީތައް ވަމުން މި ދަނީ،"

 ރައީސް ވިދާޅުވިއެވެ.

ކޮމެންޓް
ބަރާބަރު
ޝުކުރިއްޔާ ރައީސް
09 Feb 2024
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.