ކެނދިކުޅުދޫ ގެ ކުޅުންތެރިން މުބާރާތުގެ ޓްރޮފީ އާއެކު އުފާފާޅުކުރަނީ
ކުޅިވަރު
07 Feb 2024 | 03:07
ރާއިފްގެ މޮޮޅު ކުޅުމާއެކު މާފަރު އަތުން މޮޅުވެ، ކެނދިކުޅުދޫ އިން އަތޮޅު ޗެންޕިއަން ހޯދައިފި

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް "ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2024" ގެ ނ. އަތޮޅުގެ އަތޮޅު ބުރު  ފައިނަލުގައި ކެނދިކުޅުދޫ އާއި މާފަރު ވާދަކުރި މެޗު 3-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ކެނދިކުޅުދޫ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

މިދެޓީމު ލީގު ބުރުގައި ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ކެނދިކުޅުދޫ އިން ކާމިޔާބުކުރި އިރު، މިއީ އަތޮޅު ބުރުގެ ޗެމްޕިއަންކަން އެޓީމުން ހޯދި ދެވަނަ ފަހަރެވެ. އެގޮތުން އެޓީމުން ވަނީ 2017 އަދި 2024 ވަނަ އަހަރުގެ ނ.އަތޮޅު ޗެންޕިއަން ހޯދާފައެވެ.

ހުޅުމާލޭ ރެހެންދި އެއް ނަންބަރު ފުޓްސަލް ދަނޑުގައި ކުޅެވުނު މި މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު، މި މެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ ކެނދިކުޅުދޫ އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 10 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ މުހައްމަދު އައްޒާމް އެވެ.

ކެނދިކުޅުދޫ އިން އެޓީމުގެ ލީޑު ފުޅާކުރި ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ އެޓީމުގެ މުހައްމަދު އަރީޝް އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ކެނދިކުޅުދޫ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި މާފަރުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 28 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހިމް ޒަކަރިއްޔާ އެވެ.

މީގެ އިތުރުން ވެސް މިހާފުގައި އެޓީމުން ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މިހާފުގައި އެޓީމުގެ އެޓޭކުތައް ހުއްޓުވުމުގައި ކެނދިކުޅުދޫގެ ކީޕަރު އިސްމާއިލް ރާއިފް ގެ ފަރާތުން ވަނީ މޮޅު ސޭވްތަކެއް ފެނިގެން ގޮސްފައެވެ. އަދި މެޗުގެ އެންމެ ފަހު މިނެޓްގައި ކެނދިކުޅުދޫގެ މުހައްމަދު އައްޒާމް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އަނެއްކާވެސް އެޓީމަށް ދެލަނޑުގެ ލީޑެއް ހޯދައިދީފައެވެ. 

މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-1 ގެ ނަތީޖާއަކުން ކެނދިކުޅުދޫ ކުރީގައި އޮވެގެންނެވެ. އަދި ފައިނަލް މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ކެނދިކުޅުދޫ ޓީމުގެ ކީޕަރު އިސްމާއިލް ރާއިފް އެވެ. އޭނާ ވަނީ މިމެޗުގައި މާފަރުން ފޮނުވާލި ގިނަ ހަމަލާތަކެއް ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

މުބާރާތުގެ ޓޮޕް ސްކޯރާގެ މާގާމު މާފަރު ޓީމުގެ އައްޒާމް އަބްދުﷲ ހޯދި އިރު، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކެނދިކުޅުދޫގެ މުހައްމަދު އައްޒާމް އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖު 2024 ގައި ޖުމްލަ 129 ޓީމަކުން މިއަހަރު ބައިވެރިވެފައިވާއިރު، މުބާރާތުގައި 320 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި 2023 ވަނަ އަހަރު ބޭއްވުނު މުބާރާތުގައި ނ. އަތޮޅުން އެއްވެސް ޓީމެއް ބައިވެރިވެފައި ނުވި ނަމަވެސް މިއަހަރުގެ މުބާރާތުގައި ނ.އަތޮޅުން ފަސް ޓީމު ވަނީ ބައިވެރިވެފަ އެވެ. އަދި މިއަތޮޅުގެ މެޗުތައް ކުރިއަށް ގެންގޮސްފައި ވަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާ އެއް މެޗު ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމު މުބާރާތުގެ ފައިނަލަށް ހޮވޭގޮތަށެވެ.

ކެނދިކުޅުދޫ އިން މުބާރާތްގެ ފައިނަލުން ޖާގަ ހޯދައިފި ލީގު ބުރުގެ އެއްވަަނަ ޓީމުގެ ގޮތުގައެވެ. އަދި މާފަރު ފައިނަލުން ޖާގަ ހޯދީ ލީގު ބުރުގެ ދެވަނަ ޓީމުގެ ގޮތުގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
14 Sep 2026
ޓީޓީ ހެއްދުމުގައި ބައެއް ވިޔަފާރިތަކުން މަކަރުހަދާ މައްސަލަތަކެއް
އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ފައިސާ ދައްކާތާ އަހަރު ދުވަސް ވާއިރުވެސް ބައެއް މުދާ ރާއްޖެ ނާންނަކަން ފާހަގަކުރެވޭ
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
14 Sep 2026
ޕީޖީ ޗައިނާއަށް ވަޑައިގެން އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓޮރިއެޓްގެ ދައުވަތަކަށް ޕީޖީ ޢައްބާސް ޝަރީފް ބެއިޖިންގަށް ވަޑައިގެން، ދެ އިދާރާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
14 Sep 2026
ބްރިކްސް ސަމިޓް؛ ގައުމުތަކުގެ ވެރިންނާއެކު މޯދީ މުހިންމު ބައްދަލުވުންތަކެއް
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއެކު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި