ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އާއި އީވާ އަބްދުالله-- ފޮޓޯ/ ވޮއިސް
ހަބަރު
07 Feb 2024 | 14:07
ފަހުވަގުތާ ޖެހެންދެން ގޯތި ދިނުން ފަސް ނުކުރިނަމަ، މާލޭ މީހުން މިހާރު ތިބޭނީ އެމީހުންގެ ގޯތީގައި: އީވާ

މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް އެންމެ ފަހުވަގުތާ ޖެހެންދެން ނުބެހެއްޓިނަމަ، މާލޭ ރައްޔިތުން މިހާރު ތިބޭނީ އެމީހުންނަށް ލިބުނު ގޯތި ތަކާއި ފުލެޓް ތަކުގެ ތެރޭގައި ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުالله ވިދާޅުވެއްޖެ އެވެ.

ކުރީ ސަރުކާރުން، ދައުރު ނިމެން އެއް ދުވަހަށް ވެފައި ވަނިކޮށް ދޫކުރި 4000 ފުލެޓަށް ކުރިމަތިލީ މީހުންގެ ތެރެއިން ޝަރުތު ހަމަވެ ފްލެޓު ލިބުނު އެންމެންގެ ހައްގުތައް ކަށަވަރު ކުރުމަށް ގޮވާލަ މަޖިލީހަށް މިއަދު އީވާ ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން އޭނާ ވިދާޅުވީ މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލަތައް ސަރުކާރަށް ފެންނަނީ ވޯޓަކާއި ގާތްވުމުން ކަމަށެވެ. އެހެން ނަމަވެސް އެއީ ވޯޓު ހޯދަން އުކާލާ އެންތަކެއްގެ ބީދައިން އަމަލު ކުރާކަމަކަށް ވެގެން ނުވާނެކަމަށެވެ.

އަޅުގަނޑުމެން، މާލޭ މީހުންގެ ބޯހިޔާވަހިކަމުގެ ވާހަކަ މި މަޖިލީހުގައި މިދިޔަ ފަސް އަހަރު ދައްކައިފިން.. އަޅުގަނޑުމެން ވަޒީރުންނާ ސުވާލު ކުރިން. އަޅުގަނޑުމެން ގަރާރުތައް ލިން. މައްސަލަތައް ލިން. އަދި މިތާ، ހަމަ ހަޅޭއްފަޅޭއް ޖަހާ ހިސާބަށް ވެސް މާލޭ މީހުންގެ ބޯހިޔާވަހިކަމުގެ ކަންތައްދިޔަ. އޭރު ވެސް އަޅުގަނޑުމެން ބުނީ މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމަކީ ވޯޓަކަށްޓަކައި އުކާލާ އެންގަނޑަކަށް ނަހަދާށޭ. މާލޭ މީހުންގެ އެ ޒަރޫރީ އެދުން އެއީ، ސަލާން ޖަހަންޖެހޭ ކަމަކަށް ނަހާދާށޭ. މާލޭ މީހުން ލައްވާ އާދޭސް ކުރަން ނަހަދާށޭ. 

އީވާ އަބްދުالله 

މިއާއެކު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ގެ ސަރުކާރުން، ފަސް އަހަރު ދުވަސް ވަންދެން ގޯތި ދިނުން ފަސް ކުރުމަށްފަހު ދައުރު ނިމެން ވުމުން ކުޑަތަން ވުމުން އެކަން ކުރަން މަސައްކަތް ކުރި ކުރުމަށް ފާޑުވިދާޅުވެ އީވާ ވަނީ، އެފަދައިން އެކަން އެންމެ ފަހުވަގުތަށް ނުބާއްވައި، ކުރިއާލާ އެކަމާއި އުޅުނު ނަމަ، މާލޭ ރައްޔިތުން ތިބޭނީ އެމީހުންގެ ގޯތީގައި ކަމަށް ވިދާޅުވެފައެވެ. 

ފުރަތަަމަ ދުވަހު ވެސް ވަޢުދުވީ ފަދައިން ހަމަ ފުރަތަަމަ ދުވަހުވެސް އެ މަސައްކަތާ އުޅެގަންނާށޭ. އެންމެ ފަހު ދުވަހަށް ނުބަހަށްޓާށޭ. ގައިމު އެންމެ ފުރަތަަމަ ދުވަހު ނުބެހެއްޓިނަމަ، އިރާދަކުރެއްވީތީ މާލޭ މީހުން ތިބޭނީ މިހާރު އެމީހުންނަށް ލިބުނު ގޯތި ގެދޮރަށް ވަދެ. 

އީވާ އަބްދުالله 

އީވާ އިތުރަށް ވިދާޅުވީ ފަސް އަހަރު ފަހުން އަނެއްކާވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ފްލެޓުތައް ލަސް ކުރަމުން ގެންދާއިރު ރައްޔިތުން އަދިވެސް ތިބީ ވާނުވާއެއްގެ ތެރޭގައި ކަމަށެވެ.

އަދި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފުލެޓް ތައް ދޫކުރުމުގައި ކޮރަޕްޝަންގެ ޢަމަލުތަކެއް ހިންގާފައިވާކަން އެންމެން ވެސް ގަބޫލު ކުރާކަމަށެވެ. އެގޮތުން، މާލޭގެ ރައްޔިތުންނަށް ދޭން ހުރި ފްލެޓުތައް މާލޭގައި ނުޅޭ އާއިލާތަކުގެ އެތައް ބަޔަކަށް ވެސް ފްލެޓު ދިންކަމަށެވެ. 

އެހެން ނަމަވެސް ހައްގުން ފްލެޓު ލިބުނީ ކޮންބަޔަކަކަށްކަން މިހާރު ދެނެގަނެވިފައިވާއިރު އެމީހުންނަށް އެ ފުލެޓް ނުދެވެން ވީ ސަބަބާއި މެދު އީވާ ވަނީ ސުވާލު އުފައްދަވާފަ އެވެ.

އަޅުގަނޑުމެންގެ ވާހަކައަކީ މައްސަލައެއް ނެތް މީހުންނަށް.. އެ ފްލެޓު ހައްގުވާ މީހުންނަށް މިއަދު ވެސް ފްލެޓު ދޭށޭ، މިއަދުން މިއަދަށް ފްލެޓުތައް މާލޭގެ ރައްޔިތުންނަށް ދޭށޭ..

އީވާ އަބްދުالله

އީވާ ވިދާޅުވީ މާލޭގެ ރައްޔިތުން ޒަރޫރީ ބޭނުންތަކާއި، އެތައް ހައްގަކުން މަހުރޫމްވެފައި ވަނީ ބޯހިޔާވަހިކަމުގެ މައްސަލަތަކާއި ހުރެކަމަށެވެ. 

ރައީސް ސޯލިހުގެ ސަރުކާރުން ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓު ލިބުނު މީހުންގެ ލިސްޓު ފަހު ވަގުތުގައި އާއްމު ކުރި އިރުވެސް ޕޮއިންޓު ދިން އުސޫލު ސާފު ނުވުމާއި، އެކި މީހުންނަށް ޕޮއިންޓު ދިނުމުގައި އަމަލު ކުރި ގޮތް ތަފާތުވުމުގެ ޝަކުވާތައް ވަރަށް ބޮޑަށް އާއްމުން ދިޔައީ ކުރަމުންނެވެ. 

އެހެންކަމުން، އެ މައްސަލަ އޭސީސީއަށް ހުށަހެޅި، އެ ކޮމިޝަނުން ވަނީ ފުލެޓް ދިނުން މަޑު ޖައްސާލަން އަންގައި ތަހުގީގު ފަށާފައެވެ.

އެގޮތުން ތިން މަސް ދުވަސް ވަންދެން ހިންގި ތަހުގީގުތަކަށް ފަހު ހާމަކުރި މައުލޫމާތުތަކުން އެނގުނު ގޮތުގައި ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުންނަށް ފްލެޓު ލިބުނީ ދޮގު މައުލޫމާތުތައް ދީގެންނެވެ. އަދި އެއްވެސް މައްސަލައެއް ނެތި، ޝަރުތު ހަމަވެ ފްލެޓު ލިބުނީ އެންމެ 20 އިންސައްތަ މީހުންނަށްކަމަށެވެ.  އެވެ.

ކޮމެންޓް
ޢަލީ
އީވާމެން އަދި މަޖިލިސްގެ ހުރިހާ މެމްބަރުންވެސް ވިސްނަންވާނެދޯ އެދިފަތިބި އެހެންމީހުންވެސް ޝަރުޠު ހަމަވޭތޯ ބަލަން ޖެހޭނެކަމާ އޭގެތެރެއިން އެންމެމަތިން ޕޮއިންޓް ލިބޭ ބަޔަކަށްކަން ފްލެޓް ހަވާލުކުރަންޖެހޭނީ،
07 Feb 2024
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.