މިއަދު ކުރިއަށްގެންދިޔަ ކޮމެޓީ ބައްދަލުވުމުގެ ތެރެއިން / ފޮޓޯ:މަޖިލިސް
ހަބަރު
07 Feb 2024 | 15:40
ޝަރުތު ހަމަނުވެ ފުލެޓް ލިބުނު މީހުންގެ ލިސްޓް އާއްމުކުރުމާ މެދު ގޮތެއް ނުނިމޭ: އޭސީސީ

ނިމިދިޔަ ރައީސް އިބުރާޙިމް މުހައްމަދު ޞާލިޙްގެ ސަރުކާރު ނިމެން ގާތްވެފައި ވަނިކޮށް "ގެދޮރު ވެރިޔާ ސްކީމު" ގެ ދަށުން ޝަރުތު ހަމަނުވާ 60 އިންސައްތަ މީހުންނަށް ފުލެޓް ދޫކޮށްފައިވާ ކަމަށް އޭސީސީން ބުނެފައިވާއިރު، އެމީހުންގެ ލިސްޓް އަދި އާއްމުކުރުމަށް ނިންމާފައި ނުވާކަމަށް އޭސީސީން ބުނެފިއެވެ.

އެންޓި ކޮރޮޕްޝަން ކޮމިސަން، އޭސިސީން މިފަދައިން ބުނެފައިވަނީ ފަހިދިރިއުޅުން ކޯޕަރޭޝަނުން ހަދާ 4000 ފުލެޓާއި ގުޅިގެން އާއްމުގެ ފަރާތުން މަޖިލިހަށް ފޮނުވަފައިވާ ސިޓީއަކާއި ގުޅިގެން މައުލޫމާތު ސާފު ކުރުމަށް އޭސީސީގެ މެމްބަރުން މަޖިލިހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއަށް ހާޒިރު ކުރުމުން ކޮމެޓީގެ މެމްބަރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިއަދުގެ މި ކޮމެޓީގެ ބައްދަލުވުމުގައި ބައެއް މެމްބަރުން ވަނީ ފުލެޓް ދޫކޮށްފައިވާ މީހުންގެ ތެރެއިން 60 އިންސައްތަ މީހުން ޝަރުތު ހަމަނުވާކަމަށް ނިންމި އިރު އެމީހުން ޝަރުތު ހަމަނުވާ ސަބަބާއި އަދި އެއީ ކޮންބައެއްކަން ވެސް އޭސީސީން ސާފުކޮށްދެއްވަން ޖެހޭނެ ކަމަށް ބުނެ ވާހަކަ ދައްކަވާފައެވެ.  

މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ ޝަރުތު ހަމަނުވަނީސް ފްލެޓް ލިބުނު ކަމަށް ކަނޑައެޅި މީހުންގެ ލިސްޓް އާއްމުކުރާނެތޯ އޭސީސީން ޖެހޭނީ މަޝްވަރާކުރަން ކަމަށާއި އެކަމަށް އަދި ގޮތެއް ނުނިންމާ ކަމަށެވެ.

"ސީދާ މުޅި ލިސްޓު އާންމުކުރާނީތޯ، ނޫންތޯ އަޅުގަނޑުމެން މަޝްވަރާކޮށް އަދި ގޮތެއް ނުނިންމާ،" 

މެމްބަރެއްގެ ސުވާލަށް ޖަވބުދެއްވަމުން ޝާމިލް ވިދާޅުވިއެވެ.

އޭސީސީން ކުރި ތަޙްޤީގުގައި ފުލެޓް ދޭންޖެހޭ ކަމަށް ކަނޑައަޅާފައިވާ ޝަރުތު ހަމަ ނުވާ ގިނަ ބަޔަކަށް ފުލެޓް ލިބިފައިވާކަން ހާމަވެފައިވާއިރު ، ސަރުތު ހަމަވެ ފުލެޓް ލިބުނު ފަރާތްތަކަށް ފުލެޓް ދޫކުރުމަށް ހައުސިން މިނިސްޓްރީއަށް ލަފާ އަރުވާފައިވާނެ ކަމަށްވެސް އޭސީސީގެ ރައީސް މިއަދު ވިދާޅުވިއެވެ.

"އެ އުސޫލާއި އަޅުގަނޑުމެން ކަނޑައަޅާފައިވާ އަސާސްގެ މައްޗަށް ބިނާކޮށް ކުރިއަށް ގެންދިއުމަށް އަޅުގަނޑުމެން ވާނީ ހައުސިން މިނިސްޓްރީއަށް އަންގާފައި. އެކަން އަވަސް ކުރަން މިސާލަކަށް ތަހުގީގަށް ފާހަގަކުރެވުނު ކަންކަމުގެ އެހީތެރިކަން ބޭނުންވާ ނަމަ މިނިސްޓްރީއަށް އަޅުގަނޑުމެން ދޭނަން،" 

ޝާމިލް ވިދާޅުވި އެވެ.

ފުލެޓްތަކުގެ ހައްގުވެރިންނަށް ފުލެޓް ދޫކުރުން ލަސްވެގެން އެކަން އަވަސް ކުރުމަށް ގޮވާލާ ކުއްލި މައްސަލައެއްވެސް މިއަދު ވަނީ މަޖިލިހަށް ހުށަހަޅާވައެވެ.

ކޮމެންޓް
ޟަމާ
ކޮންމެފަހަރަކުވެސް ހަމައެއް ލަމައެއް ނެތި ށަރުތުހަމަ ނުވާމީހުންނައް ދެނީ އިންސާފުން ހޯދަންއުޅެގެން ނުލިބެނީ މިފަހަރު އެގޮތައްވެގެން ނުވާނެ
07 Feb 2024
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.