މާލެއިން ބިންދޫކުރުމުގައި ކޮރަޕްޝަންގެ އެތަށް މައްސަލައެއް އަންނަނީ ފެންމަތިވަމުން
ހަބަރު
07 Feb 2024 | 18:16
ބިންވެރިޔާ ސްކީމުގެ ދަށުން ބިންދޫކުރިގޮތް އޭސީސީން ތަހުގީގުކުރަނީ

މިދިޔަ ސަރުކާރު ނިމެމުންދަނިކޮށް ރިޔާސީ އިންތިހާބަށް ބިންވެރިޔާ ސްކީމުގެ ދަށުން މާލޭ ރައްޔިތުންނަށް ދޫކުރި ގޯތިތައް ދޫކޮށްފައިވާގޮތް ބަލަމުން އަންނަ ކަމަށް އެންޓި ކޮރަޕްޝަންސް ކޮމިޝަން (އޭސީސީ) ބުނެފިއެވެ.

އޭސިސީން މިފަދައިން ބުނެފައިވަނީ ފަހިދިރިއުޅުން ކޯޕަރޭޝަނުން ހަދާ 4000 ފުލެޓާއި ގުޅިގެން އާއްމުގެ ފަރާތުން މަޖިލިހަށް ފޮނުވަފައިވާ ސިޓީއަކާއި ގުޅިގެން މައުލޫމާތު ސާފު ކުރުމަށް އޭސީސީގެ މެމްބަރުން މަޖިލިހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއަށް ހާޒިރު ކުރުމުން ކޮމެޓީގެ މެމްބަރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިކޮމެޓީ ބައްދަލުވުމުގައި ބިންވެރިޔާ ސްކީމުގެ ދަށުން ގަވާއިދާއި ހިލާފަށް ގޯތި ދޫކުރި މައްސަލަ ލިބިފައިވޭތޯ ކޮމެޓީގެ މެމްބަރަކު ކުރެއްވި ސުވާލުގެ ޖަވާބުގައި  އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ ބިންވެރިޔާ ސްކީމާ ގުޅިގެން ވެސް މައްސަލަތަކެއް އޭސީސީ އަށް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

"އެކަމުގެ ތަހުގީގު ވެސް މިދަނީ ކުރަމުން. އެކަމަކު އެ ތަހުގީގުގައި ފާހަގަކުރެވުނު ކަންކަން މި ބައްދަލުވުމަށް ނެތް ގެނެވިފައެއް،" އޭސީސީގެ ރައީސް ޝާމިލް ވިދާޅުވި އެވެ.

ޝާމިލް އިތުރަށް ވިދާޅުވީ އެކަމާއި ގުޅޭ ތަފްސީލް މަޖިލިހުގެ ކޮމެޓީން ބޭނުންވެއްޖެ ހިދެއްގައި މަޖިލިހާއި ހިއްސާކުރައްވާނެ ކަމަށެވެ.

އޭސީސީން މިއަދު އެހެން ވިދާޅުވެފައިވާއިރު ބިންވެރިޔާ ސްކީމުގެ ދަށުން ދޫކޮށްފައިވާ ގޯތިތަކުގެ ލިޔުމާއި ރަޖިސްޓަރީތައް އޭގެ ހައްގުވެރި ފަރާތްތަކާއި ހަވާލުކުރުމުގެ މަސައްކަތް މި ސަރުކާރުން މިއަދު ވަނީ އަނެއްކާވެސް ފަށާފައެވެ. މިދިޔަ ސަރުކާރުންވެސް ވަނީއޭގެ ތެރެއިން ބައެއް ފަރާތްތަކަށް ގޯތި ލިބުނު ކަމުގެ ލިޔުން ހަވާލުކޮށްފައެވެ.

ނިމިދިޔަ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓް ލިބުނު މީހުންގެ ތެރެއިން 60 އިންސައްތަ މީހުންނަކީ ފުލެޓް ލިބުގެ ސަރުތު ހަމަނުވާ މީހުންކަމަށް އޭސީސީން ކުރިއަށް ގެންދިޔަ ތަހްގީގަށް ފަހު އެކޮމިޝަނުން ވަނީ ހާމަކުރައްވާފައެވެ. އަދި އެކަންތައް ވެސް އިތުރަށް ބަލަމުން ގެންދާކަމަށް އޭސީސީން ހާމަކުރައްވައެވެ.

ކޮމެންޓް
ކުމާރު
އެންމެ ފުރަތަމަ ބަލަންޖެހެނީ ކަނޑަ އެޅި ޝަރުތު ތައް ޤާނޫނު އަސާސީ އާ ފުށުނާރާތޯ؟
07 Feb 2024
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.