ކިނބިދޫ ޖަލްސާގައި ރައީސް މުޢިއްޒު ވާހަކަދައްކަވަނީ--ފޮޓޯ/ ރައީސް އޮފީސް
ހަބަރު
08 Feb 2024 | 14:12
ކިނބިދޫއާ ވޭމަންޑޫ ކޯޒްވޭ، ބިލާހެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެނެސް ހަގީގަތަކަށް ހަދާނަން: ރައީސް މުޢިއްޒު

ކިނބިދޫއާ ވޭމަންޑޫ ކޯޒްވޭއަކުން ގުޅާލުމުގެ ހުވަފެން ހަޤީގަތަކަށް ހައްދަވައިދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ޔަޤީންކަން ދެއްވީ ކޮޅުމަޑުލުގެ ބައެއް ރަށްރަށަށް އެމަނިކުފާނު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެ އަތޮޅު ކިނބިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނު ކެންޕެއިންގެ ތެރެއިން ދެއްކެވި ވާހަކަތަކާއި، އަދި މިހާރުވެސް ދައްކަވަމުންދާ ވާހަކަތަކާއި އެއްގޮތް ވާނެ ކަމަށާ، އެއްވެސް ވާހަކައެއް ބަދަލުވެފައި ނުވާނެ ކަމަށެވެ. އަދި އެމަނިކުފާނު ކެންޕެއިންގެ ތެރެއިން ވަޢުދުވެވަޑައިގެންނެވީ، އެ ވަޢުދުތައް ފުއްދެވުމުގެ އިޚްލާޞްތެރި ނިޔާތާއި އެކުގައި ކަމަށެވެ. 

އެގޮތުން ކިނބިދޫއާ ވޭމަންޑޫ ގުޅާލުމަށް ވެވަޑައިގެންނެވި ވަޢުދު ފުއްދަވައި އެންމެ އިސްކަމެއް ދެއްވައިގެން އެކަން ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.

މިރަށުގެ ރައްޔިތުން އެންމެ މުހިންމީ، މި ރަށާއި ވޭމަންޑޫ އާއި  ކޯޒްވޭއަކުން އެއްފަސްވެގެން ދިޔުން. އެކަން ޔަގީންކޮށް ހާސިލް ކޮށްދޭނަން އިރާދަކުރެއްވިޔާ. އެހެންވީމާ ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްދާނެ. ކީޒްވޭ އަކީ ބިލާހެއް ގޮތަށް އޮތް އޮތުން ނިމުމަކަށް ގެނެސް ހަގީގަތަކަށް އިރާދަކުރެއްވިޔާ ހަދައިދޭނަން

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު

މީގެ އިތުރުން ތ. އަތޮޅު މަޑިފުށްޓާ ދިޔަމިގިލިވެސް ކޯޒްވޭއަކުން ގުޅާލަން ނިންމާފައިވާތީ ކޮޅުމަޑުލުގައި ޖުމްލަ ދެ ކޯޒް އެޅިގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެންމެ މުހިންމީ އިޤްތިޞާދީ ކުރިއެރުން ގެނެސްދިނުން ކަމުގައެވެ. އެގޮތުން އިޤްތިޞާދު ފުޅާކޮށް އާމްދަނީ އިތުރުކުރަމުން އަދި ތަރައްޤީގެ މަޝްރޫޢުތައް ތަރުބީކުރަމުން ހުރިހާ ރަށެއްގެ ރައްޔިތުންގެ އުންމީދުތައް އެބޭނުންވާގޮތަށް ހާޞިލްކޮށްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގެ ތަރައްޤީ މާނަހުރި ގޮތެއްގައި ގެނެވޭނީ މިހާރު ރާއްޖޭގެ އިޤްތިޞާދު ވެއްޓިފައި އޮތް އަނދަވަޅުން އަރައިގަނެވިގެންކަމުގައެވެ. އަދި އެކަމުން އަރައިގަތުމަށާ އިޤްތިޞާދު ފުޅާކުރުމަށް މި ސަރުކާރުން ގެންގުޅޭ އިޤްތިޞާދީ އެޖެންޑާ އައި.އެމް.އެފް އިން ބަލައިގަނެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރަށްރަށުގެ ރައްޔިތުންނަށް ފުދުންތެރިކަން ލިބޭނެ މަގު ސަރުކާރުން ކޮށައިދޭނެކަމުގައި ވެސް ވިދާޅުވިއެވެ. ހަމައެހެންމެ އެމަނިކުފާނު މަސައްކަތް ކުރައްވަނީ ރައްޔިތުންނާ ގާތުން ރައްޔިތުން އެދޭގޮތަށްކަމުގައި ވިދާޅުވިއެވެ.

އެގޮތުން ކައުންސިލުތަކުން އެމަނިކުފާނާ ބައްދަލުކުރުމަށް އައުމުގެ ބަދަލުގައި އެމަނިކުފާނު ކަންކުރައްވާނެ ގޮތަކީ އެމަނިކުފާނު ރަށްރަށަށް ވަޑައިގެން ކައުންސިލުތަކާ ބައްދަލުކުރެއްވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ކުރިޔަތް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ހުރިހާ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ރަށްރަށަށް ދަތުރުތައް ކުރައްވާނެކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އުރުދުންގެ އަލްއަޒްރަޤް ވައިގެ މަރުކަޒަކީ ކޮބާ؟ އީރާނުން އެ ތަނަށް ހަމަލާދެނީ ކީއްވެ؟
ހޮރްމޫޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް އެމެރިކާ އާއި އީރާނުން ބަދަލުކުރަމުންދާ ހަމަލާތަކުގެ ތެރޭގައި، އުރުދުންގައި ހުންނަ އަދި އެމެރިކާގެ ސިފައިންނާއި އަސްކަރީ ވަސީލަތްތައް ގާއިމުވެފައިވާ އަލްއަޒްރަޤް އެއާބޭސް އަށް އީރާނުން ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކަކީ އެމެރިކާގެ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް އީރާނުން ބުނެއެވެ.
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
10 Sep 2026
އިނގިރޭސި ލީގްކަޕްގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ލީޑްސް ބަލިކޮށް ޗެލްސީ ހޯދައިފި
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމުން ކާމިޔާބުކުރީ ފަހަތުން އަރައި 6-3 ގެ ނަތީޖާއިންނެވެ
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ
10 Sep 2026
ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
މެޓުން ހުދު ސމަާލު ނެރުނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.