"ހިންދީ މީޑިއަމް 2" ގެ ޝޫޓިންގައި އިރުފާން ވަރަށް އަވަހަށް ފަށާނެ - ޕްރޮޑިއުސަރ

12 Mar 2019 | 07:45

"ހިންދީ މީޑިއަމް 2"ގެ ޝޫޓިންގައި އިރުފާން ޚާން ވަރަށް އަވަހަށް ބައިވެރި ވާނެ ކަމަށް އެ ފިލްމުގެ ޕްރޮޑިއުސަރ ބުނެފިއެވެ.

ކެންސަރަށް ފަރުވާ ހޯދަމުންދާ އިރުފާން ޚާން 08 މަހަށް ފަހު ދާދި ފަހުން ފެނިގެން ދިޔަ ޕަބްލިކް އެޕިއަރެންސްއަށް ފަހު އޭނާގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށް އިންޑިއާގެ ނޫސްތަކުގައި ބުނެފައިވެއެވެ.

އިރުފާން ޚާން ވަނީ ގިނަ ދުވަސްތަކެއް ވަންދެން ކެންސަރު ބައްޔަން ފަރުވާ ހޯދާފައެވެ. އަދި މިހާރު އެ ފަރުވާގެ އަސަރުކޮށް އޭނާގެ ހާލަތު ރަނގަޅުކަމަސް އާއިލާއާއި އޭނާއާއި ގާތްމީހުން ބުނެފައިވެއެވެ.

އެނާގެ ހާލު ރަނގަޅުވަމުން އައުމާއި ގުޅިގެން އަނެއްކާވެސް މަސައްކަތައް ދާން ތައްޔާރަށް ހުރި އިރުފާން ޚާން ވަރަށް އަވަހަށް "ހިންދީ މީޑީއަމް 2" ގެ ޝޫޓިން ފަށާނެ ކަމަށް އެފިލްމުގެ ޕްރޮޑިއުސަރ ދިނޭޝް ވިޖެން ބުނެފައިވެއެވެ. އެނާ ބުނެފައިވަނީ އިރުފާން ޚާން އެފިލްމުގެ ޝޫޓިންގައި ބައިވެރިވުމަށް ނިންމާފައިވާ ތާރީޚަށް ވުރެ ކުރިން މިހާރު މަސައްކަތް ފަށާނެ ކަމަށް ބެލެވޭ ކަމަށާއި، މަސައްކަތް ކުރަމުން އަންނަނީ އެ ފިލްމު މިއަހަރުގެ ތެރޭގައި ނިންމާލެވޭ ވަރު ކުރުމަށް ކަމަށެވެ.

އަދި މިހަރު ކުރަމުން އަންނަ މަސައްކަތަކީ ސްކްރިޕްޓްގެ ފައިނަލް ޓަޗްގެ މަސައްކަތް ކަމަށެވެ. އަދި އެމީހުން އިންތިޒާރު ކުރަމުން އަންނީ އިރުފާން ޚާންއަށް ފަސޭހައިން މަސައްކަތުގައި ބައިވެރިވެނޭ ވަގުތަކަށް ކަމަށްވެސް ފިލްމުގެ ޕްރޮޑިއުސަރ ބުނެފައިވެއެވެ.

އަދި އިރުފާންގެ ފަރާތުން ކުރިއަށް އޮތް އެއްމަސް ދުވަސް ތެރޭގައި "ކޮންފޮމޭޝަން" އެއް ލިބޭނެ ކަމަށާއި، ޔަގީންކަން ލިބުނުހާ އަވަހަކަށް ފިލްމުގެ ޝޫޓިން ފަށާނެ ކަމަށްވެސް ފިލްމުގެ ޕްރޮޑިއުސަރ ބުނެފައިވެއެވެ.

Advertisement

ކޮމެންޓް