ޯއެމްޕީއެލް ގެ ޕޯޓް ރެސިޑެންސް ޓަވަރުތައް
ހަބަރު
09 Feb 2024 | 09:01
އެމްޕީއެލްގެ ފުލެޓްތަކުގެ ކުލިވެސް ފަސްކޮށްދީ ކުޑަކޮށްދެނީ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މުވައްޒަފުންނަށް  ދޫކޮށްފައިވާ "ޕޯޓް ރެސިޑެންސް" އެޕާޓްމެންޓްތަކުގެ ކުލި ކުޑަ ކޮށްދީ، ކުލި ދައްކަން ފަށާ މުއްދަތު ފަސް ކޮށްދެއްވާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެކުންފުނން އެކަން ހާމަކޮށްފައި ވަނީ ދައުލަތު މީޑިއާ ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި އެ ކުންފުނީގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް ވާހަކަ ދައްކަވަމުންނެވެ.

ވަޖީހު ވިދާޅުވީ ފްލެޓްތަކުގެ މަސައްކަތް އަވަހަށް ނިންމާލައި، އެތަނަށް މީހުން ވެއްދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

"އެ ޕްރޮޖެކްޓްގެ ކޮންޓްރޯލެއް އަޅުގަނޑުމެންގެ އަތަކު ނެތް. މި ޕްރޮޖެކްޓަކީ މާ ކުރިން ރޭވިގެން އައި ޕްރޮޖެކްޓެއް. އެހެން ބަޔަކު ކުރި މަސައްކަތެއް. އެހެންވީމަ އަޅުގަނޑުމެންނަށް އޮންނާނީ މަސައްކަތް ކުރާ ފަރާތާ ގުޅިގެން މަސައްކަތް އަވަސް ކުރުމަށްޓަކާ މަސައްކަތް ކުރުން،" 

ވަޖީހު ވިދާޅުވިއެވެ.

އެޕްރޮގްރާމުގައި ވަޖީހު އިތުރަށް ވިދާޅުވީ އެޕްރީލްމަހުން ފެށިގެން ކުލި ނަގާގޮތަށް އޮތުމުން މުއައްޒަފުންގެ ބޮޑަތިކަން ބޮޑުވުންތަކެއް ހުރިކަން އެނގުނު ހިސާބުން އެކަން ރަނގަޅުކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ފުލެޓްތަކުގެ ކުލި މިހާރު ނަގަން ނިންމާފައިވާ އަގު ކުޑަކުރުމުގެ މަޝްވަރާވެސް ކަމާއި ގުޅުންހުރި ފަރާތްތަކާއި ގުޅިގެން ކުރައްވަމުން ގެންދަވާ ކަމަށެވެ.

"އަޅުގަނޑު މުވައްޒަފުންނަށް ދޭން ބޭނުންވާ ޔަގީންކަމަކީ އޭޕްރީލް މަހުން ފެށިގެން ކުލި ނަގަން ނުފަށާނަން. މުވައްޒަފުން އެތަނަށް ވައްދާ ހަމަޖެހުމުން، އަދި އެ ބޭފުޅުންނަށް ހަމަ ނޭވާ ލެވުމުން ކުލީގެ ވާހަކަ ދައްކާނީ،" 

ވަޖީހު ވިދާޅުވި އެވެ.

އެމްޕީއެލްގެ މުއައްޒަފުންނަށް އަމާޒުކޮށްގެން އަޅާފައިވާ ތިން ޓަވަރުގައި ހިމެނެނީ އެއް ކޮޓަރީގެ 204 ޔުނިޓާއި، އަދި  ތިން ކޮޓަރީގެ 330 ޔުނިޓާއި އެކު މުޅި ޖުމުލަ 534 އެޕާރޓްމަންޓެވެ.

އެމްޕީއެލްގެ ފުލެޓްތަކުގެ ކުލި ފަސްކޮށްދީ ، ކުޑަކޮށްދިނުމަށް ނިންމާފައިވާއިރު މި ސަރުކާރު ވެރިކަމަށް އައިސް ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގެ ފުލެޓް ތަކުގެ ކުލީގެ ބޮޑުބައެއް ވަނީ ކުޑަކޮށްދީފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.