ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު--
ހަބަރު
09 Feb 2024 | 15:27
ކިނބިދުއާއި ވޭމަންޑޫ ގުޅުނީމާ މަތީ ތައުލީމުގެ ފުރުސަތުތައްވެސް ފަހިވެގެންދާނެ: ރައީސް މުޢިއްޒު

ތ. ވޭމަންޑުއާއި ކިނބިދޫ ކޯޒްވޭއަކުން ގުޅާލެވި، ދެ ރަށް އެއްފަސްވެގެން ދިޔުމުން މަތީ ތައުލީމުގެ ފުރުސަތުތައް އިތުރަށް ފަހިވެގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވެފައި ވަނީ އާންމު ރައްޔިތުންގެ ސުވާލުތަކަށް ސީދާ ރައީސް ޖަވާބުދެއްވާ 'ރައީސްގެ ޖަވާބު' ސިލްސިލާގައި މިއަދު ތ.ކިނބިދޫ، ނަރުގިސްވިލާ، ޢާއިޝަތު ވަސީލާ، ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

އެގޮތުން ވަސީލާ ވަނީ އެ ރަށުގައި މަތީ ތައުލީމުގެ ފުރުސަތުތައް ފަހިވެފައި ނެތްކަން ފާހަގަ ކުރައްވައި މަތީ ސާނަވީ ތައުލީމާއި ޔުނިވަސިޓީ ތަޢުލީމްގެ ފުރުސަތު ފަހިކޮށްދެއްވުމަށް ރައީސް މުޢިއްޒުގެ ސަރުކާރުން ގެންގުޅުއްވާ ވިސްނުންފުޅާ ގުޅޭ ގޮތުން ސުވާލު އަމާޒުކޮށްފައެވެ.

އެ ސުވާލަށް ޖަވާބުއަރުވަމުން ރައީސް ވިދާޅުވީ، ކިނބިދޫގައި މިހާރު އޭލެވެލްއަށް ކިޔެވުމުގެ ފުރުސަތު ފަހިވެފައި ނެތް ނަމަވެސް، އެ ރަށާއި ވޭމަންޑުއާ ގުޅުވައިލައި ނިމުމުން، އެ ކަމަށް ހައްލުތަކެއް އަންނާނެ ކަމަށެވެ. 

"ވޭމަންޑުއާއި މި ރަށާ [ކިނބިދޫ] ކޯޒްވޭއަކުން ގުޅައިލެވުނީމާ، އެއް ކަމަކަށް އެއްގަމުން ދެވޭގޮތް ވާނެ. އޭރުން އެއްފަސްވީ. އެއްފަސްވީމާ ލިބޭ ފައިދާތައް ހުންނާނެ، ތައުލީމު ހާސިލުކުރުމުގައި ވެސް. އެއީ އެއްގޮތް އަޅުގަނޑު ވިސްނާ. ތިކަން (މަތީ ސާނަވީގެ މައްސަލަ) ހައްލު ކުރަން. ޕޮއިންޓަކީ، ތި ބޭނުންވާ ކަންތައް ވަރަށް އަވަހަސް ހާސިލް ކޮށްދެއްވާނަމޭ އިރާދަކުރެއްވިޔާ." 

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު 

މީގެ އިތުރުން، އެރަށުގައި ޔުނިވާސިޓީ ކެންޕަސް އެއް ފަދަ ތަނެއް ގާއިމް ކޮށްގެން ޔުނިވާސިޓީ ތަޢުލީމް ހާސިލް ކުރުމުގެ މަގުފަހި ކުރުމާއި ގުޅޭގޮތުން ކުރެވުނު ސުވާލަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ، ކިނބިދުއާއި ވޭމަންޑޫ އެއްފަސްވެ، ކޯޒްވޭއަކުން ގުޅައިލެވުމުން އެ މައްސަލައަށް އެދެވޭ ހައްލެއް ހޯދައިދެއްވާނެ ކަމަށެވެ. އެ ކަން ކުރެވެން އޮތް އެންމެ ރަނގަޅު ގޮތަކީ އެއީ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"ޔުނިވާސިޓީގެ ކެމްޕަސް ގާއިމުކުރުން ވިޔަސް އެ ކަހަލަ ޔުނިވާސިޓީ ތައުލީމުގެ ފުރުސަތުތައް ހަމަ އެއްފަސްވެގެން އާބާދީ ބޮޑުވީމާ [ކުރެވޭނެ]. އޭރަށް އެހެން ރަށްރަށު މީހުން ވެސް އަންނާނެ. އެ ކަހަލަ ގޮތަކަށް އެކަން ކުރީމާ ރަނގަޅުވާނެ ކަންނޭނގެ. ވަރަށް ސަމާލުކަންދޭނަން ތިކަމަށް."

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު 

2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ތެރެއިން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވެސް ވަނީ ތ. ކިނބިދޫ އާއި ވޭމަންޑޫ ކޯޒްވޭއަކުން ގުޅާލުމަށް ވައުދުވެވަޑައިގެންފައެވެ. އެހެންނަމަވެސް، ދައުރު ނިމުނުއިރު ވެސް މަޝްރޫއުގެ މަސައްކަތް ފެށިފައިނުވާއިރު، އެއްވެސް ކުރިއެރުމެއް ވެސް ލިބިފައެއް ނުވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު މި ހަފުތާގައި ތ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ކިނބިދޫ - ވޭމަންޑޫ ކޯޒްވޭގެ ހުވަފެން އެމާނިކުފާނުގެ މި ސަރުކާރުން ހަގީގަތަކަށް ހަދައިދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. އަދި އެކަމަށް އެންމެ އިސްކަމެއް ދެއްވާނެ ކަމަށްވެސް ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އުރުދުންގެ އަލްއަޒްރަޤް ވައިގެ މަރުކަޒަކީ ކޮބާ؟ އީރާނުން އެ ތަނަށް ހަމަލާދެނީ ކީއްވެ؟
ހޮރްމޫޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް އެމެރިކާ އާއި އީރާނުން ބަދަލުކުރަމުންދާ ހަމަލާތަކުގެ ތެރޭގައި، އުރުދުންގައި ހުންނަ އަދި އެމެރިކާގެ ސިފައިންނާއި އަސްކަރީ ވަސީލަތްތައް ގާއިމުވެފައިވާ އަލްއަޒްރަޤް އެއާބޭސް އަށް އީރާނުން ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކަކީ އެމެރިކާގެ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް އީރާނުން ބުނެއެވެ.
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
10 Sep 2026
އިނގިރޭސި ލީގްކަޕްގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ލީޑްސް ބަލިކޮށް ޗެލްސީ ހޯދައިފި
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމުން ކާމިޔާބުކުރީ ފަހަތުން އަރައި 6-3 ގެ ނަތީޖާއިންނެވެ
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ
10 Sep 2026
ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
މެޓުން ހުދު ސމަާލު ނެރުނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.