ރޭގެ ހަފްލާގެ ތެރެއިން
ހަބަރު
10 Feb 2024 | 09:51
މަޖިލިސް މުވަޒަފުންގެ އަގު ވަޒަންކޮށްފި

ރައްޔިތުންގެ މަޖިލީހުގައި ހިދުމަތްކުރައްވާ މުއައްޒަފުންގެ އަގު ވަޒަންކޮށް އެ މުއައްޒަފުންގެ ތެރެއިން ފާހަގަކޮށްލެވޭ ޚިދުމަތްތެރިނަށް އެވޯޑް ދީފިއެވެ.

ޚިދުމަތްތެރިންނަށް އެވޯޑް ދީފައި ވަނީ އެކަމަށް ހާއްޞަކޮށްގެން ރޭ ދަރުބާރުގޭގައި ބޭއްވި އެ އިދާރާގެ އިދާރީ މުއައްޒަފުންގެ ސްޓާފް ނައިޓުގައެވެ.

ރޭގެ މި ސްޓާފް ނައިޓް ޝަރަފުވެރިކޮށްދެއްވީ މަޖިލީހުގެ ކުރީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރ އަބްދު ﷲ ޝާހިދުއެވެ.

އޭގެ އިތުރުން އެ ހަފްލާގައި މަޖިލީހުގެ މިހާރުގެ ރައީސް މުހައްމަދު އަސްލަމް އާއި މަޖިލީހުގެ މެމްބަރުންނާއި މަޖިލީހުގެ އިދާރާގެ މުވައްޒަފުންނާއި އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސޯޝަލް ކްލަބް ، ޕީޕަލްސް މަޖިލިސް ރެކްރިއޭޝަން ކްލަބް (ޕެމާ) އިން އިސްނަގައިގެން ބޭއްވި ރޭގެ ހަފްލާގައި ވަނީ 25 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކޮށްފައިވާ 5 މުވައްޒަފަކަށް ގޯލްޑް މެޑައްޔާއި ހަނދާނީ ފިލާ ހަވާލުކޮށްފައެވެ.

އޭގެ އިތުރުން މަޖިލިހަށް 15 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތަކަށް ޚިދުމަތް ކުރި މުވައްޒަފުންގެ ތެރެއިން 57 މުވައްޒަފަކަށް ބްރޯންޒް މެޑައްޔާއި ހަނދާނީ ފިލާ، އަދި މަޖިލީހުގައި 20 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަކަށް ޚިދުމަތް ކޮށްފައިވާ 10 މުވައްޒަފަކަށް ސިލްވަރ މެޑައްޔާއި ސެޓްފިކެޓް ރޭގެ ހަފްލާގައި ވަނީ ހަވާލުކޮށްފައެވެ.

ސާދަތިރީސް އަށެއް ބޮޑުބެރު ގްރޫޕްގެ ބޮޑުބެރާއި ދަ ޓައިމްގެ ނެށުންތައް ހުށަހަޅައިދިން ރޭގެ ހަފްލާގައި ވަނީ މަޖިލީހުގެ މުވައްޒަފުންގެ ގޮތުގައި 5 އަހަރާއި 10 ދެމެދުގެ މުއްދަތަކަށް ޚިދުމަތް ކުރި 58 މުވައްޒަފަކަށް ޚިދުމަތުގެ ސެޓްފިކެޓް ދީފައެވެ. އަދި 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޚިދުމަތް ކުރި 7 މުވައްޒަފަކަށް ހަނދާނީ ފިލާ ދިނުމުގެ އިތުރުން ، 34 މުވައްޒަފަކަށް އެމްޕްލޯއީ އެވޯޑް ވެސް ދީފައެވެ.

މަޖިލިހުގެ އިދާރާއިން މަޢުލޫމަތު ދެއްވާފައިވާ ގޮތުގައި ރޭގެ ހަފްލާއަކީ އެތަނުގެ އިދާރީ މުއައްޒަފުން ކުރައްވާ ބުރަ މަސައްކަތްތައް ފާހަގަކޮށް އެފަރާތްތަކުގެ ޚިދުމަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ބޭއްވުނު ހަފްލާއެކެވެ.

"މިއީ 12 އަހަރުފަހުން މަޖިލީހުގެ އިދާރީ މުވައްޒަފުންގެ އަގު ވަޒަންކުރުމަށް މި ގޮތަށް ބޭއްވި ހަފްލާއެއް. ޕެމާއިން މިފަދަ ހަފްލާއެއް ބޭއްވުމުގެ މަޤްސަދަކީ މުވައްޒަފުންކުރާ ބުރަ މަސައްކަތް ފާހަގަކޮށް އެބޭފުޅުންގެ ހިދުމަތުގެ އަގު ވަޒަންކުރުން." ޕެމާގެ ނައިބު ރައީސް އަދި މަޖިލީހުގެ ޑިރެކްޓަރ އޮފް މީޑިއާ އެންޑް ކޮމިއުނިކޭޝަން ޙަސަން ޒިޔާޢު ވިދާޅުވިއެވެ.

ޕެމާގެ ނައިބު ރައީސް އަދި މަޖިލީހުގެ ޑިރެކްޓަރ އޮފް މީޑިއާ އެންޑް ކޮމިއުނިކޭޝަން ޙަސަން ޒިޔާޢު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.