މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމް
ހަބަރު
10 Feb 2024 | 15:40
ރައްޔިތުން މަޖިލިހުގެ މުއައްޒަފުންނަށް ބޯހިޔާވަހިކަން ދިނުމަށް ޕްލޭނެއް އެކުލަވާލަނީ

ރައްޔިތުންގެ މަޖިހުގައި މަސައްކަތް ކުރައްވަމުން ގެންދަވާ އިދާރީ މުއައްޒަފުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް ޕްލޭންތަކެއް އެކުލަވާލުމުގެ މަސައްކަތް ކުރައްވާނެކަމަށް ރައްޔިތުން މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް މިފަދައިން ވިދާޅުވެފައި ވަނީ 12 އަހަރުފަހުން މަޖިލީހުގެ އިދާރީ މުވައްޒަފުންގެ އަގު ވަޒަންކުރުމަށް ދަރުބާރުގޭގައި ރޭ ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުންނެވެ.

ރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ މަޖިލިހުގެ އިދާރީ މުއައްޒަފުންގެ ފަރާތުން، އެ މުއައްޒަފުން ކަންބޮޑުވާ މައިގަނޑު ދެ ކަމެއް ފާހަގަކުރައްވާފައިވާ ކަމަށާއި، އޭގެ ތެރެއިން އެންމެ ބޮޑު ކަމަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށެވެ.

މިކަމަށް އިޝާރާތް ކުރައްވާ އަސްލަމް ވިދާޅުވީ، މަޖިލިސް އިދާރާގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ދޭން ޖެހޭނީ ސަރުކާރުގެ އެހެން އިދާރާއަކުން ނޫން ކަމަށާއި، އެކަން ކުރަން ޖެހޭނީ ސީދާ މަޖިލިހުގެ އިދާރާއިން ކަމަށެވެ.

" ރައްޔިތުންގެ މަޖިލީހުން އެކަން އިންތިޒާމު ކުރެވެންޖެހޭނެ. ރައްޔިތުންގެ މަޖިލީހުން ޕްލޭނެއް އެކުލަވާލަންޖެހޭ. އެ މަސައްކަތް އިރާދަކުރެއްވިއްޔާ ތިބޭފުޅުންގެ މަޝްވަރާއާއެކު ކުރިއަށްދާނެ." 

އަސްލަމް ވިދާޅުވިއެވެ.

މަޖިލިހުގެ މުއައްޒަފުން ކަންބޮޑުވުން ފާޅުކޮށްފައިވާ ދެވަނަ ކަމެއްގެ ގޮތުގައި އަސްލަމް ފާހަގަކުރެއްވީ އެ މުއައްޒަފުންގެ މުސާރަ ކުޑަވުމުގެ މައްސަލަކަމަށެވެ.

އެކަމަށް އިޝާރާތް ކުރައްވާ އަސްލަމް ވިދާޅުވީ މުއައްޒަފުންގެ މުސާރައަށް ކޮންމެވެސް ވަރެއްގެ ހައްލެއް މިހާރު ގެނެސްދެވިފައިވާނެ ކަމަށާއި، އެގޮތުން އާންމު ކޮމިޓީ އާއި މާލިއްޔަތު ކޮމިޓީން ފާސްކޮށް 20 ޕަސެންޓުގެ ކުރިއެރުމެއް މިދިޔަ ޖެނުއަރީއިން ފެށިގެން ހޯދައި ދެވިފައިވާނެކަމަށެވެ.

ރޭގެ މި ހަފްލާގައި އަސްލަމް ވަނީ މަޖިލިހުގެ ޢިދާރީ މުއައްޒަފުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަކީ ވަރަށް ބުރަ އަދި އެހާމެ އަގުހުރި މަސައްކަތްތަކެއްކަން ފާހަގަކުރައްވާ މަޖިލިހުގެ އެންމެހައި މުއައްޒަފުންނަށް ޝުކުރު އަދާކުރައްވާފައެވެ.

ކޮމެންޓް
ޥައިޑޭ
މުޅި ދިވެހިރާޖޭ ތިބީ އެމީހުން އެކަނިތަ އެމީހުނައް ހުރިހާ ކިމެއް ވަޖިބު ވާންދެހެނީ
10 Feb 2024
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.