އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް-- ފޮޓޯ: މަޖިލިސް
ހަބަރު
11 Feb 2024 | 08:17
މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ދިނުން އަވަސްކުރުމަށް ގޮވާލާ މަޖިލީހަށް ގަރާރެއް ހުށައަޅައިފި

މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ދިނުން އަވަސްކުރުމަށް ސަރުކާރަށް ގޮވާލާ މަޖިލީހަށް ގަރާރެއް ހުށައަޅައިފިއެވެ.

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ހުށައެޅުއްވި މި ގަރާރުގައި ވަނީ މިއީ މަސްވެރިން ކުރަމުން އަންނަ ބުރަ މަސައްކަތަށް ފައިސާ ދިނުމުގައި ދެމަހަށް ވުރެ ގިނަ ދުވަސް ދިޔައިރު ވެސް އެފަރާތްތަކަށް ފައިސާ ނުލިބޭތީ، މަސްވެރިންގެ ދިރިއުޅުމުގެ ކަންކަމަށް ދަތި ވަމުންދާ ކަމަށެވެ.

މި ގަރާރުގައި ރޮޒައިނާ ވަނީ މަސްވެރިންގެ އަގުވަޒަންކޮށް މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް ރަނގަޅު އާމްދަނީއާއި ނަފާ ހޯދުމަށް އެހީތެރިވެދިނުމަކީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނުގެ މަގުސަދުތަކުގެ ތެރޭގައި ބަޔާންކޮށްފައިވާ ކަމެއް ކަމަށެވެ. މީގެ އިތުރުންވެސް ރައީސް ޑރ. މުހައްމަދު މުއިިއްޒުގެ ރިއާސީ ވައުދުގެ ތެރޭގައި މަސްކިރާ ވަގުތުން ފެށިގެން 48 ގަޑިއިރުތެރޭގައި މަސްވެރިޔާއަށް ފައިސާ ލިބޭނެ އިންތިޒާމު ހަމަޖައްސައި ދެއްވާނެ ކަމަށް ބަޔާން ކޮށްފައިވާ ކަމަށް ވެސް އެގަރާރުގައި ވެއެވެ.

މީގެ އިތުރުންވެސް މި ގަރާރުގައި ބުނެފައިވަނީ މަސްވެރިންނަކީ ރާއްޖޭގެ އިގްތިސާދު ބިނާކުރުމުގައި ބުރަ އަދި މުހިއްމު މަސައްކަތެއް ކުރަމުންދާ ބައެއް ކަމަށްވާތީ، އެ މަސައްކަތުގެ އަގު މަސްވެރިންނަށް ލިބުމަކީ މަސްވެރިންގެ ހައްގެއް ކަމަށެވެ. އަދި ގައުމުގެ އިގްތިސާދާ ގުޅިފައިވާ މިފަދަ މުހިއްމު ކަމެއްގައި ސަރުކާރުން ވެފައިވާ ވައުދުތަކާއި ގާނޫނުން މަސްވެރިންނަށް ލިބިދޭ ހައްގުތައް ކަށަވަރުކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށްވެސް ވަނީ ބުނެފައެވެ.

މި ގަރާރު މަޖިލީހަށް ހުށައަޅާފައިވާއިރު، ދާދި ފަހުން މަސްވެރިކަމާއި ބެހޭ ވުޒާރާގެ ވަޒީރު އަހުމަދު ޝިޔާމް ވަނީ ރައީސް ޑރ. މުޢިއްޒުގެ އެދިވަޑައިގަތުމަށް ސަވަރިން ގެރެންޓީދީގެންވެސް މަސްވެރިންނަަށް ކުރީ ސަރުކާރުން ނުދީ ހުރި ފައިސާ ދިނުމަށް ފެސިލިޓީއެއް ހޯދުމުގެ މަސައްކަތް ބާރަށް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.