މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް-- ފޮޓޯ: މަޖިލިސް
ހަބަރު
11 Feb 2024 | 14:32
ސުޕްރީމްކޯޓުން މަޖިލީހުގެ މައްޗަށް ކުރި އަމުރާއި ގުޅިގެން، މަޖިލީހުގެ ރައީސް ކަންބޮޑުވުން ފާޅުކުރައްވައިފި

ރައީސް އަޒުލު ކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވައިދަށް ގެނައި އިސްލާހަށް މިވަގުތަށް އަމަލުނުކުރުމަށް ސުޕްރީމް ކޯޓުން މަޖިލީހަށް އަމުރު ކުރުމާއި ގުޅިގެން މަޖިލީހުގެ ރައީސް، މުހައްމަދު އަސްލަމް ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.

މިއަދު ކުރިއަށްދިޔަ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަސްލަމް ވިދާޅުވީ ސުޕްރީމް ކޯޓަށް ހުށައެޅިފައިވާ މައްސަލައަކީ ދުސްތޫރީ ބަހުސެއް އުފެދޭ މައްސަލައެއް ކަމަށެވެ. އަދި ސިޔާސީ ސުވާލެއްގެ މައްޗަށް ބިނާވާ ނިންމުންތަކަކީ އެކަންކަމުގެ މައްޗަށް ކޯޓުގެ އިހުތިސާސް ނުހިނގާ ކަންކަން ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.

މީގެ އިތުރުންވެސް އަސްލަމް ވިދާޅުވީ ގާނޫނު އަސާސީގެ ތަރަހައިގެ ތެރޭގައި މަޖިލީހުން ކުރާ ކޮންމެ މަސައްކަތަކީ މަޖިލީހާއި މަޖިލީހުގެ އިމްތިޔާޒުތަކާއި، މަޖިލީހުގެ ބާރުތަކާއި ގާނޫނު އަސާސީން މަޖިލީހަށް މަތި ކުރެވިފައިވާ ބާރެއް ކަމަށެވެ. އެހެންކަމުން ވަކި ފަރާތަކުން މަޖިލީހުން ކަންތައްތައް ކުރަންޖެހޭ ގޮތް ބުނެދިނުން ބަލައިގަތުން ދަތިކަމަށް އަސްލަމް ވިދާޅުވިއެވެ.

"ގާނޫނު އަސާސީގެ ތަރަހައިގެ ތެރޭގައި މަޖިލީހުން ކުރާ ކޮންމެ މަސައްކަތަކީ މަޖިލީހާއި މަޖިލީހުގެ އިމްތިޔާޒުތަކާއި، މަޖިލީހުގެ ބާރުތަކުން އަދި ގާނޫނު އަސާސީން މަޖިލީހަށް މަތި ކުރެވިފައިވާ ބާރެއް. އެއްވެސް އެހެން ފަރާތަކުން މަޖިލީހަށް މިވެނި ކަމެއް ކުރަން ޖެހޭނީ މި ގޮތަކަށް. މި ކަމެއް މަޑުކޮށްލަން، އެކަމެއް މަޑުކޮށްލަން އެހެން ބުނާ ބުނުން ބަލައިގަތުމަކީ ދަތިކަމެއް. "

އަސްލަމް ވިދާޅުވިއެވެ.

މީގެ އިތުރުންވެސް އަސްލަމް ވިދާޅުވީ ކޯޓުގެ އަމުރަށް އިހުތިރާމް ކުރުމުގެ ގޮތުން، މި ވަގުތަށް މަޖިލީހުން ވަކި ގޮތެއް ކަނޑަނާޅާހާ ހިނދަކު، މަޖިލީހުގެ މެމްބަރުންގެ ޖުމްލަ އަދަދަކީ 87 ކަމުގައި ބަލައިގެން ޖަލްސާ ކުރިއަށް ގެންދާނެ ކަމުގައެވެ. އަދި މި މައްސަލައިގައި އަމަލުކުރާނެ ގޮތެއް ކަނޑައެޅުމުގެ ފުރުސަތު މެންބަރުންނަށް ވަނީ ހުޅުވާލައްވާފައެވެ.

ބަންޑާރަ ނައިބު އޮފީހުން ހުށައެޅި މި މައްސަލައިގައި، މި މަހުގެ 8 ވަނަ ދުވަހު ސުޕްރީމް ކޯޓުން މަޖިލީހަށް ކުރި އަމުރުގައި ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަންދެން ފެށުނީއްސުރެ މަޖިލީހުން އަމަލުުރަމުންދިޔަ ގޮތް ދެމި އޮންނަންޖެހޭ ކަމަށް ދެކޭ ކަމަށާއި، މިއީ އާންމު މަސްލަހަތު ދެމެހެއްޓުމަށްޓަކައި ވަގުތީ އަމުރެއް ނެރެންޖެހޭ ހާލަތެއްކަމަށް ވަނީ ބަޔާންކޮށްފައެވެ.

ސުޕްރީމް ކޯޓުން މި އަމުރު ނެރެފައިވަނީ މައްސަލަ ބެއްލެވި ވި ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

މިދިޔަ އަހަރު މަޖިލީހުގެ މި ގަވާއިދަށް ގެނައި އިސްލާހުތަކުގައިވާ ގޮތުން ޖުމްލަ މެމްބަރުންގެ އަދަދު ގުނާއިރު ހުސްވެފައި ހުރި ގޮނޑިތައް ނުހިމަނާ ގުނަންޖެހޭނެ އެވެ. އެހެންނަމަވެސް ގާނޫނު އަސާސީ ބުނާގޮތުން ރައީސާއި ނައިބު ރައީސް މަގާމުން ވަކި ކުރެވޭނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ތިން ބައި ކުޅަ ދެ ބައި މެމްބަރުންގެ ވޯޓުންނެވެ. އެއީ 87 މެންބަރުންގެ ތެރެއިން 58 މެންބަރުންނެވެ.

އެހެންނަމަވެސް ރައީސް ޑރ.މުއިއްޒުގެ ސަރުކާރުގެ އިސްމަގާމު ތަކަށް ބައެއް މެމްބަރުން އައްޔަނު ކުރުމަާއި ގުޅިގެން މަޖިލީހުގެ 7 ގޮނޑިއެއް ވަނީ ހުސްވެފައެވެ. މިއާއި އެކު ޖުމްލަ މެމްބަރުންގެ އަދަދު 80 އަށް ބަދަލުވެ، މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީން މި ގެނައި އިސްލާހާއި އެކު އެމްޑީޕީ ގެ 44 މެމްބަރުންނާއި އާއި ދަ ޑިމޮކްރެޓްސް 13 މެމްބަރުން ވޯޓް ލުމުން ރައީސް އަޒުލު ކުރެވޭނެއެވެ. 

ރައީސް މުއިއްޒު އަޒުލުކުރާ މައްސަލަ މަޖިލީހަށް ހުށަހަޅަން ބޭނުންވާ ވަރަށް އިދިކޮޅުން ސޮއި ހަމަ ކުރިނަމަވެސް ވެރިކަން ކުރާ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވަނީ ރައީސް އަޒުލުކުރިޔަ ނުދޭނެ ކަމަށް ބުނެފައެވެ.

ކޮމެންޓް
ާާޢަލިފުޅުބެ
ބޭނުންހާކަމެއް ކުރާކަށް ރައްޔިތުންވެސް މަޖިލީހަށް ފުރުޞަތެއް ނުދޭނެ. ރައްޔިތުން އެހުރީ ރައީސަކުހޮވާފަ. ހޮވިފައިވާ ރައީސް ކަމުނުގޮސްގެން އުޅޭވަރުގެ ކަމެއް އަދިނުވޭ.
11 Feb 2024
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.