ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު
ހަބަރު
12 Feb 2024 | 21:56
ގޭންގަކީ ކޮބައިކަން ފަސޭހައިން ދެނެގަނެވޭނެ ގޮތެއް ހޯދަނީ

ރާއްޖޭގައި ގޭންގު މަރާމާރީއާއި ގޭންގު ކުށްތައް ގިނަވެފައިވީ ނަމަވެސް ގޭންގަކީ ކޮބައިކަން ދެނެގަނެވޭނެ ރަނގަޅު ޤަވާއިދެއް ނެތުމުން، ގޭންގުކުށްތަކާއިބެގޭ ޤާނޫނަށް އިސްލާހް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.

ޕޮލިސް ކޮމިޝަނަރ މިފަދައިން ވިދާޅުވެފައި ވަނީ "ހޯމް ޓީމް" ގެ ނަމުގައި  ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. ޝުޖާއު ވިދާޅުވީ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށް ފުލުހުން ކުރަންޖެހޭ މަސައްކަތްތައް ކޮށް ނިމިފައިވާ ކަމަށާއި އިސްލާހުގެ ޑްރާފްޓް ނިމި މަޖިލިސްއަށް ފޮނުވުމަށް ތައްޔާރުވެފައިވާ ކަމަށެވެ.

"ކޮބައި ހެއްޔޭ ގޭންގަކީ، ގޭންގެއްގެ ޑެފިނީޝަން ފަސޭހައިން މާނަކުރެވޭނެ ގޮތްތައް އަދި އެ މާނަ އަކީ އަޅުގަނޑުމެން ޕްރެކްޓިކަލީ ވެސް ކުރާ މަސައްކަތުން އެ ގޭންގް ޑެފިނީޝަން އަށް އެ ފެތޭ ބަޔަކީ ކޮބައިތޯ ކަނޑައެޅުން ތަންކޮޅެއް ފަސޭހަ ވަގެންދާނެ،" 

ޝުޖާއު ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި ޕޮލިސް ކޮމިޝަނަރ ސުޖާއު އިތުރަށް ވިދާޅުވީ ޕޮލިހުންގެ އުންމީދަކީ  ފުލުހުންގެ ބޭނުންވާ ގާނޫނީ އިސްލާހުތައް އަވަހަށް ރައްޔިތުންގެ މަޖިލީހުން ފާސްވެގެން ދިޔުން ކަމަށެވެ.

ރާއްޖޭގައި ހިނގާ ގިނަ ގޭންގު މާރާމާރީ އާއި ގޭންގު ކުށްތަކާއި ގުޅިގެން ކަމާއި ގުޅުންހުރި މުއައްސަސާތަކުން އަބަދުވެސް ފާހަގަކުރަމުން ގެންދާ އެއްކަމެއް އޮވެއެވެ. އެއީ  މީގެ 13 އަހަރު ކުރިން، 2010 ވަނަ އަހަރު ވުޖޫދަށް ގެނައި ގޭންގު ކުށްތައް ހުއްޓުވުމުގެ ގާނޫނު ފަރުމާކުރެވިފައިވާ ގޮތުން ކުށްތަކަށް އަރައި ގަންނަ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމުގައި ބޮޑަތި ގޮންޖެހުންތަކެއް ހުރިކަމެވެ.

މިއަދުގެ ބައްދަލުވުމުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާން ވިދާޅުވީ ގޭންގު ކުށްތައް ހުއްޓުވުމަށްޓަކައި ކުރަން ޖެހުނު ކޮންމެ ކަމެއް މިސަރުކާރުން ކުރާނެ ކަމަށާއި އެކަމުގައި ފަސްނުޖެހޭނެ ކަމަށެވެ.

ކޮމެންޓް
އަލީބެ
ރޯމާދުވާލު މަޖީދީމަގު މީހަކު މަރާފަ ދިޔަސް ސާބިތު ނުކުރެވޭނީ ކޮންގޭންގެއްކަން ނޭނގިގެންހޭ. ޕޮލިސް ފޭލް.
17 Feb 2024
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.