ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުالله-- ފޮޓޯ/ މަޖިލިސް
ހަބަރު
13 Feb 2024 | 10:09
ރުހުން ނުދިން ވަޒީރުން އަލުން ކެބިނެޓަށް އައްޔަން ކުރުމާ ދެކޮޅަށް މަޖިލީހަށް ގަރާރެއް!

ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިނުވާ ވަޒީރުން އަލުން ކެބިނެޓަށް އައްޔަން ކުރެއްވި މައްސަލަ އާއި ދެކޮޅަށް ގަރާރާރެއް މަޖިލީހަށް ހުށަހަޅައިފިއެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ ކެބިނެޓަށް އައްޔަނު ކުރެވުނު ވަޒީރުންގެ ތެރެއިން، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދާއި، ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާއި ބެހޭ ވުޒާރާގެ ވަޒީރު ޑރ ޢަލީ ހައިދަރު އާއި ބަންޑާރަ ނާއިބު އަހުމަދު އުޝާމަށް މަޖިލީހުން ރުހުން ދީފައެއް ނުވެއެވެ. 

އެހެން ނަމަވެސް، ބަންޑާރަ ނާއިބާއި އެ ދެ ވަޒީރުން އަލުން މަގާމަށް އައްޔަނު ކުރައްވައި ރުހުން ހޯއްދެވުމަށް މަޖިލީހަށް ފޮނުއްވާފައި ވާއިރު، އެފަދައިން މަޖިލީހުން ރުހުން ނުދޭ ވަޒީރުން އަލުން މަގާމަށް އައްޔަނު ކުރުމާއި ދެކޮޅަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުالله ވަނީ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވާފައެވެ.

އެ ގަރާރުގެ ފުރަތަމަ ކިޔުން އިއްވައި އިބްތިދާއީ ބަހުސްގެ މަރުހަލާ މިހާރު ކުރިއަށްދާއިރު، ގަރާރު ހުށަހަޅުއްވަމުން އީވާ ވިދާޅުވީ، 2008 ވަނަ އަހަރު ގާނޫނު އަސާސީ އިސްލާހުކޮށް ގެނެވުނު ބަދަލުގެ އެންމެ ބޮޑު ބޭނުމަކީ އެއް ބާރަކަށް "މާބޮޑު ބާރެއް" ނުދިނުން ކަމަށެވެ. 

އެއްވެސް ބާރަކަށް، ނުވަތަ އެއްވެސް ވެރިއަކަށް ނިޒާމް އެބިޔުސް ނުކުރެވޭނެ ގޮތް ހެދުން. އަދި އެބާރުތައް މިންގަޑެއްގެ ތެރޭގައި ހިފެހެއްޓުމަށްޓަކައި، ނުވަތަ ވެރީން ނާޖާއިޒް ގޮތުގައި ބާރުތައް ބޭނުން ނުކުރުމަށް ހިފެހެއްޓުމަށްޓަކައި. 

އީވާ އަބްދުالله 

އެއްބާރަކަށް މާ ބޮޑު ބާރެއް ލިބުނަ ނުދިނުމަށްޓަކައި ސަރުކާރަށް ފާރަވެރިވުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ދީފައިވާ ކަމަށް އީވާ ވިދާޅުވި އެވެ. އެހެންނަމަވެސް, އައު ގާނޫނު އަސާސީ އެކުލަވާލެވުނު ފަހުންވެސް ފެންނަމުންދަނީ ވަކިވެފައިވާ ތިން ބާރުން އެއް ބާރުން އަނެއް ބާރުގެ މައްޗަށް ނުފޫޒް ފޯރުވަމުންދާ ކަން ކަމަށް އޭނާ ވިދާޅުވި އެވެ. 

އީވާ އިތުރަށް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން ވަޒީރުންނަށް ރުހުން ނުދިނުމުން، އެ ނުރުހުން ބޮލާލާ ޖެހުމަކީ ރައްޔިތުންގެ މަޖިލީހަށް ލިބިފައިވާ ބާރާއި، އަދި ގާނޫނު އަސާސީ ބޮލާލާ ޖެހުން ކަމަށެވެ. 

އީވާ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރުހުން ނުލިބުމުން، އެ މަގާމަކަށް އަލުން އެ ވަޒީރަކު އައްޔަނު ނުކުރުމަކީ ސްޕްރީމްކޯޓުން ވެސް ތާއީދު ކުރާ ގޮތް ކަމަށާ އެކަމަށް ތާއީދުކޮށް ސްޕްރީމްކޯޓުން ވެސް ހުކުމެއް ކޮށްފައިވާ ކަމަށެވެ.

މިއާއެކު އީވާ ވަނީ މަޖިލީހުގެ ބާރުތަކަށް އިހްތިރާމްކޮށް، އެ ބާރުތަކަށް އަރައި ނުގަތުމަށް ސަރުކާރަށް ގޮވާލާފައެވެ. 

އީވާގެ އެ ގަރާރުގެ ބަހުސް މިއަދު މަޖިކީހުގައި ފަށާފައިވާއިރު، ގަރާރާމެދު ގޮތެއް ނިންމެންދެން ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ފަސް ކުރަން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ ނިންމަވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.