މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް-- ފޮޓޯ/ މަޖިލިސް
ހަބަރު
13 Feb 2024 | 10:51
ރުހުން ނުލިބުނު ވަޒީރުންނަށް އަލުން ރުހުން ދިނުމުގެ މައްސަލަ ފަސްކުރަން ނިންމަވާފައިވާ ކަމަށް ރިޔާސަތުން ބުނެފި!

ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން ވަޒީރުން އަލުން އެ މަގާމަށް އައްޔަނު ކުރެއްވުމާއި ދެކޮޅަށް މަޖިލީހަށް ހުށަހަޅާފައިވާ ގަރާރާއިމެދު ގޮތެއް ނިންމެންދެން، އެ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ތާވަލް ކުރުން ފަސް ކުރެއްވުމަށް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ނިންމަވައިފިއެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ ކެބިނެޓަށް އައްޔަނު ކުރެވުނު ވަޒީރުންގެ ތެރެއިން، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދާއި، ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާއި ބެހޭ ވުޒާރާގެ ވަޒީރު ޑރ ޢަލީ ހައިދަރު އާއި ބަންޑާރަ ނާއިބު އަހުމަދު އުޝާމަށް މަޖިލީހުން ރުހުން ދީފައެއް ނުވެއެވެ. 

އެހެން ނަމަވެސް، ބަންޑާރަ ނާއިބާއި އެ ދެ ވަޒީރުން އަލުން މަގާމަށް އައްޔަނު ކުރައްވައި ރުހުން ހޯއްދެވުމަށް މަޖިލީހަށް ފޮނުއްވާފައި ވާއިރު، އެފަދައިން މަޖިލީހުން ރުހުން ނުދޭ ވަޒީރުން އަލުން މަގާމަށް އައްޔަނު ކުރުމާއި ދެކޮޅަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުالله ވަނީ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވާފައެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާ ފަށްޓަވަމުން އަސްލަމް ވަނީ، އެފަދަ މައްސަލާގައި މީގެ ކުރިން މަޖިލީހުގައި ކަން ހިނގައިދިޔަ ގޮތުގެ މައްޗަށް އަލި އަޅުއްވާ ލައްވާފައެވެ. 

އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެޓާނީ ޖެނަރަލްގެ މަޤާމަށް ޑރ އަހުމަދު ޢަލީ ސަވާދަށް ދެފަހަރުގެ މަތީން ރުހުން ދިނުމަށް ފޮނުއްވުމުންވެސް މަޖިލީހުން ރުހުން ދީފައި ނުވާ ކަމަށާ، އެހެންކަމުން އެ މަގާމަށް އެހެން ބޭފުޅަކު އައްޔަނުކުރައްވައި ރުހުން ދިނުމަށް ފޮނުއްވިއިރު، އެ ބޭފުޅާއަށް ރުހުން ލިބުނުކަން އަސްލަމް ފާހަގަކުރެއްވި އެވެ. 

މިއާއެކު އަސްލަމް ވިދާޅުވީ ރުހުން ނުލިބިވާ ވަޒީރުން އަލުން އައްޔަނު ކުރެއްވުމާއި ދެކޮޅަށް ހުށަހެޅުނު މައްސަލައާއި މެދު ގޮތެއް ނިންމެންދެން އެ ވަޒީރުންނަށް ރުހުން ދިނުމާ ގުޅޭ މައްސަލަ ފަސްކުރައްވަން ނިންމަވާފައިވާ ކަމަށެވެ. 

މި މައްސަލަ އާއި މެދު ރައްޔިތުންގެ މަޖިލީހުން އަމަލުކުރަން ފެންނަ ގޮތެއް އެ ގަރާރު ފާސް ވުމުން އެނގިގެންދާނެ ކަމަށް އުއްމީދު ކުރަން. އެހެންކަމުން އަޅުގަނޑު ގަސްތު ކުރަނީ މި ދެންނެވި ގަރާރުގެ މަސައްކަތް ނިމި, މަޖިލީހުން ވަކިގޮތެއް ކަނޑައަޅަންދެން، މަޖިލީހުންގެ ރުހުން ލިބިފައި ނުވާ ތިން ވަޒީރުން، ވަޒީރުންގެ މަޖިލީހަށް އައްޔަނު ކުރައްވައި، އެބޭފުޅުންނަށް ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ތާވަލުކުރުން ފަސްކުރަން

މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް 

އީވާ ހުށަހެޅުއްވި އެ ގަރާރުގެ ފުރަތަމަ ކިޔުން އިއްވައި އިބްތިދާއީ ބަހުސް މިއަދު ވަނީ ފަށާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.