ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވޯލްޑް ގަވަމެންޓް ސަމިޓް ގައި ވާހަކަ ދައްކަވަނީ-- ފޮޓޯ/ ރައީސް އޮފީސް
ހަބަރު
13 Feb 2024 | 18:08
ދިވެހި ކޮންމެ ރައްޔިތެއްގެ ވެސް ހުވަފެންތައް ހަގީގަތަކަށް ހަދަން ސަރުކާރުން އެއްބާރުލުން ދޭނެ: ރައީސް މުޢިއްޒު

ދިވެހި ކޮންމެ ރައްޔިތެއްގެވެސް، ޚާއްސަކޮށް ދިވެހި ޒުވާނުންނާއި އަންހެން ކަނބަލުންގެ ހުވަފެންތައް ހަގީގަތަކަށް ހަދައިދިނުމަށް، ސަރުކާރުގެ ފަރާތުން ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެ ކަމުގެ ޔަގީންކަން ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ދެއްވައިފި އެވެ. 

ދިވެހިންނަށް މި ޔަގީންކަން އެމާނިކުފާނު ދެއްވާފައިވަނީ، ދުބާއިގައި ބާއްވާ ވޯލްޑް ގަވަމެންޓް ސަމިޓް 2024 ގައި ވާހަކަފުޅުދައްކަވަމުންނެވެ. 

ރައީސް މުޢިއްޒު ވިދާޅުވިގޮތުގައި އެމަނިކުފާނުގެ ވިސްނުންފުޅަކީ ރާއްޖޭގެ ވިލުންތެރިކަމާއި، ރާއްޖެ އޮންނަ އިސްތިރާޖީ ސަރަހައްދުގެ ބޭނުން އެންމެ މަތީ ދަރަޖައަށް ކުރެއްވުން ކަމަށެވެ. އަދި އެ މަސައްކަތްޕުޅަކީ މުސްތަޤުބަލަށް ވިސްނާ، ޝާމިލު އީޖާދީ ދެމެހެއްޓެނެވި ތަރައްޤީއާއެކު ކުރިއަށްދާ ރާއްޖެއެއް އުފެއްދެވުންކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު ކޮންމެ ދިވެއްސަކަށްވެސް، ޚާއްސަކޮށް ދިވެހި ކަނބަލުންނާއި، ދިވެހި ޒުވާނުންނަށް ވެސް ދޭނެ ޔަގީން ކަމަކީ އެބޭފުޅުން ދެކޭ ހުވަފެންތައް ހަގީގަތަކަށް ހަދައިދޭން ސަރުކާރުން އެއްބާރުލުން ދޭނަމޭ. އެބޭފުޅުންގެ ހުނަރުތަކާއި އުފެއްދުންތަކާއި ވިޔަފާރިތަކަށް، އެހެން މީހުންނާއި ހަމައަށް ފޯރުކޮށްދިނުމަށް އެހީވާނަމޭ." 

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު 

މިއާއެކު ރައީސުލްޖުމުހޫރިއްޔާ ޑރ މުޢިއްޒު ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުގެ އަމާޒަކީ ދިވެހިރާއްޖޭގެ އިގްތިސާދީ ހާލަތު ބަދަލު ކުރުމަށް ތަރައްގީގެ އެކިއެކި މަޝްރޫޢުތައް ކުރިއަށް ގެންދެވުން ކަމަށެވެ. 

އަދި އޭގެ ތެރެއިން، ދިވެހިރާއްޖޭގެ އިގްތިސާދު ފުޅާކޮށް، ރާއްޖެ ތަރައްގީ ކުރުމަށް ދުރުރާސްތާ ޕްލޭންނަކާއި، ފިޔަވަޅު ތަކެއް އެޅުމަކީ ވެސް މުހިންމު ކަމެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. 

ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިނުގަންނަވާ މި ވޯލްޑް ގަވަމެންޓް ސަމިޓަކީ މި މަހުގެ 12 އިން 14 އަށް ލދުބާއީގެ މަދީނަތު ޖުމެއިރާގައި ކުރިއަށްދާ ސަމިޓެކެވެ. 

މިއަހަރުގެ ވަރލްޑް ގަވަރމަންޓްސް ސަމިޓްގެ ތީމަކީ "ޝޭޕިންގ ފިއުޗަރ ގަވަރމަންޓްސް" އެވެ. މި ސަމިޓުގައި ސަރުކާރުތަކުންނާއި ބައިނަލްއަޤްވާމީ އެކިއެކި ޖަމުޢިއްޔާ ޖަމާޢަތްތަކާއި ޕްރައިވެޓް ސެކްޓަރ އަދި އެކި ދާއިރާތަކަށް ޚާއްސަ ލީޑަރުން ބައިވެރިވެ މުސްތަޤްބަލަށް ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކޮށް، ކުރިއަށް އޮތް ޖީލުތަކުގައި އަންނަ ސަރުކާރުތައް ބާރުވެރިކުރުމަށް ކުރަންހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާތައް ކުރެވޭނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Aug 2026
އައިފޯނުގެ "ޑާންސިންގ ޑޮޓްސް"؛ ދަތުރުމަތީގައި ބޯއެނބުރުމަށް އޮތް ހައްލެއް؟
މި ތިކިތަކަކީ އައިފޯނުގެ ސެޓިންގްސްގައި ހިމެނޭ "ވެހިކަލް މޯޝަން ކިއުސް" ނަމަކަށް ކިޔާ ފީޗަރެކެވެ. މި ފީޗަރުން ފޯނުގައި ހުންނަ 'އެކްސެލެރޯމީޓަރު' ބޭނުންކޮށްގެން، އުޅަނދު ދަތުރުކުރާ މިސްރާބަށް ސްކްރީނުގައިވާ ތިކިތައް ހަރަކާތްތެރި ކުރުވައެވެ. މިސާލަކަށް ކާރު ކަނާތަށް އަނބުރާލައިފިނަމަ، ސްކްރީނުގައިވާ ތިކިތައް ވެސް އެއާ އެއްގޮތަށް ދަތުރުކުރާނެއެވެ.
07 Aug 2026
އޭޝިއަން ސާފިން ފެޑެރޭޝަނުގެ ނައިބު ރައީސްކަމަށް ޗޭ އިންތިޚާބުވެއްޖެ
އޭޝިއަން ސާފިން ފެޑެރޭޝަން (އޭއެސްއެފް) ގެ ނައިބު ރައީސްކަމުގެ މަގާމަށް، ޕީސް ފައުންޑޭޝަނުގެ ޖެނެރަލް ސެކްރެޓަރީ މުޙައްމަދު ސޯބާ (ޗޭ) އިންތިޚާބުވެއްޖެއެވެ.
07 Aug 2026
ނަރަކައިގެ އަހުލުވެރިންނަކީ ހަރުކަށި، ބޮޑާ އަދި ބާޠިލު ގޮތުގައި ޖަދަލުކުރާ މީހުން
އިސްލާމްދީނަކީ ހަމައެކަނި އަޅުކަންތަކެއްގެ މައްޗަށް ބިނާވެފައިވާ ދީނެއް ނޫން ކަމަށާއި، މަޑުމައިތިރިކަމާއި ރިވެތި އަޚުލާޤަކީ މި ދީނުގެ ފުރިހަމަކަމުގެ މުހިންމު ބައެއްކަން މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
07 Aug 2026
އޭއައި ބޭނުންކޮށްގެން މުޅިން އައު ވައިރަސްތަކެއް އުފައްދައިފި
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން، ފުރިހަމައަށް މަސައްކަތްކުރާ އަދި އަމިއްލައަށް އިތުރުވުމުގެ ގާބިލުކަން ލިބިފައިވާ މުޅިން އާ ވައިރަސްތަކެއް އެމެރިކާގެ ދިރާސާވެރިން ފުރަތަމަ ފަހަރަށް ފަރުމާކޮށްފިއެވެ. މިއީ އޭއައި ބޭނުންކޮށްގެން މުޅި ޖީނޯމްއެއް ކާމިޔާބުކަމާއެކު ފަރުމާކުރި ފުރަތަމަ ފަހަރެވެ.
07 Aug 2026
ވޯލްޑް ކަޕް ބޮއިކޮޓް ކުރުމުގެ ނިންމުމަށް ޔޫއެފާއިން ބަދަލެއް ނުގެނައި
ފީފާގެ ވިޔަފާރި ޕްލޭން އަނބުރާ ގެންދިޔަ ނަމަވެސް، ވޯލްޑް ކަޕް ބޮއިކޮޓް ކުރުމުގެ ނިންމުން ދެމެހެއްޓުމަށް ޔުއެފާއިން ނިންމައި، އިންފަންޓީނޯގެ ރައީސް ކަމާ މެދު އިތުބާރު ނެތްކަން ހާމަކޮށްފި.
07 Aug 2026
ހޫތީންގެ ވަރުގަދަ ހަމަލާއެއް ސައުދީއަށް؛ 11 މީހަކު ޒަޚަމްވި
ޔަމަނުގެ ހޫތީން ސައޫދީ އަރަބިއްޔާގެ ދެކުނުގެ ސަރަހައްދެއް ކަމަށްވާ ނަޖްރާންއަށް ދިން ހަމަލާތަކެއްގައި 11 އާންމުން ޒަޚަމްވެފައިވާ ކަމަށް ސައޫދީ އިސްވެ އޮންނަ ކޯލިޝަނުން ހާމަކޮށްފިއެވެ.
07 Aug 2026
ގެއްލުނު މީހުން ހޯދަން ބޮޑު ސަރަހައްދެއް ބަލައިފި؛ އަދިވެސް ނުފެނޭ
ލާމު އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރަނިކޮށް އަޑިއަށްދިޔަ "ފްރެންޑް 4" ދޯނިން ގެއްލުނު ތިން މީހުން ހޯދުމަށް، އެމްއެންޑީއެފާއި ފުލުހުން ގުޅިގެން ހިންގާ އޮޕަރޭޝަނުގައި ކަނޑާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން މިއަދު ހާމަކޮށްފިއެވެ.
06 Aug 2026
ވަގަށް ނަގާފައިވާ ތަކެތި ނުއަގުގައި ގަންނަކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފި
އޭނާ ހައްޔަރުކޮށްފައިވަނީ އައްޑޫސިޓީ ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަންގައި މި އޮގަސްޓު މަހުގެ 5 ވަނަ ދުވަހު ކޯޓުއަމުރެއްގެ ދަށުންނެވެ.