މާލެ ސިޓީ ކައުންސިލްގެ ބައްދަލުވުމުގެ ތެރެއިން--ފޮޓޯ/ މާލެ ސިޓީ ކައުންސިލް
ހަބަރު
14 Feb 2024 | 13:25
މާލޭގެ މިސްކިތްތައް ސާފުކުރުމުގެ މަސައްކަތް ކައުންސިލުގެ ދަށަށް ގެންދިއުމަށް ނިންމައިފި

މާލޭގެ މިސްކިތްތައް ފޮޅާއި ސާފުކުރުމުގެ މަސައްކަތް، އެހެން ކުންފުންޏަކާއި ހަވާލުނުކޮށް، ސީދާ މާލޭ ސިޓީ ކައުންސިލުންގެ ބެލުމުގެ ދަށުން ކުރިއަށް ގެންދިއުމަށް އެ ކައުންސިލުން ނިންމައިފިއެވެ.

މި ނިންމުން ނިންމާފައި ވަނީ މިއަދު އޮތް މާލޭ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 134 ވަނަ ޖަލްސާގައެވެ.  

މި ޖަލްސާގައި ވާހަކަ ދައްކަވަމުން މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ އެ ކައުންސިލުން އެހެން ފަރާތްތަކާއި ހަވާލުކޮށްގެން ކުރަމުން އަންނަ މަސައްކަތަކުގެ ނަތީޖާ އެހާ ރަނގަޅު ކަމަށް ނުފެންނަ ކަމަށެވެ. 

އަދި މިސްކިތް ސާފުކުރުމުގެ މަސައްކަތް އެހެން ބަޔަކާއި ހަވާލު ކޮށްގެން ކުރުމުންދާ ޚަރަދާއި، އެކަން އަމިއްލައަށް ކުރުމުން ދާނެ ޚަރަދާއި ގުޅޭގޮތުން ބެލި ބެލުމުން، އަމިއްލައަށް ސިޓީ ކައުންސިލުން އެމަސައްކަތް ކުރިޔަސް ވަކި އިތުރު ހަރަދެއް ނުހިނގާނެކަން އާޒިމް ފާހަގަކުރެއްވި އެވެ.

އެގޮތުން އާޒިމް ވިދާޅުވީ މިހާރު ކުންފުނިތަކުން އެ މަސައްކަތް ކުރަނީ މަހަކު 2.2 މިލިއަން ރުފިޔާއަށްކަމަށާ، ކައުންސިލުން އެ މަސައްކަތްކުރާއިރު ވެސް ހަރަދު ވަނީ 2.1 މިލިއަން ރުފިޔާ ކަމަށެވެ.
އާޒިމްގެ ވާހަކައަށް ތާއީދު ކުރައްވައި ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވީ މިސްކިތްތައް ރަނގަޅަށް ނުބެލެހެއްޓޭކަމުގެ ޝަކުވާތައް ކައުންސިލަށް ލިބެމުން އަންނަކަމަށެވެ. އަދި ކުންފުނިތަކުން އެ މަސައްކަތް، ބިދޭސީންނާއި ހަވާލުކޮށްގެން ކުރަމުންދާއިރު އެމީހުންނަކީ ކައުންސިލަށް ޖަވާބުދާރީވެވޭނެ ފަދަ މުވައްޒަފުންތަކެއް ނޫންކަމަށް ނަރީޝް ވިދާޅުވިއެވެ.

އެހެންކަމުން ޖަލްސާގައި ބައިވެރިވި މެންބަރުންގެ ތާއީދާއެކު ވަނީ މިސްކިތް ސާފުކުރުމުގެ މަސައްކަތް ކައުންސިލާއި ހަވާލުކުރަން ނިންމާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.