މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް-- ފޮޓޯ: މަޖިލިސް
ހަބަރު
14 Feb 2024 | 15:02
މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތް މައްސަލަ ނަގައިފި

މިވަގުތަށް ކުރިއަށް ގެންދަން ބޭނުންނުވާކަމަށް ބުނެ، މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމާއި ނައިބު ރައީސް އަހުމަދު ސަލީމްގެ އިތުބާރު ނެތް ކަމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ހުށަހެޅި މައްސަލަ އެ ކޯލިޝަނުން ނަގައިފި އެވެ.

ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު މިއަދު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ވަގުތަށް މި މައްސަލަ ކުރިއަށް ގެންދަން ބޭނުންނުވާތީ، އެކަން މަޖިލީހަށް ދަންނަވާފައިވާ ކަމަށެވެ. 

"ރައްޔތުންގެ މަޖިލީހުގެ ރައީސްއާއި ނައިބު ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ މިވަގުތު ކުރިޔަށް ގެންދަން ބޭނުންނުވާތީ، އެކަން ރައްޔިތުންގެ މަޖިލީހަށް މިހާރުވާނީ ދަންނަވާފައި."

ސިރާޖު ވިދާޅުވިއެވެ.

މިފަދައިން މަޖިލީހަށް އަންގާފައިވާއިރު މި މައްސަލައިގެ ނޯޓިސް މި ދޭބެފުޅުންނަށް މަޖިލީހުން ވަނީ ފޮނުވާފައެވެ. 

އަސްލަމާއި ސަލީމް ގެ އިތުބާރު ނެތް ކަމަށް ބުނެ މައްސަލަ ހުށައެޅީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީ ކޯލިޝަން ގެ ޕާލިމެންޓަރީ ގްރޫޕުންނެވެ.

އެ ކޯލިޝަނުން މި ދެބޭފުޅުންގެ އިތުބާރު ނެތް ކަމަށް ހުށައެޅީ އަސްލަމް ވަކި ޕާޓީއެއްގެ މަސްލަހަތު ކުރިއެރުވުމަށާއި، ދުސްތޫރުން މަތިކޮށްފައިވާ ޒިންމާތަކާއި ޚިލާފުވާ ގޮތަށް އަމަލު ކުރައްވާކަމަށް ބުނެ، 23 މެމްބަރުންގެ ސޮޔާއި އެކު އެވެ.  މި ގަރާރުގައި ސޮއި ކުރެއްވި ބޭފުޅުންގެ ތެރޭގައި ޕީޕީއެމް/ޕީއެންސީގެ މެންބަރުންގެ އިތުރުން، އެމްޑީއޭއާއި އެމްއެންޕީގެ މެންބަރުން އަދި އަމިއްލަ މެންބަރު މުހައްމަދު ނަޝީދު އަބްދުالله ވެސް ހިމެނިވަޑައިގަންނަވައެވެ.

އިދިކޮޅުން ރައީސް ޑރ.މުއިއްޒުގެ ކެބިނެޓްގެ ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމުމާއި ގުޅިގެން މަޖިލިސް ތެރޭ އުފެދުނު ހަމަނުޖެހުންތަކުގެ ތެރެއިން ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ޕީޖީ ގްރޫޕުން ހުށައެޅި ގަރާރުގައި ބުނެފައިވަނީ ވަޒީރުންނަށް ރުހުންދޭން ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ ކޮމިޓީން، އެ ބައްދަލުވުމަށް ހާޒިރުވި ހުރިހާ މެމްބަރުންގެ އިއްތިފާގުން ނިންމައި، އެ ރިޕޯޓް މަޖިލީހަށް ހުށައެޅި ކަމަށެވެ. ނަމަވެސް އަސްލަމް އެ މައްސަލަ އަށް ބަހުސް ކުރުމަށް ފުރުސަތު ނުދީ، އެ މައްސަލަ އާއި ގުޅޭ ގޮތުން މެމްބަރުންގެ ވޯޓަކަށް ވެސް ނާއްސަވާ، އެ ރިޕޯޓް އަނބުރާ ކޮމިޓީ އަށް ފޮނުވާލި ކަމަށް ވެސް އެ ގަރާރުގައި ވެއެވެ.

މި މައްސަލަ މިވަގުތަށް ކުރިއަށް ގެންދަން ބޭނުންނުވާކަމަށް ސިރާޖު ވިދާޅުވި ނަމަވެސް،  މައްސަލަ އަނބުރާ ގެންދިޔަ ސަބަބު ހާމަކުރައްވާފައެއް ނުވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.