ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ރިވެލި އިފްތިތާހުކުރެއްވުން---ފޮޓޯ: ވޮއިސް
ހަބަރު
14 Feb 2024 | 22:44
ރާއްޖޭއިން ބޭރުގައި އުޅޭ ދިވެހިންނަށް އިސްލާމާއި ދިވެހި އޮންލައިންކޮށް ކިޔަވައިދޭން ފަށައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ރިވެލި ޕްރޮގްރާމް އިފްތިތާހު ކޮށްދެއްވައިފިއެވެ.

މި ޕްރޮގްރާމް އިފްތިތާހުކޮށްދެއްވީ މިހާރު ޔޫއޭއީއަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެގައުމުގައި ދިރިއުޅޭ ދިވެހިންނާއި ބައްދަލުކުރެއްވުމަށް ތާޖު ހޮޓަލްގައި ބޭއްވެވި ބައްދަލުވުމުގެ ތެރެއިންނެވެ.

މި ހަފްލާގައި އެޑިކޭޝަން މިނިސްޓަރ ޑރ އިސްމާއިލް ޝަފީއު ބައިވެރިވަޑައިގެންފައިވެއެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ.އިސްމާއީލު ޝަފީއު ވިދާޅުވީ، އިސްލާމް އަދި ދިވެހި ކިޔަވައިދިނުމަށް ފެށި ޕްރޮގުރާމު އިތުރަށް ފުޅާކޮށް ބޭރުގައި އުޅޭ ދިވެހި ކިޔަވާ ކުދިންނަށް އެ ދެ މާއްދާ ކިޔަވައިދިނުމަށް ޚާއްޞަ އޮންލައިން ޗެނަލެއް ވަރަށް އަވަހަށް ޤާއިމުކުރައްވާނެ ކަމަށެވެ.

ރިވެލި އިފްތިތާހުކުރި ހަފްލާގެ ތެރެއިން----ފޮޓޯ: ވޮއިސް

ރިވެލި ޕްރޮގްރާމަކީ ބޭރު ގައުމުތަކުގައި ދިރިއުޅޭ ދިވެހިންނަށް ދިވެހި ބަހާއި، އިސްލާމީ ތަރުބިއްޔަތު ކިޔަވައި ދިނުމުގެ އޮންލައިން ޕްރޮގްރާމެކެވެ.

ޕްރޮގުރާމު އިފުތިތާހުކުރި ޖަލްސާގައި ވާހަކަދައްކަވަމުން ޚާރިޖީވަޒީރު މޫސާ ޒަމީރު ވިދާޅުވީ ޔޫއޭއީ ނޫން އެހެނިހެން ބައެއް ޤައުމުތަކުގައި ދިރިއުޅޭ ދިވެހިންވެސް އޮންލައިންކޮށް މި ދެ މާއްދާ ކިޔަވައިދެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް އެދެމުންދާ ކަމަށެވެ. އެގޮތުން މިހާރު ސަރުކާރުން ތައްޔާރުވަމުން އަންނަނީ އޮސްޓްރޭލިއާއީ މެލޭޝިޔާ އަދި ސިންގަޕޫރުގައި ދިރިއުޅޭ ދިވެހި ކުދިންނަށް ދިވެހި އިސްލާމް ކިޔަވައިދިނުމަށް ތައްޔާރުވަމުން ކަމުގައި ޒަމީރު ވިދާޅުވިއެވެ.

ރައީސް ޑރ މުޢިއްޒުގެ ދިވެހީންގެ މެނިފެސްޓޯގައި ދިވެހި ޤައުމިއްޔަތައް ބޮޑު އިސްކަމެއް ދީފައިވާއިރު، ޤައުމިއްޔަތާ ބެހޭ މާއްދާއެއް ތައާރަފްކުރަން ވަނީ ނިންމަވާފައެވެ. 

ކޮމެންޓް
އަލީ
ތިޔަ ގޮތަށް ކިޔަވައި ދިނުމަކީ ދަރިވަރުންނަށް ފައދާއަށްވުރެ ގެއްލުން ބޮޑު ކަމެއް އެއްތަނަކަށް އެއްވެ ކިޔެވުން މާބޮޑަށް ރަނގަޅުވާނެ..އެގޮތަށް ހެދުމުން ކުއްޖާއަށް ވަރަށް ބައިވަރު ކަންކަން ދަސްވާނެ.
15 Feb 2024
ގުޅޭ ލިޔުންތައް
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.