ހެލްތު މިނިސްޓަރު ޑރ އަބްދުﷲ ޚަލީލް-- ފޮޓޯ/މިނިސްޓްރީ
ހަބަރު
16 Feb 2024 | 23:09
ޑރ.ޚަލީލް ކިޔައިދެއްވީ މިދިޔަ 5 އަހަރު ސިއްހީދާއިރާއަށް ވެފައިވާ އިހުމާލުތަކުން ލިބިފައިވާ ގެއްލުންތައް!

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުގެ ފަސް އަހަރު ތެރޭގައި ސިއްހީ ދާއިރާއަށް ވެފައިވާ އިހްމާލުން ލިބުނު ބައެއް ގެއްލުންތައް، އަދުގެ ސިއްހަތާއި ބެހޭ ވުޒާރާގެ ވަޒީރު ޑރ. އަބްދުالله ޚަލީލް ކިޔައިދެއްވައިފިއެވެ. 

މިނިސްޓަރ ޚަލީލް މި ވާހަކަތައް ކިޔައިދެއްވީ، އައްޑޫ ސިޓީގެ ކުއްޖެއްގެ ބުރަކަށްޓަށް ޖެވެލިން ދަނޑިއެއްް ހެރިގެން އެކުއްޖާ އަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ފަރުވާ ދިނުމުގެ ކަންކަމުގައި ލަސްތަކެއްވެ، އެތަނުގެ ޑޮކްޓަރުން އިހުމާލުވުމުގެ ސަބަބުން ފުރާނައަަށް ނުރައްކާވާ ހިސާބަށް ކަންކަން ދިޔަ، ކަމަށް ބުނެ ލިޔެފައިވާ ރިޕޯޓަކާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. 

އެގޮތުން ޑރ. ޚަލީލް ވިދާޅުވީ ކުރީގެ ރައީސް ސޯލިހުގެ 5 އަހަރުގެ ވެރިކަން ނިމުނު އިރު ރާއްޖޭގެ ސިއްޙީ ނިޒާމަށްވަނީ ބޮޑެތި އިހުމާލުތަކެއްވެ ގެއްލުންތަކެއްދީފައި ކަމަށެވެ.

ސިއްހީ ޚިދުމަތްދޭ ޢިމާރާތްތައް މަރާމާތު ނުކުރޭ. ގިނަ ތަންތަން ހުރީ ފުރާޅު ފޫ ވެއްޓި ނުވަތަ ސީލިންގ ވެއްޓޭ ހިސާބު ގައި. ހޮސްޕިޓަލްތަކުގައާއި ސިއްޙީ މަރުކަޒުތަކުގައި ހުރި މެޝިނަރީތައް ހަލާކުވުމުން އެތަކެތިވެސް މަރާމާތު ކުރުމުގެ ބަދަލުގައި ހުރީ ނުހަދައި ދޫކޮށްލާފައި.

ވަޒީރު ޑރ. އަބްދުالله ޚަލީލް 

މީގެ އިތުރުން އަސާސީ ބައެއް ބޭސްތައް ސިއްހީ ޚިދުމަތްދޭ ބައެއް ތަންތަނުން ހުސްވެފައި ހުރުމުގެ އިތުރުން ބައެއް ޚިދުމަތްވެސް ހުރީ ހުއްޓިފައި ކަމަށް ވަޒީރު ފާހަގަކުރެއްވި އެވެ.

އަދި އެއީ މާލޭގައި ހުރި ދަރުމަވަންތަ ހޮސްޕިޓަލުން ފެށިގެން އެންމެ ކުޑަ އާބާދީ އޮތް ރަށުގެ ސިއްހީ ހާލަތު ހުރިގޮތް ކަމަށާ އެމްޑީޕީ ވެރިކަން އަންނަ ކޮންމެ ފަހަރަކު ކަން ހިނގައި ދަނީ އެފަދައިން ކަމަށް ޚަލީލް ފާހަގަކުރެއްވި އެވެ. 

ރައްޔިތުންނަށް ހެޔޮއެދޭ ވެރިޔަކު މިހާ ބޮޑު އަނދަވަޅަކަށް ސިއްހީ ނިޒާމު ވައްޓާނުލާނެ.

ވަޒީރު ޑރ. އަބްދުالله ޚަލީލް 

ނިމިދިޔަ ސަރުކާރުން އެންމެ ބޮޑަށް އިހުމާލުވެފައިވާ އެއް ދާއިރާ އަކީ ސިއްހީ ދާއިރާ ކަމަށް އިންތިގާލީ މަރުހަލާގައި ހޯދި ހޯދުންތަކުން ވެސް ހާމަވެގެން ދިޔަ ކަމަށް އެ މަރުހަލާ ތެރޭގައި، އިންތިގާލީ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ބުނެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.