މެމްބަރ އަޙްމަދު ރަޝީދު
ހަބަރު
17 Feb 2024 | 09:50
ނަން އަބުރާ ގެންދިޔައީ ޕާޓީތަކަށް ނިސްބަތްވާ ތިން ކެންޑިޑޭޓަކާއި، އަމިއްލަ ކެންޑިޑޭޓެއް: އީސީ

ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވާދަކުރުމަށް ފޯމް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ނަން އަބުރާ ގެންދިއުމަށް ދިން ފުރުޝަތުގައި ނަން އަބުރާ ގެން ގޮސްފައިވަނީ ތިން ޕާޓީއަކަށް ނިންބަތްވާ ތިން ކެންޑީޑޭޓަކާއި އަމިއްލަ ގޮތުން ވާދަކުރުމަށް ހުށަހެޅި އެއް ކެންޑިޑޭޓެއް ކަމަށް އިލެކްޝަންސްއިން ބުނެފިއެވެ.

އީސީން މިގޮތަށް ހާމަކޮށްފައިވަނީ އީސީގެ ނައިބުރައީސް އަލްފާޟިލް އިސްމާއިލް ހަބީބު ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.

"ޝަރުތު ހަމަވި 372 ކެންޑިޑޭޓުންގެ ތެރެއިން، އެމްޑީޕީން މުލަކު ދާއިރާ އަށް، ޕީއެންސީން ގައްދޫ ދާއިރާއަށް، ޑިމޮކްރެޓްސް އިން ހިތަދޫ މެދުދާއިރާއަށް ކުރިމަތިލެއްވި ކެންޑިޑޭޓަކާއި، އަމިއްލަގޮތުން ކިނބިދޫ ދާއިރާއަށް ކުރިމަތިލެއްވި ކެންޑިޑޭޓަކާއެކު ޖުމްލަ 4 ކެންޑިޑޭޓުންވަނީ ނަން އަނބުރާ ގެންދަވާފައި."

 ހަބީބުގެ ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.

ނަން އަބުރާ ގެންދެވި ކެންޑިޑޭޓުންގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ޑިމޮކްރެޓްސްގެ ފަރާތުން ހިތަދޫ މެދުދާއިރާއަށް ކުރިމަތިލެއްވި، މިހާރު ވެސް އެ ދާއިރާގެ މެންބަރުކަން ކުރައްވަމުން ގެންދަވާ އަހްމަދު ރަޝީދެވެ. އެބޭފުޅާގެ ނަން އަބުރާ ގެންދެވި ސަބަބެއް މިހާތަނަށް އަދި ހާމަކުރައްވާފައެއް ނުވެއެވެ.

އެ ދާއިރާއަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވަނީ މަޝްޙޫރު ނޫސްވެރިޔާ އަހްމަދު އަޒާނެވެ. އެމްޑީޕީގެ ފަރާތުން އެ ވާދަކުރައްވަނީ މުހައްމަދު ޝުއާއުއެވެ.

އީސީގެ ނައިބު ރައީސް ހަބީބު ވިދާޅުވެފައިވާ ގޮތުގައި މިފަހަރުގެ މަޖިލިސް އިންތިހާބުގައި ވާދަކުރައްވާނީ 368 ކެންޑިޑޭޓުންކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 42 އަންހެނުންނާއި އަދި 326 ފިރިހެނުންނެވެ.

ހަބީބު ވިދާޅުވެފައިވާ ގޮތުގައި މިފަހަރު އެންމެ ގިނަ ކެންޑިޑޭޓުން ވަދަކުރަނީ އެމްޑީޕީގެ ފަރާތުންނެވެ. އެއީ 90 ކެންޑިޑޭޓުންނެވެ. ވެރިކަން ކުރާ ޕީއެންސީގެ ފަރާތުން 89 ކެންޑީޑޭޓުން ވާދަކުރާއިރު ތިން ވަނައަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ ދަ ޑިމޮކްރެޓްސްގެ ފަރާތުންނެވެ. އެއީ 39 ކެންޑިޑޭޓުންނެވެ.

ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބު ބާއްވަން އިލެކްޝަން ކޮމިޝަނުން ކަނޑައަޅާފައި ވަނީ މިއަންނަ މަހުގެ 17 ވަނަ ދުވަހެވެ. ނަމަވެސް ރައްޔިތުންގެ މަޖިލިހުން މިހާރު ވަނީ ރޯދަ މަސް ނިމޭތާ 10 ދުވަސް ފަހުން އިންތިޚާބު ބާއްވަން ޖެހޭގޮތަށް ޤާނޫނު އިސްލާހުކޮށްފައެވެ. އިންތިހާބާއި ބެހޭ ޤާނޫނަށް މި ގެނައި އިސްލާހަށް އަމްލަކުރަން ޖެހޭނީ ރައީސުލްޖުމުހޫރިއްޔާ އެއިސްލާހް ތަސްދީގު ކުރެއްވުމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.