ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއް ކުރިއަށް ދަނީ / ފޮޓޯ:މަޖިލިސް
ހަބަރު
19 Feb 2024 | 15:20
ރައްޔިތުން މަޖިލިހުގެ ޖުމުލަ މެމްބަރުން ގުނާގޮތަށް ގެނައި އިސްލާހް ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެންބަރުން ގުނާ މާއްދާތައް ބާތިލް ކުރަން ދައުލަތުގެ ބަންޑާރަނައިބުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވަނިކޮށް، އެ މާއްދާތައް ޤަވާއިދުން އުނިކޮށް އެހެން މާއްދާއެއްގައި ހިމަނަން އާންމު ކޮމިޓީން ނިންމި ނިންމުން މިއަދު މަޖިލީހުން ފާސް ކޮށްފިއެވެ.

މިއަދު ކުރިއަށްދިޔަ މަޖިލިހުގެ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ ތެރެއިން އިސްލާހު ފާސްކުރުމަށް 29 މެމްބަރަކު ވޯޓްދެއްވާފައި ވާއިރު އިސްލާހު ފާސްކުރަން ނުފެންނަ ކަމަށް 8 މެމްބަރަކު ވަނީ ވޯޓްދެއްވާފައެވެ.

މަޖިލިހުން މިއަދު މި ފާސްކުރި އިސްލާހް ގެނައުމަށް މަޖިލިހުގެ އާންމު ކޮމިޓީގެ ބައްދަލުވުމުގައި ނިންމީ މިމަހުގެ 15 ވަނަ ދުވަހުއެވެ. އެދުވަހުގެ ކޮމިޓީ ބައްދަލުވުމުގައި ނިންމާފައިވަނީ ގާނޫނު އަސާސީއާ ހިލާފުކަމަށް ބުނާ އެ ތިން މާއްދާ ގަވާއިދުން އުނިކޮށް އޭގެ ބަދަލުގައި ގަވާއިދުގެ 242 މާއްދާއަށް އަކުރެއް އިތުރުކޮށް އެ މާއްދާގައި ހިމެނުމަށެވެ.

މިއަދު މަޖިލިހުން ފާސްކޮށް ގަވާއިދު 242 އަކަށް އިތުރުކުރި ބައިގައި ބުނާގޮތުން ގާނޫނުއަސާސީގެ 78 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މެންބަރުކަމުން ވަކިވުމުގެ ސަބަބުން އެ ގޮނޑި ހުސްވި ތާރީހުން ފެށިގެން، ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް އޮތް އާންމު އިންތިހާބާ ދެމެދު ހަ މަސް ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއް އޮތްނަމަ އެ ގޮނޑިއަކަށް މެންބަރަކު އިންތިހާބު ކުރެވެން ނެތް ހާލަތުގައި ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނުމުގައި އެ ހުސްވި ގޮނޑި ނުހިމެނޭނެއެވެ.

ރައްޔިތުންމަޖިލިހުގެ ޤަވާއިދަށް މިއަދު މި ގެނައި ބަދަލާއިއެކު ރައީސާއި ނައިބު ރައީސް އަޒުލްކުރުމުގެ ބާރު އެމްޑީޕީއަށާއި ދަ ޑިމޮކްރެޓްސް ޕާރޓީއަށް ލިބިގެންދާނެއެވެ.

އެހެނީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އިސް މަޤާމުތަކާއި ހަވާލުވެ ލެއްވުމަށް މަޖިލިހުގެ 7 މެމްބަރަކު، މެމްބަރުކަމުން އިސްތިއުފާ ދެއްވުމުން މިވަގުތު މަޖިލހުގައި ތިއްބެވީ ޖުމުލަ 80 މެމްބަރުންނެވެ. ޤަވާއިދަށް މިއަދު މި ގެނެވުނު ބަދަލާއިއެކު ރައީސާއި ނައިބު ރައީސް އަޒުލް ކުރުމަސް ބޭނުންވަނީ މަޖިލހުގެ 54 މެމްބަރުންގެ ވޯޓެވެ. އެމްޑީޕީ އާއި ޑިމޮކްރެޓްސް އެކުވުމުން މިއަދަދަށް ވުރެ މެމްބަރުނގެ އަދަދު އިތުރުވެގެން ދާނެއެވެ.

ޤާނޫނު އަސާސީގައި ކަނޑައަޅާފައިވާ ގޮތުން ނަމަ 19 ވަނަ މިޖިހުގައި ޖުމުލަ މެމްބަރުންގެ އަދަދު ގުނަން ޖެހޭނީ 87 މެމްބަރުން ކަމަށެވެ. އެ އަދަދަށް ބަލައިފި ނަމަ ރައީސާއި ނައިބު ރައީސް އަޒުލް ކުރެވޭނީ މަޖިލިހުގެ ތިންބައިބައިކުޅަ ދެބައިކަމަށްވާ 58 މެމަބަރުންގެ ވޯޓުންނެވެ. ނަމަވެސް މިހާރު މަޖިލިހުގައި މެމްބަރުން ތިބި އަދަދަށް ބަލާއިރު އެމްޑީޕީ އާއި ޑިމޮކްރެޓްސް އެކުވިޔަސް މިއަދަދަށް މެމްބަރުން ހަމައެއް ނުވާނެއެވެ.

މަޖިލިސް އިން މިފަދައިން ފާސްކޮށްފައިވާއިރު، ރައީސް އަޒުލުކުރުމާއި ގުޅޭ މާއްދާއަށް މަޖިލީހުން ގެނައި އިސްލާހާއި ގުޅޭ މައްސަލައިގެ އަޑުއެހުން ސުޕްރީމް ކޯޓުން ވަނީ މިމަހުގެ 21 ވާ ބުދަ ދުވަހަށް އަވަސް ކޮށްފައެވެ. މި މައްސަލައިގެ އަޑުއެހުން އޮންނާނީ އެދުވަހުގެ ހެނދުނު 10 ޖަހާއިރު އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.