ސިޓީ ތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ޝަރީފް ޢުމަރު ރޭގެ ޖަލްސާގައި ވާހަކަދައްކަވަނީ--ފޮޓޯ/ ރައީސް އޮފީސް
ހަބަރު
21 Feb 2024 | 10:20
ތިނަދޫ ސިޓީ އުފަންވެގެން އައީ 'ޕްރީ މެޗުއަރ ބޭބީ' އެއްގެ ގޮތުގައި: އާދަމް ޝަރީފް

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ގެ ސަރުކާރުން ހުވަދު އަތޮޅު ތިނަދޫ، ސިޓީ އެއްގެ ގޮތަށް ބަދަލު ކުރައްވާފައިވަނީ، "ދުވަސް ނުފުރާ ވިހާފައިވާ ތުއްތު ކުއްޖެއްގެ ގޮތުގައި ނުވަތަ ޕްރީ މެޗުއަރ ބޭބީއެއްގެ" ގޮތުގައި ކަމަށް ސިޓީ ތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގެ ކެންޕެއިންގެ ތެރެއިން، އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ތިނަދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު ވަނީ ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނެސްގެން ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

އެފަދައިން އެމަނިކުފާނު ވިދާޅުވެފައި ވަނިކޮށް، އިންތިޚާބުގެ ތެރޭގައި، އޭރުގެ ރައީސް ޞާލިހު ވަނީ، ގާނޫނުގައި އޮންނަ ގޮތާއި ޚިލާފަށް ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދެއްވާފައެވެ. އެކަމުގެ ސަބަބުން، ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ލިބުނު ނަމަވެސް، ބައެއް ކަންކަން ފުރިހަމަ ކުރުމުގައި އެ ސިޓީއަށް ގޮންޖެހުންތަކާއި ވަނީ ކުރިމަތިލާން ޖެހިފައެވެ.

އެކަމަށް އިޝާރަތްކުރައްވައި، ރޭ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ތިނަދޫ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން، ޝަރީފް ވިދާޅުވީ، ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު މަސައްކަތް ކުރެއްވީ އޮންނަ އުސޫލުގެ ތެރެއިން ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދެއްވަން ކަމަށެވެ.

ނަމަވެސް ކުރީ ސަރުކާރުން އެކަން, "ނުބައި ކޮޅަކުން ޖަހާފައި އުފަން ކުރުވުމުން" އުދަނގޫ ތަކަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

ތިނަދޫ ސިޓީ އުފަންވެގެން އައީ ޕްރީ މެޗުއަރ ބޭބީއެއްގެ ގޮތުގައި. އެކަމަކު ދަންނަވަންތޯ؟ އެކަން، އެ ސިޓީއެއްގެ ތަސައްވުރު އެންމެ ފުރަތަަމަ އަޅުގަނޑުމެންނާއި ހަމައަށް ގެނެސްދެއްވީ އަޅުގަނޑުމެންގެ މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ޖުމްހޫރިއްޔާ. ރައީސުލްޖުމްހޫރިއްޔާގެ އެ ތަސައްވުރާއި އެކުގައި، ރައީސުލްޖުމުހޫރިއްޔާ ބޭނުންފުޅު ގޮތަކަށް އެކަން ކުރައްވަން އުޅެނިކޮށް، ނުބައި ކޮޅަކުން ޖަހާފައި މި ސިޓީ އުފަން ކުރުވީ. އެހެންވީމާ ކުޑަކޮށް އުނދަގޫ ވެގެން މިއުޅުނީ.

އާދަމް ޝަރީފް ޢުމަރު 

ޝަރީފް އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ ޒަޢާމަތުގައި،  ރާއްޖެ ފަޚުރުވެރިވާފަދަ ތަރައްގީއެއް ތިނަދޫ ސިޓީން ފެނިގެންދާނެ ކަމުގެ ޔަގީންކަން އޮތް ކަމަށެވެ . އަދި ހަގީގީ މާނައިގައި ތިނަދޫ ސިޓީއަކަށް ހައްދަވާނީ ރައީސް މުޢިއްޒު ކަމަށްވެސް ޝަރީފު ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Aug 2026
ދީނީ އިލްމުވެރިންގެ އަހަރީ ބައްދަލުވުން މި މަހު 14 އަދި 15 ގައި
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ޕްރޮގްރާމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލުމަށް ހަމަޖެހިފައިވަނީ، "21 ވަނަ ޤަރުނުގައި އިސްލާމީ ދަޢުވަތު" މި ތީމްގެ މައްޗަށެވެ.
09 Aug 2026
ދިހަ ދުވަސްތެރޭ ރާއްޖޭގައި ބަންގްލަދޭޝްގެ 8 މީހަކު މަރު، ގިނައީ ސްޓްރޯކް
ބަންގްލަދޭޝްގެ ވިއުސް ނޫހުން ރިޕޯޓްކުރި ގޮތުގައި ޖުލައި މަހުގެ 25 ވަނަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ ތިންވަނަ ދުވަހަށް ރާއްޖޭގައި ބަންގްލަދޭޝްގެ އަށް މީހަކު މަރުވެފައިވެ އެވެ.
09 Aug 2026
އިންފަންޓީނޯގެ އަގު ވައްޓާލުމަށް ބަޔަކު މަސައްކަތްކުރަމުންދާކަމަށް ފީފާއިން ބުނެފި
"ފީފާގެ ރައީސަކީ އެ އިދާރާގެ މެންބަރު ގައުމުތަކުގެ މެދުގައި ބޭއްވުނު ޑިމޮކްރެޓިކް އިންތިޚާބަކުން ހޮވިފައިވާ ބޭފުޅެއް. އޭނާ މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވަނީ އެ މެންޑޭޓުގެ ދަށުން" ފީފާގެ ބަޔާނުގައިވެއެވެ
09 Aug 2026
ނޫރު ބިލްޑިންގެ ތަފްސީލީ ކުރެހުން އަންނަ މަހުގައި ނިމޭނެ
މި ބިލްޑިންގަކީ ގުރްއާނަށް ހާއްސަ ވަގްފެއް ގޮތުގައި 15 ބުރިއަށް މާލެގައި ބިނާކުރެވޭ ބިލްޑިންގެކެވެ. މިތާނގެ 3 ފްލޯ ހާއްސަ ކުރެވިފައި ހުންނާނީ އިސްލާމީ މިނިސްޓްރީގެ އިދާރާއަށެވެ.
09 Aug 2026
ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ކުރިއަށްގެންދިޔަ "ވިޔަނަ ކޭމްޕް" ކާމިޔާބުކަމާއެކު ނިންމާލައިފި
ކޭމްޕްގައި ކުރިއަށް ގެންދިޔަ ޙަރަކާތްތަކުގެ ތެރޭގައި ދީނީ ޢިލްމީވޯކްޝޮޕާއި، ދީނީ ދަރުސްތައް، ތަރުބަވީ ސެޝަންތައް، ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ސްޓަޑީ ކޭމްޕް ތަކާއި ސްކިލް ޑިވެލޮމްޕެންޓް ޕްރޮގްރާމްތައް، ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ސެޝަންތަކާއި ޓީމް ބިލްޑިންގ ހަރަކާތްތަކުގެ އިތުރުން ކުޅިވަރު ޙަރަކާތްތައް ހިމެނެއެވެ
09 Aug 2026
ބޭނުންވަނީ މުޒާހަރާ މާލެތެރޭގައި ރައްޔިތުންނަށް އަޑު އިވޭގޮތަށް ކުރިއަށްްގެންދަން: އެމްޑީޕީ
މުޒާހަރާ ކުރިއަށްގެންދަން މަޖީދީމަގު ނޫން އެހެންމަގެއް ހިޔާރުކުރެވެން ނެތްކަމަށް އެޕާޓީން ވަނީ ބުނެފައެވެ
09 Aug 2026
ހަމަސްނުވާ ތުއްތު ކުދިން ކަރުހިއްކުން ފިލުވުމަށް ފެން ނުދީ: އެޗްޕީއޭ
އެޗްޕީއޭއިން ބުނީ މައިމީހާގެ ގާތުން ދޭ ކިރުގެ 88 އިންސައްތައަކީ ފެންކަމުގައިވާތީ، ދަރިފުޅުގެ ކަރުހިއްކުން ފިލުވުމަށް ގާތުންދޭ ކިރު ފުދޭނޭކަމަށް
09 Aug 2026
ގެއްލުނު ތިން މީހުން ހޯދަން ބޭރުގެ އެހީ ހޯދަނީ
ހާރިޖިއްޔާގެ އޮފީހުން ބުނީ، މީހުން ހޯދުމުގެ މަސައްކަތުގައި ލިބެންހުރި ހުރިހާ ވަސީލަތެއްގެ ބޭނުން ހިފައި، އެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން ދޭކަމަށެވެ