ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ގެމަނަފުއްޓަށް ވަޑައިގެންނެވުން-- ފޮޓޯ/ ރައީސް އޮފީސް
ހަބަރު
21 Feb 2024 | 15:47
ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއު ދެކުނުގެ ހަތަރު އަތޮޅަކަށް

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއު ދެކުނުގެ ހަތަރު އަތޮޅުގައި ކުރިއަށް ގެންދާނެ ކަން ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު އިއުލާން ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ހުވަދު އަތޮޅަށް ކުރައްވަމުންދާ ގދ. ތިނަދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލު ކުރައްވައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، ރާއްޖެ 7 ސަރަހައްދަކަށް ބަހާލައި، ސަރަހައްދީ ތަރައްގީގެ ގެނައުމަކީ އެމާނިކުފާނުގެ ސަރުކާރުގެ ޕްލޭން އެއް ކަމަށެވެ. 

އެގޮތުން ދެކުނުގެ ޑިވެލޮޕްމަންޓް ޒޯންގައި ތިނަދޫ ސިޓީއަކީ ސަރަހައްދީ ތަރައްގީގެ މުހިންމު ނާރެހެއް ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. 

ސަރަހައްދީ ތަރައްގީގައި އަޅުގަނޑު ހުށަހެޅީ ރައްޖޭގައި އެންމެ އުތުރުން ސަރަހައްދީ ތަރައްގީގެ ޒޯނެއް ކަނޑައަޅަން. އަދި އެންމެ ދެކުނުން ވެސް ރާއްޖޭގެ ސަރަހައްދީ ތަރައްގީގެ ޒޯނެއް ކަނޑަޅަން. އޭގެ އިތުރުން މުހިންމު އެކި ސަރަހައްދުތަކަށް ބަހާލައި، 7 ސަރަހަދެއްގައި އާބަން ސެންޓަރުތަކެއް ހަދައި، އަދި ދެން ހުރި ހުރިހާ ސަރަހެއްދެއްގައިވެސް، ބޭނުންވާ ފެސިލިޓީއެއް އެ ރަށެއްގެ އާބާދީގެ ނިސްބަތުން ފޯރުކޮށްދެވޭ ނިޒާމެއް. އެގޮތުން ބަލާއިރުގައި މި ސަރަހައްދުގެ ޑިވެލޮޕްމަންޓް ޒޯންގައި މިސިޓީ (ތިނަދޫ ސިޓީއަކީ) ސަރަހައްދީ ތަރައްގީގެ މުހިންމު ނާރެހެއް. 

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު 

މިއާއެކު އެމާނިކުފާނު ވިދާޅުވީ މި ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތަކީ ގެދޮރުވެރިކަން ކަމަށެވެ. އަދި އެސިޔާސަތުގެ ދަށުން އެންމެ ގިނަ ޕްރޮޖެކްޓް ހިންގަވާނީ ސަރަހައްދީ ތަރައްގީގެ ޒޯންތަކުގައި ކަން ފާހަގަކުރެއްވިއެވެ.

އެގޮތުން ސަރުކާރުން ކުރިއަށްގެންދަން ނިންމާފައިވާ ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫރު ކުރިއަށް ގެންދަން ނިންމާފައިވަނީ ދެކުނުގެ ހަތަރު އަތޮޅެއްގައި ކަމަށްވެސް ވިދާޅުވި އެވެ.

ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ސަރަހައްދީ ތަރައްގީގެ ޒޯންތަކުގައި އެންމެ ގިނަ ޕްރޮޖެކްޓް ހިންގާނީ. އަދި އެހެނިހެން ހުރިހާ ރަށަކަށްވެސް މިހެން ދެންނެވިޔަސް ހައުސިންގ ލިބޭނެ. އެހެންވީމާ، އައްޑޫސިޓީ, ފުވައްމުލަކު، ހުވަދު އަތޮޅު ދެކުނުބުރި، އުތުރުބުރި، މި ޒޯންގައި އެންމެ ގިނަ ފްލެޓްތައް އެޅިގެންދާނީ. ހަމަ އެއާއެކީގައި އުތުރާއި މެދުރާއްޖެތެރޭގައި ކަނޑައެޅޭ ސަރަހައްދު ތަކުގައި

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު 

ގެދޮރުވެރިކަމަކީ ރައީސުލްޖުމްހޫރިއްޔާ އެންމެ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ އެއް މަސައްކަތް ކަމަށް އެކި ފަހަރު މަތިން އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ. އަދި އެމަނިކުފާނުގެ ދައުރު ނިމޭއިރު ގެދޮރޮވެރިކަމަށް ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.