އާސަންދައިގެ އެހީގައި ދަރިމައިވުމުގެ މައްސަލައަށް ފަރުވާ ފޯރުކޮށްދެނީ
ހަބަރު
23 Feb 2024 | 08:52
އާސަންދައިން އައިވީއެފް ތިން ފަހަރު ހެދޭނެ؛ އުސޫލް އާއްމުކޮށްފި

އާސަންދައިގެ ދަށުން ތިން ބުރަށް އައިވީއެފް ހެދޭގޮތަށް ކަނޑައަޅައި، "އައި.ޔޫ.އައި" އަދި "އައި.ވީ.އެފް" ގެ ފަރުވާތައް އާސަންދަ ސްކީމް މެދުވެރިކޮށް ފޯރުކޮށްދިނުމާއި ގުޅޭ އުސޫލު އާންމުކޮށްފިއެވެ.

މިކަމާއި ގުޅިގެން އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ރައީސުލްޖުމުހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ހަފްތާ14 މަގު ޗާޓުގެދަށުން، "އައި.ޔޫ.އައި" އަދި "އައި.ވީ.އެފް" ގެ ފަރުވާތައް އާސަންދަ ސްކީމް މެދުވެރިކޮށް ފޯރުކޮށްދިނުމާއި ގުޅޭ އުސޫލު މިހާރު ވަނީ އާއްމުކުރެވިފައިކަމށާއި، މި އުސޫލުގެ ދަށުން އެހީއަށް އެދުމަށް 15 މާރިޗް 2024 އިން ފެށިގެން ހުޅުވާލެވޭނެކަމަށެވެ.

"މިއީ މިކަމަށް ބޭނުންވެފައިތިބި އެތައް ބަޔަކަށް ލިބިގެންދާ ވަރަށް ބޮޑު އުއްމީދެއް. މި އުސޫލު ބައްޓަން ކުރެވިފައިވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް މި ޚިދުމަތް ލިބޭގޮތަށް. ރައީސްގެ ވައުދުފުޅާ އެއްގޮތަށް ދުރުނޫން މުސްތަގްބަލެއްގައި ރާއްޖޭގައި ނެޝަނަލް ފަރޓިލިޓީ ކެއަރ ސެންޓަރއެއް ޤާއިމް ކުރެވިގެންދާނެ." ހީނާގެ އެކްސް ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

އައިޔޫއައި އަށް އެދޭ މީހާގެ ހުންނަން ޖެހޭ ޝަރުތު ތަކަކީ :

1.  އެހީއަށް އެދޭ ދެމަފިރިންގެ ކައިވެންޏަށް ތިން އަހަރުވެފައިވުން.

2.  ގުދުރަތީ ގޮތުން ދަރިމައިވުމަށް ހުރަސްއަޅާ ފަދަ ސިއްހީ ސަބަބެއް މެދުވެރިވެފައިވުން، ނުވަތަ ސަބަބު ދެނެނުގަނެވި ފާއިތުވި ތިން އަހަރު ދަރިމައުވުމަށް ނުކުޅެދިފައިވުން. އަދި ދަރިމައުވުމުގެ އެހެނިހެން ފަރުވާ ކާމިޔާބު ނުވެ، ރިޕްރޮޑަކްޓިވް ޕެތޮލޮޖީ އިން އައިޔޫއައި އަކީ އެފަރާތްތަކަށް އެންމެ އެދެވިގެންދާ ފަރުވާ ކަމަށް ކަމާއި ގުޅޭ ސްޕޭޝަލިސްޓެއް ލަފާ ދީފައިވުން.

3.  އެހީއަށް އެދޭ ދެމަފިރިން ކުރެ އެއްވެސް ފަރާތެއް ދަރިމައިނުވާ އޮޕަރޭޝަނެއް ކޮށްފައި ނުވުން.

4.  ދެމަފިރިންގެ ދަރިއެއް ދުނިޔޭގައި ނެތުން.

5.  އައިޔޫއައިގެ ފަރުވާ ފަށާއިރު އަނބިމީހާގެ އުމުރުން 25 އަހަރު ފުރި، 42 އަހަރު ފުރިފައި ނުވުން. އަދި ފިރިމީހާގެ އުމުރުން 55 އަހަރު ފުރިފައި ނުވުން.

6.  އެހީއަށް އެދޭއިރު، އެހީއަށް އެދޭ އަނބިމީހާގެ "ބޮޑީ މާސް އިންޑެކްސް" (ބީއެމްއައި) 19 އާއި 30 އާއި ދެމެދު ހުރުން.

7.  އެހީއަށް އެދުމުގެ 6 މަސް ކުރިން ފަރުވާ ހޯދާ ދެމަފިރިން ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލާފައިވުން.

8.  އެހީއަށް އެދޭ ދެމަފިރިން ކުރެ އެއްވެެސް ފަރާތަކީ، ފާއިތުވި 3 އަހަރު ދުވަހު ޖިނާއީ ކުށެއް ސާބިތުވެ ހުކުމެއް ކޮށްފައިވާ ފަރާތެއް ކަމުގައި ނުވުން.

އައިވީއެފް އަށް އެދޭ މީހާގެ ހުންނަން ޖެހެ ޝަރުތުތަކަކީ :

1.   އެހީއަށް އެދޭ ދެމަފިރިންގެ ކައިވެންޏަށް ތިން އަހަރުވެފައިވުން

2.   ގުދުރަތީ ގޮތުން ދަރިމައިވުމަށް ހުރަސްއަޅާފަދަ ސިއްހީ ސަބަބެއް މެދުވެރިވެފައިވުން، ނުވަތަ ސަބަބު ދެނެނުގަނެވި ފާއިތުވި ތިން އަހަރު ދަރިމައިވުމަށް ނުކުޅެދިފައިވުން. އަދި ދަރިމއިވުމުގެ އެހެނިހެން ފަރުވާ ކާމިޔާބު ނުވެ، ރިޕްރޮޑަކްޓިވް ފެތޮލޮޖީ އިން "އައިވީއެފް" އަކީ އެފަރާތަށް އެންމެ އެދެވިގެންވާ ފަރުވާ ކަމަށް ކަމާއި ގުޅޭ ސްޕެޝަލިސްޓެއް ލަފާ ދީފައިވުން.

3.     އެހީއަށް އެދޭ ދެމަފިރިން ކުރެ އެއްވެސް ފަރާތެއް ދަރިމައިނުވާ އޮޕަރޭޝަނެއް ކޮށްފައި ނުވުން.

4.     ދެމަފިރިންގެ ދަރިއެއް ދުނިޔޭގައި ނެތުން.

5.     އައިވީއެފްގެ ފަރުވާ ފަށާއިރު، އަނބިމީހާގެ އުމުރުން 30 އަހަރު ފުރި، 42 އަހަރު ފުރިފައި ނުވުން. އަދި ފިރިމީހާގެ އުމުރުން 55 އަހަރު ފުރިފައި ނުވުން. ނަމަވެސް އަނބިމީހާގެ އުމުރުން 25 އަހަރު ފުރި، ދިމާވާ ސިއްހީ ހާލަތެއްގެ ސަބަބުން އައިވީއެފް ހެދުމަކީ އެންމެ އެދެވިގެންވާ ފަރުވާ ކަމަށް ކަމާގުޅޭ ސްޕެޝަލިސްޓެއް ލަފާދީފައިވާނަމަ، އަދި މި މާއްދާގެ އެހެން ޝަރުތުތައް ފުރިހަމަވާނަމަ، އެފަދަ ފަރާތަކަށް މިއުސޫލުގެ ދަށުން އައިވީއެފްގެ ފަރުވާ އަށް އެހީ ފޯރުކޮށްދިނުމަށް ހުރަހެއް ނެތް.

6.     އެހީއަށް އެދޭއިރު، އެހީއަށް އެދޭއިރު، އެހީއަށް އެދޭ އަނބިމީހާގެ "ބޮޑީ މާސް އިންޑެކްސް" (ބީއެމްއައި) 19 އާއި 30 ދެމެދު ހުރުން.

7.     އެހީއަށް އެދުމުގެ 6 މަސް ކުރިން ފަރުވާ ހޯދާ ދެމަފިރިން ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލާފައިވުން.

8.     އެހީއަށް އެދޭ ދެމަފިރިން ކުރެ އެއްވެސް ފަރާތަކީ، ފާއިތުވި 3 އަހަރު ދުވަހު ޖިނާއީ ކުށެއް ސާބިތުވެ ހުކުމެއް ކޮށްފައިވާ ފަރާތެއް ކަމުގައި ނުވުން.

9.     ފާއިތުވި 6 މަސް ދުވަހުގެ ތެރޭގައި އަނބިމީހާގެ "އެންޓި މުލޭރިއަން ހޯމޯން" 0.8 nmol/1 އަށްވުރެ ދަށަށް ގޮސްފައިނުވުން. އަދި މައްސަރު ކަންތައް ފެށިގެން ދެވަނަ ދުވަހާއި ފަސް ވަނަ ދުވަހާ ދެމެދު "ފޮލިކަލް ސްޓިމިއުލޭޓިން ހޯމޯން" ގެ މިންވަރު 10iu/L އަށްވުރެ މަތި ނުވުން.

10. މީގެ ކުރިން ސްކީމް މެދުވެރިކޮށް "އައިވީއެފްގެ އެހީ ހަމަޖެހިފައިވާ ފަރާތެއް ކަމުގައި ނުވުން ނުވަތަ އަމިއްލަ ހަރަދުގައި "އައިވީއެފްގެ 3 ބުރު ފުރިހަމަ ކޮށްފައި ނުވުން.

އާއްމުކޮށްފައިވާ އުސޫލުގައިވާ ގޮތުން މި ސްކީމުގެ ދަށުން އައިވީއެފް ހެދުމަށް ކޮންމެ އަހަރަކު ވަކި ބަޖެޓެއް ކަނޑައަޅަންޖެހެއެވެ. އަދި އެހީ ފޯރުކޮށްދޭނީ އެއަދަދަށް، އެންމެ މަތިން ޕޮއިންޓް ލިބޭ މީހުންނަށެވެ. ޕޮއިންޓް ދޭއިރު، ދެމަފިރިންގެ ކައިވެނީގެ މުއްދަތާއި އުމުރާއި ދެމަފިރިންގެ ތެރެއިން އެއްވެސް މީހެއްގެ ދަރިއެއް ދުނިޔޭގައި ނެތުމާއި ބޯހިޔާވަހިކަން ހަމަޖައްސަމުންދާ ގޮތަށް ވެސް ބަލައެވެ. ސްކީމުގެ ދަށުން އައިވީއެފް ފަރުވާ ހަދާ ދެމަފިރިންނަށް ބޭސްފަރުވާގެ އިތުރުން ދެކޮޅު ޓިކެޓާއި ހުރުމާއި ކެއުމަށް ކަނޑައެޅޭ މިންވަރަކަށް އެހީ ދޭނެ އެވެ.

އައިވީއެފަށް އާސަންދަ ހަމަޖެހޭކަން، އެކަމަށް އެދި ހުށަހަޅާތާ 30 ދުވަހުގެ ތެރޭގައި އަންގައި ތިން މަސް ދުވަހުގެ ތެރޭގައި ފަރުވާ ފަށަންޖެހޭނެ އެވެ. އެހެން ނޫނީ އެހީ ބާތިލްވާނެ އެވެ. އަދި އައިވީއެފް ފުރިހަމަކުރުމަށް އާސަންދަ ހަމަޖައްސައިދޭނީ ތިން ބުރަށް، ގިނަވެގެން ދެ އަހަރުގެ މުއްދަތަށެވެ. އެ މުއްދަތުގެ ފަހުން ހިނގާ ހަރަދަށް އެ ސްކީމުން އެހީއެއް ހަމަޖައްސައިނުދޭނެއެވެ.

މިއީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ 100 ދުވަހުގެ ވައުދުގެ ގޮތުގައި ހިމެނިފައިވާ ވަރަށް މުހިއްމު ވަޢުދުފުޅެކެވެ.

ކޮމެންޓް
ހޮޅި ބެ
މާތް ﷲ އިންސާނާ އުފައްދަވައިފައި ވަނީ ކަލޭމެން ބޭނުންވާ ގޮތަކަށް ނޫނެވެ. އެކި އިންސާނުން ހެދި ބޮޑުވަނީ ކަލޭމެން ތި ބޭނުން ވާ ޝަރުތުތަކާ އެކު ނޫން ކަން ދަންނަވަމެވެ.
23 Feb 2024
ގުޅޭ ލިޔުންތައް
05 Jul 2026
ވަރލްޑްކަޕް ކުއާޓާ ފައިނަލުން ޖާގަ ހޯދި ފުރަތަމަ ޓީމަކަށް މޮރޯކޯ
ދެ ޓީމުންގޯލަށް އަމާޒުކުރި ހަމަލާތަކަށްވުރެ މިމެޗްގައި ގިނައިން ފެނިގެންދިޔައީ ރީނދޫކާޑު ތަކެވެ
04 Jul 2026
ހަމަދު ސްކޫލްގެ ހިދުމަތްތެރި ޓީޗަރު، ސަތީޝްގެ ކުއްލި މަރު: ސްކޫލާއި ދަރިވަރުންނަށް ބޮޑު ހިތާމައެއް
ސަތީޝް އަކީ ދަރިވަރުންނާއި ޓީޗަރުންގެ އިތުރުން ބެލެނިވެރިންނާވެސް ވަރަށް ގާތް ގުޅުމެއް އޮންނަ ޓީޗަރެކެވެ
04 Jul 2026
އަލީބާބާ އިން އެމެރިކާއަށް 600 މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދައްކަނީ
އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ހާމަކޮށްފައިވާ ގޮތުގައި، ޗައިނާގެ އީ-ކޮމާސް ކުންފުނި އަލީބާބާ ގްރޫޕް އަދި އެ ކުންފުނީގެ ޕޭމަންޓް ޕްރޮސެސާ ކަމަށްވާ އޭޔޫއެސް މާޗަންޓް ސާވިސަސް (އިން ޖުމްލަ 600 މިލިއަން އެމެރިކާ ޑޮލަރު ދެއްކުމަށް ވަނީ އެއްބަސްވެފައެވެ
04 Jul 2026
ޕީއެންސީ އެތެރޭގެ އިންތިހާބު: 2500 އަށްވުރެ ގިނަ ކެނޑިޑޭޓުން ވާދަކުރޭ
ވޯޓާސް ލިސްޓް މިއަދު އާއްމުކުރުމަށް ވަނީ ނިންމާފައި
04 Jul 2026
ކޯޗް ސުޒެއިންގެ 40 އަހަރުގެ ކުޅިވަރު ކެރިއަރުގައި އެންމެ އުފާވެރި ރޭ
"ކުޅިވަރުގެ ދާއިރާގައި ހޭދަވި ސާޅީސް އަހަރުތެރޭ އެންމެ އުފާވި ފިޔަވަޅު މަތީގައި އަޅުގަނޑު މި ހުރީ," ސުޒެއިން ވިދާޅުވި އެވެ.
04 Jul 2026
މާލެ އަދި ހުޅުމާލޭގައި މާރާމާރީ ހިންގަން ރޭވި ބައެއްގެ މައްސަލަ ފުލުހުން ބަލަނީ
އޮޕަރޭޝަނުގައި ބަލާފާސްކޮށް އެ މީހުންގެ އަތުން ފަތްޖެހި ވަޅިއަކާއި 39,695 ދިވެހި ރުފިޔާ ވަނީ ފެނިފައި
04 Jul 2026
ހުޅުމާލެ ކައިރީ މިރޭ ހަވާއަރުވަނީ
ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ މިރޭގެ 22:00 ގަ އެވެ.
04 Jul 2026
ސްޓެލްކޯއަށް ލިބެންޖެހޭ ފައިސާގެ އަދަދު ބިލިއަނަކާ ގާތުގައި
ސްޓެލްކޯގެ މާލީބަޔާނަށް ބަލާއިރު ލިބެންޖެހޭ ފައިސާ ނުލިބިގެން ލިބުނު ގެއްލުމުގެ ގޮތުގައި 161.2 މިލިއަން ރުފިޔާ ޕްރޮވިޝަން ހަދާފައި އެބައޮތެވެ