ޣައްޒާއިން ގިނަ ބަޔަކު ވަނީ ޝަހީދުވެފައި
ދުނިޔެ
24 Feb 2024 | 11:43
ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު 30،000 އަށް އަރައިފި

އިސްރާއިލުން ފަލަސްޠީނުގެ ޣައްޒާއަށް ދެމުންގެންދާ ރަހުމުކުޑަ ލާއިންސާނީ ހަމަލާތަކުގައި 30،000 އަށް ވުރެ ގިނަމީހުން ޝަހީދުވެފައިވާ ކަމަށް ފަލަސްޠީނުގެ ސިއްހަތާއި ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރ މަހުގެ 7 ވަނަ ދުވަހު ފެށުމު މިހަނގުރާމައި މިހާތަނަށް 69,616 ފަރާތެއް ޣައްޒާއިން ޒަހަމްކޮށްލައިފައިވާއިރު، އެތަށް ބައެއްގެ ގޮދުރުވަނީ ބިމާއި ހަމަކޮށް ސުންނާފަތި ކޮށްލައިފައެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީން ރިޕޯޓުކޮށްފައިވާ ގޮތުގައި އިއްޔެ އެކަނިވެސް  އިސްރާއީލްގެ ރަހްމެއް އިންސާނިއްޔަތުކަމެއް ނެތް ހަމަލާގައި ޢައްޒާގެ 104 މީހުން ޝަހީދުކޮށްލައި، 160 މީހުންނަށް އެކި ވަރުގެ އަނިޔާތައް ދީފައިވެއެވެ.

ޔަޙޫދީ ޒަޔަނިސްޓް އިސްރާޢިލުން ފަލަސްޠީނުގެ ޣާޒާއަށް ހަމަލާތައް ދެމުންގެންދާތާ 4 މަސް ފާއިތުވެގެންދާއިރު މި ހަމަލާތަކާއި ގުޅިގެން މުޅި ޣާޒާ ސިޓީ ވަނީ އެއްކޮށް ކަހަލަ ގޮތަކަށް ހަލާކުވެ ސުންނާފަތިވެފައެވެ. އާއްމުން ދިރިއުޅެމުންގެންދާ ގެތަކުގެ އިތުރުން ސްކޫލްތަކާއި، ހަސްފަތާލުތައް ވެސް ވަނީ ހަމަ ބިމާއި ހަމަވެފައެވެ.

މިއަދު ޣައްޒާގެ ރައްޔިތުންނަށް އެންމެ ޒަރޫރީ ބޭނުންތައްވެސް ފުންދުން ވަނީ ނާދިރުކަމަކަށް ވެފައެވެ. ވިޔަފާރިކުރާނެ ފިހާރައެއް ނެތްއިރު ރަންގަޅު ކާނެ އެއްޗެއް ލިބޭނެގޮތެއް ނެތެވެ. ސިއްޙި ފަރުވާ ހޯދުމަށް ދާންހުރި ބޮޑަތި ގިނަ ހޮސްޕިޓަލްތަކަށް އިސްރާއިލް ސިފައިން ބޮން އެޅުމުގެ ސަބަބުން ވަނީ ސުންނާފަތިވެފައެވެ. މިއަދު ޣައްޒާގައި ސިއްހީފަރުވާ ފޯރުކޮށްދެވޭ ގޮތަށް ހުރީ ވަރަށް މަދު ތަނެކެވެ.

ދުނިޔޭގެ ސިއްޙަތާއި ބެހޭ ޖަމިއްޔާ ޑަބްލިޔުއެޗްއޯ ޑިރެކްޓަރ ޖެނެރަލް ވެސް ދާދިފަހުން ބުނެފައި ވަނީ ހައްދުފަހަޅައެޅި ޒަޔަނިސްޓް އިސްރާއިލްގެ ސިފައިން ޣައްޒާއަށް ދެމުން ގެންދާ ރަޙްމުކުޑަ ހަމަލާގެ ސަބަބުން ފަލަސްޠީނުގެ ޣައްޒާސިޓީގެ ބޮޑުބައެއް ވަނީ ސުންނާފަތިވެ، ޣައްޒާ ވަނީ މަރުގެ މައިދާނަކަށް ބަދަލުވެފައި ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ