ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ދިއްދޫ ރައްޔިތުންނާއި ބައްދަލު ކުރެއްވުން--ފޮޓޯ/ ރައީސް އޮފީސް
ހަބަރު
25 Feb 2024 | 13:11
މަޖިލީހުން ފާސްކުރި ބަޖެޓުގައި ހިނގަ ހިނގާ ހުންނަ މަޝްރޫއު ނިންމުމާ ގާތަށް ވެސް ފައިސާ ހިމަނާފައި ނެތް: ރައީސް

މި އަހަރަށް ލަފާކޮށް، ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީން ފާސްކޮށްފައި އޮތް ބަޖެޓުގައި ހިނގަ ހިނގާ ހުންނަ މަޝްރޫއުތަކަށް އެކަށީގެންވާ މިންވަރަށް ބަޖެޓުގައި ހިމަނާފައި ނުވާ ކަމަށް ވިދާޅުވެ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އުތުރުގެ ބައެއް ރަށްތަކަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގައި ދިއްދޫ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ، އިންތިގާލީ މަރުހަލާގައި ބަޖެޓުގައި އައު ސަރުކާރުން ހިމަނަން ބޭނުން ކަންކަން ހިމެނުމަށް ލިބުނީ ވަރަށް ކުޑަ ދުވަސްކޮޅެއް ކަން ފާހަގަކުރައްވާފައެވެ.

އަދި ބަޖެޓްގައި މި ސަރުކާރުން ހިމަނަން ފޮނުއްވި ކަންކަން، "އެމްޑީޕީ މެޖޯރިޓީ އޮންނަ މާލިއްޔަތު ކޮމިޓީން ފާސްކުރީ އެބޭފުޅުން ބޭނުން ގޮތެއް" ހަދާލާފައި ކަމަށް ރައީސް ވިދާޅުވިއެވެ.

"މީގެކުރިން ހިނގަ ހިނގާ ހުންނަ މަޝްރޫއު، ސޮއިކޮށްފައި ހުންނަ މަޝްރޫއުތަކަށް އަބަދުވެސް ބަޖެޓުގައި ހިމަނާނެ އެ މަޝްރޫއު ނިންމޭ ވަރަށް ފައިސާ. މި ފަހަރު އެބޭފުޅުން ފާސްކޮށްފައި އަޅުގަނޑުމެންނަށް ދިން ބަޖެޓުގައި އެކަން އޮތީ އެހެނެއް ނޫން. ހިނގަ ހިނގާ ހުންނަ މަޝްރޫއު ނިންމުމާ ގާތަށް ވެސް ނެތް ފައިސާ ހިމަނާފައި." 

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު 

މިއާއެކު ރައީސް ޑރ. މުއިއްޒު ވިދާޅުވީ އާއްމު ގޮތެއްގައި އަލަށް ފަށާ މަޝްރޫއުތަކަށް ގިނަ ފަހަރު ހުންނާނީ ކިރިޔަ ކިރިޔާ މަޝްރޫއުތައް ފެށޭ ވަރަށް ފައިސާ ހިމަނައިފައި ކަމަށާ، އެހެން ނަމަވެސް ހިނގަ ހިނގާ ހުރި މަޝްރޫޢުއެއް ނަމަ، އެކަމެއް ނިންމޭވަރަށް ފައިސާ ހިމަނާފައި ހުންނާނެ ކަމަށެވެ. 

"އެކަމަކު، ހިނގަ ހިނގާ މަޝްރޫއު ނިމޭ ވަރަށް، ކުރީ އަހަރު ފެށިފައި ހުރި މަޝްރޫއެއް ވިއްޔާ، މި އަހަރު މަޝްރޫއު ނިންމޭ ވަރަށް އެ ފައިސާ މީގެކުރީގައި ހިމަނާ. ނަމަވެސް އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮވެގެން އަޅުގަނޑުމެންގެ އެއްވެސް ބާރެއް ނުހިނގާ ރައްޔިތުންގެ މަޖިލިހުގެ ތެރެއިން ބަޖެޓު ހަދާފައި މިއޮތީ މި ދެންނެވީ މި ރަށުގައި އާއި ދެން ހުރި ރަށްރަށުގައި %15 ވަރަކަށް ޕަސަންޓު ވެސް ފައިސާ ނުދެވޭ ވަރަށް. ދެން ކިހިނެއްތޯ ހަދާނީ އަޅުގަނޑުމެން. މަޝްރޫޢު ފެށިފައި މިހާރު މި މަޑުޖެހެނީ. ފައިސާއެއް ނެތް. ދެން އަނެއްކާ އަންނަ އަހަރަށް މަޑު ކުރަންވީތޯ؟ އެހެން ހަދާފައި މިއޮތީ. މިއީ އަލަށް ރާއްޖޭގެ ބަޖެޓް ހެދުމުގެ ތާރީޚްގައި ކުރި ކަމެއް" 

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު 

އެހެންކަމުން، މަޖިލީހުގެ ތެރެއިން ކަންކަން ކުރަމުން އަންނަ ގޮތް ރައްޔިތުންނަށް އެނގެން އެމާނިކުފާނު ބޭނުންފުޅު ވާކަމަށާ، ރައްޔިތުން ހޮވާފައިވާ ސަރުކާރަށް މަޖިލީހުގެ ތެރެއިން ކުރަމުންދާ ދަތިތައް ރައްޔިތުންނަށް އެނގެން ބޭނުންވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ކައުންސިލް ތަކާއި ބައްދަލު ކުރުމުން، މަޝްރޫޢުތައް ލަހުން ހިނގާ ވާހަކަ އާއި މަޑުޖެހިފައި އޮންނަ ވާހަކަ ކައުންސިލް ތަކުން ފާހަގަކުރަނީ ބަޖެޓްގެ އެ ދަތި ކަމާއި އެކު، ހަގީގަތުގައި ވެސް އެހެން އެކަން ވެފައި އޮތުމުން ކަމަށެވެ. 

"މިސާލަކަށް މި ރަށުގެ މަގު ހެދުމުގެ މަޝްރޫއު ވަރަށް ލަސްކޮށް ހިނގަނީ. އެހެން ރަށެއްގައި މިއޮތީ ބަނދަރެއްގެ މަސައްކަތް ފެށިފައި، ހުއްޓިފައި، ނުވަތަ ކިރިޔަ ކިރިޔާ ކުޑަކޮށް މި ހިނގަނީ. އެ ހިނގަނީ އެހާ ލަސްކޮށް ކީއްވެގެން؟ ބަޖެޓުގައި މި ދެންނެވިހެން އޮންނަނީ ކުޑަކުޑަ އަދަދެއް ހިމަނާފައި. މިއީ ފެށިފައި އޮތް މަޝްރޫއެކޭ އެކަމަކު. އެ މަޝްރޫއަށް އެހާ މަދުން ފައިސާ ހިމެނީމަ އަޅުގަނޑުމެންނަށް ބިލްތައް ރެއިޒްކޮށް ޕީއޯ ހަދައިގެން ނޫނީ އެ އޮންނަ އުސޫލުން ފައިސާ ދެވޭނެ ގޮތެއް ނޯވޭ. ކުޑަކުޑަ އަދަދެއްގެ ފައިސާ ދެވޭ ނަމަ، މަޝްރޫއު ހިނގާނީ ކޮންޓްރެކްޓާސް ވެސް ލަހުން ނޫންތޯ؟ އެއީ ހަމަ ވިޔަފާރިއަށް އެމީހުން މަސައްކަތް ކުރާނީ."

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު 

މިއާއެކު ރައީސް ވަނީ އެ ތާށި ކަމާއިއެކުވެސް މަޝްރޫއުތައް މަޑުނުޖެހި ކުރިއަށް ގެންދެވޭނެ މަގުތައް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އަދި ކުރިއަށް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ބޯމަތީގައި އޮތް އިރު، އެފަދަ ކަން ކަނަޖީ ރައްޔިތުން ވިސްނަންޖެހޭ ކަންކަން ކަމަށާ ސަރުކާރާއި ރައްޔިތުންގެ ވިސްނުމާ އެއްގޮތަށް މަސައްކަތް ކުރާނެ ބަޔަކު މަޖިލިހަށް ހޮވަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ވިލުންތެރި ދައުލަތެއް ބިނާކުރެވޭނީ ނަޒާހަތްތެރިކަން އިތުރުކޮށްގެން
މުސްތަގުބަލުގެ ޖީލުތަކަށް ހަރުދަނާ ޑިމޮކްރަސީތަކާއި ދުޅަހެޔޮ އިޤުތިޞާދުތައް ކަށަވަރުކޮށްދެވޭނީ ނަޒާހަތްތެރިކަމާއި ޖަވާބުދާރީވުމާއި ދެފުށް ފެންނަ ގޮތްތަކާއި އީޖާދީ ވުނަކުރުންމަތީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
05 Aug 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އއ. އުކުޅަހަށް ވަޑައިގަންނަވައިފި
ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އއ. އުކުޅަހަށް މިއަދު ވަޑައިގަންނަވައިފިއެވެ.
05 Aug 2026
ހުއްދަނެތް އުފެއްދުންތައް ފިހާރަތަކުންވެސް ލިބެން ހުރޭ: އެމްއެފްޑީއޭ
ރާއްޖޭގައި މިހާތަނަށް 8000 އަށްވުރެ ގިނަ ފުޑް ސަޕްލިމަންޓް ލިސްޓުކޮށްފައިވާ ކަމަށާއި ހުއްދައެއް ނެތި ސަޕްލިމަންޓްތައް އިޝްތިހާރު ނުކޮށްވެސް ވިއްކަމުންދާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ