އެމްޑީޕީގެ ފަރާތުން މަޖިލިސް އިންތިހާބުގައި ވަދަކުރައްވާ ކެންޑިޑޭޓުން / ފޮޓޯ:އެމްޑީޕީ
ހަބަރު
25 Feb 2024 | 15:20
މަޖިލިސް އިންތިހާބަށް އެމްޑީޕީގެ ކެންޕެއިން ލޯންޗުކުރުން މާދަމާރޭ

ކުރިއަށް އޮތް 20 ވަނަ ރައްޔިތުން މަޖިލިހުގެ އިންތިހާބަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީގެ ކެންޕެއިން ރަސްމީކޮށް ލޯންޗުކުރުން މާދަމާރޭ އޮންނާނެކަމަށް އެޕާޓީން ބުނެފިއެވެ.

އެމްޑީޕީން ބުނެފައިވާ ގޮތުގައި އެޕާޓީގެ ފަރާތުން ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ކެންޕެއިން ލޯންޗުކުރުން އޮންނާނީ މާދަމާރޭ 20:30 ގައި އާރޓިފިޝަލް ބީޗުގައެވެ.

"މިސްރާބު ހަމަމަގަށް" މި ޝިޢާރުގެ ދަށުން މާދަމާ ބޭއްވޭ އެމްޑީޕީގެ މި ހާއްޞަ އިވެންޓުގައި ބައިވެރިވުމުގެ ފުރުޞަތު ދިވެހި އެންމެހައި ރައްޔިތުންނަށް އެޕާޓީން ވަނީ ހުޅުވާލައިފައެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިހާބަށް އެމްޑީޕީގެ ފަރާތުން ރަސްމީކޮށް ކެންޕެއިން ފެށުމުގެ ޖަލްސާ މާދަމާ ރޭ ބޭއްވުމަށް ހަމަޖެހިފައިވާއިރު، ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރުމަށް އީސީއަށް ފޯމް ހުށަހަޅާފައި ވަނީވެސް އެމްޑީޕީގެ ފަރާތުންނެވެ. އެގޮތުން އެމްޑީޕީގެ ފަރާތުން މިފަހަރުގެ އިންތިހާބުގައި 90 ކެންޑިޑޭޓުން ވާދަކުރުމަށް ފޯމް ހުށަހަޅާފައި ވެއެވެ.

އިލެކްޝަން ކޮމިޝަން، އީސީން ހާމަކޮށްފައިވާ ގޮތުގައި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި 368 ކެންޑިޑޭޓަކު ވާދަކުރާނެއެވެ. އެއީ 42 އަންހެނުންނާއި އަދި 326 ފިރިހެނުންނެވެ.

ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބު ބާއްވަން އިލެކްޝަން ކޮމިޝަނުން ކަނޑައަޅާފައި ވަނީ މިއަންނަ މަހުގެ 17 ވަނަ ދުވަހެވެ. ނަމަވެސް ރައްޔިތުންގެ މަޖިލިހުން މިހާރު ވަނީ ރޯދަ މަސް ނިމޭތާ 10 ދުވަސް ފަހުން އިންތިޚާބު ބާއްވަން ޖެހޭގޮތަށް ޤާނޫނު އިސްލާހުކޮށްފައެވެ. އިންތިހާބާއި ބެހޭ ޤާނޫނަށް މި ގެނައި އިސްލާހަށް އަމްލަކުރަން ޖެހޭނީ ރައީސުލްޖުމުހޫރިއްޔާ އެ އިސްލާހް ތަސްދީގު ކުރެއްވުމުންނެވެ. އަދި މިހާތަނަށް އެއިސްލާހް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤް ކުރައްވާފައެއް ނުވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.