ވައިކަރަދޫ ދާއިރާ އަށް ވާދަކުރައްވާ ޙުސައިން ޘަޤީފް
ހަބަރު
26 Feb 2024 | 11:10
ވޯޓު ވިއްކައިފި ނަމަ، އެއީ ޖީލެއް ހަލާކުކޮށްލުމަށް ދެވޭ ވޯޓެއް: ޘަޤީފް

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވޯޓު ވިއްކައިފި ނަމަ، އެއީ ޖީލެއް ހަލާކުކޮށްލުމަށް ދެވޭ ވޯޓެއް ކަމުގައި އަދާލަތު ޕާޓީގެ ޓިކެޓުގައި ވައިކަރަދޫ ދާއިރާ އަށް ވާދަކުރައްވާ ޙުސައިން ޘަޤީފް މިއަދު ވިދާޅުވެއްޖެއެވެ.

އަންނަ މަހުގެ 17 ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބާ ދިމާކޮށް ޕީއެސްއެމް ނިއުސް އިން ގެނެސްދޭ "މަޖިލިސް ބަހުސް 2024" ގައި ވާހަކަ ދައްކަވަމުން ޘަޤީފް ވިދާޅުވީ އިންތިހާބުތަކުގައި ވޯޓު ގަނެ، ވިއްކުން ހުއްޓުވޭނީ ރައްޔިތުންނަކީ ފުދުންތެރިކަން ހުރި ބަޔަކަށް ހަދައިގެން ކަމަށެވެ. ވޯޓު ވިއްކުމަކީ ކުށަކަށް ވިޔަސް، އެކަން ސާބިތު ކުރުމަކީ މި މުޖުތަމައުގައި ދަތިކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން އެކަން ކަން ފަސޭހަ އިން ސާބިތު ކުރެވޭނެ ގޮތަކަށް ގާނޫނު ބަދަލު ކުރަން ޖެހޭ ކަމަށާއި އޭނާއަކީ އަބަދުވެސް އެކަމާ ދެކޮޅަށް ވަކާލާތުކޮށް އަޑު އުފުލާ މީހެއް ކަމަށް ވެސް ޘަޤީފް ވިދާޅުވިއެވެ. އަދި އޭނާއަކީ ފާޅުގައި އެކަމާ ދެކޮޅު ހަދާ މީހެއް ކަމަށް ވެސް ޘަޤީފް ވިދާޅުވިއެވެ.

"އަޅުގަނޑަކީ އެކަމުގެ ރިކޯޑެއް ނެތް މީހެއް. އަޅުގަނޑުގެ ފަސްބައި ސާފު ވާނެ. އަޅުގަނޑު އަމާނާތްތެރިވާނަން. އަޅުގަނޑަށް ވޯޓެއް ދެއްވާ،" 

ޘަޤީފް ވިދާޅުވިއެވެ.

ޘަޤީފް ވިދާޅުވި ގޮތުގައި ތައުލީމީ ގާބިލް މީހުންނާއި ފަސްބައި ސާފު މީހުން އެކަހެރިކޮށް ނާގާބިލް މީހުން ކަންކަމަށް މަތިކޮށް އެމީހުންގެ ބާރު ހިންގާއިރު މިއަދު ވިސްނާ ނުލައި ވޯޓު ވިއްކާލައިފި ނަމަ، އެއީ އަނެއްކާ ވެސް ޖީލެއް ހަލާކުކޮށްލުމަށް ދެވޭ ވޯޓެކެވެ.

"އަޅުގަނޑު ނަޒާހަތްތެރިވާނަން. އަޅުގަނޑެއް ނުވިކޭނެ. އަޅުގަނޑަށް ވޯޓު ދޭނެ މީހެއް ވެސް ނުގަނެވޭނެ. ނުހައްގު މުއްސަނދިކަމެއް އަޅުގަނޑު ނުހޯދާނަން. އަޅުގަނޑު ނަޒާހަތްތެރިވާނެ ކަން އަޅުގަނޑު ދަންނަ ކޮންމެ މީހަކު ހެކިވާނެ،" 

ޘަޤީފް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.
25 Aug 2026
އިންޑިއާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޗައިނާގައި
ދެ ދުވަހުގެ މި ރަސްމީ ދަތުރުފުޅުގައި ދޯވާލް، ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ދެ ގައުމުގެ ޚާއްޞަ މަންދޫބުންގެ ފެންވަރުގައި ބާއްވާ ބޯޑަރު މަޝްވަރާތަކުގެ ތެރެއިންނެވެ
25 Aug 2026
އަވަށްޓެރި ގައުމުތަކަށް ދިން ޚާއްސަ އިނާޔަތްތަކާއެކު އިންޑިއާއަށް ބޭރުގެ އިތުރު އިންވެސްޓްމަންޓްތަކެއް
އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނާގޮތުގައި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްގެ ގޮތުގައި މިހާތަނަށް 511.5 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 48.95 ބިލިއަން އިންޑިއަން ރުޕީސްގެ ހުށަހެޅުން ލިބިފައިވާކަމަށެވެ.
25 Aug 2026
ޓެރަރިޒަމް ސްޕޮންސާ ކުރާ ޤައުމުތަކުގެ ލިސްޓުން ސީރިއާ އުނިކޮށްފި
އެމެރިކާއިން 1979 ވަނަ އަހަރުން ފެށިގެން ޓެރަރިޒަމަށް ހިތްވަރުދޭ ޤައުމުތަކުގެ ލިސްޓުގައި ސީރިއާ ހިމެނުމަށް ފަހު، އެ ޤައުމު ލިސްޓުން އުނިކޮށް އިންވެސްޓްމެންޓަށް ހުރި ބޮޑެތި ހުރަސްތައް ނައްތާލައިފިއެވެ.
25 Aug 2026
ރަސްމާލެއިން ހިއްކި ބިން ގަމަށް ވުރެ ބޮޑުވެއްޖެ
ރަސްމާލެ ބިން ހިއްކުމުގެ 62 އިންސައްތަ ނިމި، ޖުމްލަ 1,150 ހެކްޓަރުގެ ތެރެއިން 609 ހެކްޓަރަށް ވުރެ ބޮޑު ބައެއް ހިއްކައި ގަމަށް ވުރެ ބޮޑުވެފައިވާ ކަމަށް ހައުސިން ވުޒާރާއިން ހާމަކޮށްފިއެވެ.
24 Aug 2026
ބައްސާމް ވަގުތީގޮތުން ގެއަށް ބަދަލުކޮށްފި
ބައްސާމް ގެއަށް ބަދަލުކޮށްފައިވަނީ އޭނާގެ ސިއްހީ ހާލަތު ހުރިގޮތުން މެޑިކަލް ބޯޑުގެ ލަފާގެ މަތިން ވަގުތީ ގޮތުންނެވެ.
24 Aug 2026
ބޭރުފައިސާ މާރުކުރާ މިންވަރު ދެ ގުނަ އިތުރުކުރުމަކީ ތަހައްމަލުކުރެވޭނެ ކަމެއް ނޫން: މަޓީ
މަޓީން ބުނީ ކަޅު ބާޒާރަށް އޮތް ޕްރެޝަރަކީ ހަމައެކަނި ރިސޯޓް އޮޕަރޭޓަރުންގެ ސަބަބުން ކުރިމަތިވާ ކަމެއް ކަމަށް ބުނުމަކީ ޙަޤީޤަތާ ޚިލާފު ބޭއިންސާފެއް ކަމަށެވެ