ދީން ސިޔާސީ ހަތިޔާރަކަށް ހަދައި ވާހަކަ ދައްކަނީ އެންމެ ގިނައިން ރާވިއްކާ ފަރާތްތަކާ ގުޅިގެން: ރައީސް ނަޝީދު

14 Mar 2019 | 08:28

ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުމުގެ ހުއްދަ ދިނުމަށް ފެނިވަޑައި ނުގަންނަވާކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރޭ ތޮއްޑޫގައި ބޭއްވި ޖަލްސާއެއްގައި ދެއްކެވި ވާހަކަފުޅަކާއި ގުޅިގެން ބޮޑެތި ފާޑުކިޔުންތަކެއް ކުރިމަތިވެފައިވަނިކޮށެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކަން ހުއްދަ ދޭކަށް އެމަނިކުފާނަށް ފެނިވަޑައި ނުގަންނަވާ ކަމަށާއި އެފަދަ ވާހަކައެއް ނުދައްކަވާކަމަށެވެ.

"ހިތާމައަކީ ދީން ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށް، މި ވާހަކަ މިގޮތަށް ފަތުރަނީ ރާއްޖޭގައި އެންމެ ގިނައިން ރާ ވިއްކާ ފަރާތްތަކާއި ގުޅިގެންކަން"، ރައީސް ނަޝީދު އިތުރަށް ވިދާޅުވިއެވެ.

ތޮއްޑޫގައި ރޭ ބޭއްވި ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ "ބައެއް ހަޤީގަތްތަކެއް ހުރޭ ދުނިޔޭގައި، އެންމެ ގިނައިން ދުނިޔޭގައި ވިކޭ އެއްޗަކީ ސެންޓް. ދެން އެންމެ ގިނައިން ދުނިޔޭގައި ވިކޭ އެއްޗަކީ ޗޮކްލެޓާއި، ރަލާއި، ސިނގިރެޓް. އަޅުގަނޑުމެނަށް އެނގޭ މިއެއްޗެހިން ވިޔަފާރި ކުރީމާ އިންތިހާއަށް ފައިދާ ބޮޑުވާކަން، މުއްސަނދިވާކަން"، މިފަދައިންނެވެ.

Advertisement

ކޮމެންޓް