ހދ. ނޮޅިވަރަނަފަރުގައި ބޭއްވި ޖަލްސާގައި ރައީސް ވާހަކަ ދައްކަވަނީ -- ފޮޓޯ/ ރައީސް އޮފީސް
ހަބަރު
26 Feb 2024 | 10:02
ވަޒީރުންނަށް ރުހުން ނުދިނީ ބޭރުގެ ބަޔަކު މަޖުބޫރު ކޮށްގެން: ރައީސް މުޢިއްޒު

ރައްޔިތުންގެ މަޖިލީހުން މި ސަރުކާރުގެ ތިން ވަޒީރަކަށް ރުހުން ނުދިނީ ބޭރުގެ ބަޔަކު މަޖުބޫރުކޮށްގެން، އެނޫން އެހެން ގޮތެއް ނެތީގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރޭ ހދ. ނޮޅިވަރަންފަރުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ރިޔާސީ ނިޒާމަކުން، ރައްޔިތުން ވެރިޔަކު އިންތިޚާބު ކުރުމުން، އެ ވެރިމީހާ، ކެބިނެޓަށް ނަގާ މީހުންގެ ޝަރުތުތައް ހަމަވާނަމަ، އަބަދުވެސް ރުހުން ދޭ ކަމަށެވެ. މިހާތަނަށްވެސް ރާއްޖޭގައި ކަން ހިނގަމުން އައީ އެފަދައިން ކަމަށާ، ވަޒީރުންނަށް ނަތީޖާ ނުނެރެވޭ ނަމަ، ނޫނީ ޒިންމާދާރުކަން ކުޑަނަމަ ނުވަތަ އިތުބާރު ގެއްލިއްޖެ ނަމަ ސުވާލުކޮށް މަގާމުން ވަކިކުރެވޭ ކަމަށް ރައީސް ވިދާޅުވިއެވެ.

އެހެން ނަމަވެސް، އެ ފަދައިން ކަނޑ ނުކޮށް، ކެބިނެޓަށް އައްޔަން ކުރި ބައެއް ވަޒީރުންނަށް ރުހުން ނުދޭން، މަޖިލީހުގެ މެޖޯރިޓީ ޕާޓީ، އެމްޑީޕީން ނިންމި ކަމަށާ، އެ ޕާޓީން އެކަން ކުރީ ބޭރުގެ ބަޔަކު މަޖުބޫރު ކޮށްގެން ކަމަށް ރައީސް ތުހުމަތު ކުރެއްވި އެވެ. 

"އެހެން ނަމަވެސް އެއްވެސް އަސާސެއް ނެތި ނޫންތޯ އަޅުގަނޑުމެންގެ ބައެއް ވަޒީރުންނަށް ރުހުން ނުދިނީ. އެކަން ކުރަމުން ދިޔަގޮތް އަޅުގަނޑުމެންނަށްވެސް މަޢުލޫމަތު ލިބޭ. އެބޭފުޅުންގެ މައްޗަށް ބާރު ހިންގާ، ރާއްޖެއިން ބޭރުގެ ކޮންމެސް ބަޔަކު، އަމުރު ކުރާގޮތަށް، މަޖުބޫރުވެގެން، ތިމަންނަމެންނަށް ޖެހެއޭ ތިން، ހަތަރު ވަޒީރުންނަށް ރުހުން ނުދޭން. އެހެން އަޅުގަނޑުމެންގެ އެމްޕީ އިންކައިރީވެސް ބުނަމުންދިޔައީ. ތި އެންމެނަށް ނުދެވޭނެއޭ ރުހުމެއް. 'ތިމަންނަމެން ކޮންމެހެންވެސް ޖެހެއޭ ދެތިން މީހުން ދުއްވާލަން.' ހަމަ އެ ލޭންގުއޭޖް ބޭނުން ކުރެއްވީ (އެމްޑީޕީ މެންބަރުން)"

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު 

މީގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވީ، ކޮންމެ ބަޔަކު މަޖިލީހަށް އިންތިޚާބު ކުރި ނަމަވެސް، ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދިނުމަށް ސަރުކާރަށް އެއްބާރުލުން ދޭންޖެހޭނެކަމަށާ އެހެން ނަމަވެސް އެގޮތަށް އެކަން ނުވާ ކަމަށެވެ. 

މިވޭތުވެދިޔަ ތިން މަހަށް ބަލާލިޔަސް އެއޮތީ ފެންނަން އެތައް މިސާލެއް. ބަޖެޓުގެ ވާހަކަ މިދައްކަނީ. އަޅުގަނޑުމެންނަށް ނަމެއްގައި ފުރުސަތު ދިނީ. ހަމަ ރަނގަޅަށް އެނގޭ ނޫންތޯ؟ މިއީ އާ ސަރުކާރެއްކަން. އެހެންވީމާ ފުރުސަތު ދޭންޖެހޭނީ އަޅުގަނޑުމެންނަށް ކަން. އެކަމަކު ނުދީ، ހިނގަހިނގާ ހުންނަ މަޝްރޫޢުތަކަށް ފުލް ބަޖެޓް ނުދިނީ އަޅުގަނޑުމެންނަށް އުނދަގޫ ކުރަން. 

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު 

ރައީސް ވިދާޅުވީ، އެފަދައިން ބަޖެޓަށް ހެދުމުން އެކަމުގެ ހުރިހާ ގެއްލުމެއްވެސް ލިބެނީ ރައްޔިތުންނަށް ކަމަށެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ 22 ވަޒީރުންނަށް ރުހުންދޭން ދައުރުން ބޭރުން މިދިޔަ މަހު 29 ގައި ބޭއްވި ޖަލްސާގައި ތިން ވަޒީރަކަށް އިދިކޮޅު އެމްޑީޕީ އާއި، އެޕާޓީ އާއިއެކު މަޖިލިސް ތެރެއިން ކޯލިޝަން ހެދި ޑިމޮކްރެޓްސް އިން ވަނީ ރުހުން ނުދެއެވެ. 

އެއީ؛

ބަންޑާރަނައިބު އަހުމަދު އުޝާމް

ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

އެހެން ނަމަވެސް، ރައީސް މުޢިއްޒު ވަނީ ރުހުން ނުލިބުނު ވަޒީރުން ހަމަ އެ މަގާމުތަކަށް އަލުން އައްޔަންކުރައްވައި، ހުވާ ލައިދެއްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.