މާލެސިޓީ ކައުންސިލްގެ މަދަހަ މުބާރާތުގެ ތެރެއިން-- ފޮޓޯ/ މާލެސިޓީ ކައުންސިލް
ހަބަރު
26 Feb 2024 | 14:28
މާލެ ސިޓީ ކައުންސިލްގެ ގުރުއާން އަދި މަދަހަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

މާލެ ސިޓީ ކައުންސިލުން ރޯދަ މަހު ބާއްވަމުން އަންނަ ގުރުއާން މުބާރާތާއި މަދަހަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފިއެވެ.

މާލޭ ސިޓީ ކައުންސިލުގެ އިއުލާންގައި ވާގޮތުން މި ދެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން އަންނަ މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށެވެ.

އަދި މުބާރާތުގައި ބައިވެރިވުމަށް https://quranmadhaha.malecity.gov.mv/ ލިންކުން އެޕްލިކޭޝަން ހުށަހެޅޭނެ އެވެ.

މި ދޭ މުބާރާތުގެ ތެރެއިން، ގުރުއާން މުބާރާތުގައި ހިމެނެނީ ދެ ބައެކެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮތްޕާއި ނުބަލައި ކިޔެވުމުގެ ގޮތްޕެވެ.

ކޮންމެ ގޮތްޕެއްގައި، ހަ އަހަރުން ދަށާއި، ނުވަ އަހަރުން ދަށާއި، 11 އަހަރުން ދަށާއި، 13 އަހަރުން ދަށާއި، 16 އަހަރުން ދަށާއި 19 އަހަރުން ދަށުގެ އުމުރުފުރާއިން ވާދަކުރެވެއެވެ. 

ގުރުއާން މުބާރާތުގެ އުމުރުފުރާއަށް ކަނޑައަޅާފައިވާ އިނާމު:

1 ވަނަ: ޓްރޮފީ އާއި ސެޓްފިކެޓް އަދި 8000ރ.

2 ވަނަ: ޓްރޮފީ އާއި ސެޓްފިކެޓް އަދި 6000ރ.

3 ވަނަ: ޓްރޮފީ އާއި ސެޓްފިކެޓް އަދި 4000ރ.

މުޅި މުބާރާތުން ވަނަވަނަ އަށް ކަނޑައެޅިފައިވާ އިނާމުތަކަކީ:

1 ވަނަ: ޓްރޮފީ އާއި ސެޓްފިކެޓްގެ އިތުރުން 25،000ރ.

2 ވަނަ: ޓްރޮފީ އާއި ސެޓްފިކެޓްގެ އިތުރުން 15،000ރ.

3 ވަނަ: ޓްރޮފީ އާއި ސެޓްފިކެޓްގެ އިތުރުން 10،000ރ.

މަދަހަ މުބާރާތުގެ ކޮންމެ އުމުރުފުރާއަކަށް ކަނޑައަޅާފައިވާ އިނާމުތަކަކީ:

1 ވަނަ: ޓްރޮފީ އާއި ސެޓްފިކެޓްގެ އިތުރުން 7000ރ.

2 ވަނަ: ޓްރޮފީ އާއި ސެޓްފިކެޓްގެ އިތުރުން 5000ރ.

3 ވަނަ: ޓްރޮފީ އާއި ސެޓްފިކެޓްގެ އިތުރުން 3000ރ.

މުޅި މުބާރާތުން ވަނަވަނަ އަށް ކަނޑައެޅިފައިވާ އިނާމުތަކަކީ:

1 ވަނަ: ޓްރޮފީ އާއި ސެޓްފިކެޓްގެ އިތުރުން 10،000ރ.

2 ވަނަ: ޓްރޮފީ އާއި ސެޓްފިކެޓްގެ އިތުރުން 7000ރ.

3 ވަނަ: ޓްރޮފީ އާއި ސެޓްފިކެޓްގެ އިތުރުން 5000ރ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.