ކެނދިކުޅޫދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ
ހަބަރު
26 Feb 2024 | 16:09
އެމްޑީޕީ މި ނިކުތީ ފާލުން ނައްޓާފައިވާ ސަރުކާރު ހަމަމަގަށް އަޅުވަން: އީސަ

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީން އަނެއްކާވެސް މި ނިކުތީ ފާލުން ނައްޓާފައިވާ ސަރުކާރެއް ހަމަ މަގަށް އަޅުވަންކަމަށް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް އެޕާޓީން ކަނޑައެޅުއްވި ތަރުޖަމާނު ކެނދިކުޅޫދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ވިދާޅުވެއްޖެއެވެ.  

އީސަ މިފަދައިން ވިދާޅުވެފައިވަނީ ތަރުޖަމާނުކަމުގެ ހައިސިއްޔަތުން ފުރަތަމަ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއަދު ވާހަކަ ދައްކަވަމުންނެވެ.

މިއަދުގެ މި ނޫސްވެރިންގެ ބައްދަލުވުމުގައި އީސަ ވިދާޅުވީ މި ސަރުކާރަށް މިވީ ކުރު މުއްދަތުގެ ތެރޭގައި ޑިމޮކްރަސީ އާއި ބީރައްޓެހި ވަރަށް ގިނަ ކަންތައްތަކެއް މި ސަރުކާރު ކޮށްފައިވާ ކަމަށާއި އަދި މިހާރުވެސް ކުރަމުންދާކަމަށެވެ.

އެގޮތުން އޭނާ ފާހަގަކުރެއްވީ މިސަރުކާރުން މަޖިލިހުގެ ބާރުތަކަށް އިހުތިރާމްކުރުން ހުއްޓާލާފައިވާ ކަމަށާއި، މަޖިލިހުގެ ނިންމުންތަކަށް ގޮންޖައްސަވަމުންދާ ކަމަށެވެ. އަދި މަޖިލިހުން ފާސްކުރާ ބިލްތައް ގާނޫނަށް ވިޔަނުދީ ހިފަހައްޓަވާ، މަޖިލިހުގެ ކޮންމެ ނިންމުމެއް ހިއްޕަވައިގެން ކޯޓްތަކަށް ވަޑައިގަންނަވަން ފައްޓަވާފައިވާކަމަށެވެ.

ހަމަ މިއާއިއެކު އީސަ ވިދާޅުވީ މިއިން ދުވަހަކު ސަރުކާރަކުން އިންތިހާބަކަށް ނުފޫޒު ނުފޯރުވާ މިންވަރަށް މި ސަރުކާރުން ކުރިއަށް އޮތް މަޖިލިސް އިންތިހާބު ކާމިޔާބު ކުރުމަށް ނުފޫޒު ފޯރުވަމުންދާ ކަމަށެވެ. އެގޮތުން ދައުލަތުގެ ވަޒީރުންގެ އިތުރުން ކުންފުނިތަކުގެ އެމްޑީންވެސް މިކަންތަކުގައި އިސްދައުރެއް އަދާކުރައްވަމުންދާ ކަމަށެވެ.

"އަޅުގަނޑުމެން މިފަހަރު އަނެއްކާވެސް މިނިކުތީ ފާލުން ނައްޓާފައި އޮތް ސަރުކާރު, ދައުލަތް ހަމަމަގަށް އަޅުވަން އަޅުގަނޑުމެން ނިކުމެ މިތިބީ" 

މަޖިލިހުގެ އިންތިޚާބަށް އެމްޑީޕީން ކަނޑައެޅުއްވި ތަރުޖަމާނު ކެނދިކުޅޫދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ވިދާޅުވިއެވެ. 

އީސަ އިތުރަށް ވިދާޅުވީ މި ސަރުކާރުން އިތުރަށް ގާނޫނު އަސާސީއަށް ގޮންޖަހަން ފުރުޞަތު ނުދެއްވާނެ ކަމަށާއި، ރައްޔިތުންގެ ހައްގުތަކަށް އަރައިގަންނަންވެސް ފުރުޞަތު ނުދެއްވާނެކަމަށެވެ. އަދި ކުރިއަށް އޮތް މަޖިލިސް އިންތިހާބު ބޮޑުތަނުން އެމްޑީޕީން ކާމިޔާބު ކުރާނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
14 Sep 2026
ޓީޓީ ހެއްދުމުގައި ބައެއް ވިޔަފާރިތަކުން މަކަރުހަދާ މައްސަލަތަކެއް
އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ފައިސާ ދައްކާތާ އަހަރު ދުވަސް ވާއިރުވެސް ބައެއް މުދާ ރާއްޖެ ނާންނަކަން ފާހަގަކުރެވޭ
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
14 Sep 2026
ޕީޖީ ޗައިނާއަށް ވަޑައިގެން އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓޮރިއެޓްގެ ދައުވަތަކަށް ޕީޖީ ޢައްބާސް ޝަރީފް ބެއިޖިންގަށް ވަޑައިގެން، ދެ އިދާރާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.