މާރިޔާ ދީދީ އިންޑިއާގައި
ހަބަރު
26 Feb 2024 | 17:24
އިސްރާއީލުގެ އެމްބެސެޑަރާއެކު ދުނިޔޭގެ ސުލްހައިގެ ވާހަކަދައްކައިގެން މާރިޔާދިދީ މިކުރެއްވީ މަލާމާތެއްނޫންތަ؟

ފަލަސްތީނު ރައްޔިތުންގެ ގަތުލު އާއްމުތައް ހިންގައި ބަނޑަށް ޖައްސައި މަރަމުންދާ ހައްދު ފަހަނައަޅައިފައިވާ އިސްރާއީލުން އިންޑިއާއަށް ކަނޑައަޅާފައިވާ އެމްބެސެޑަރު ބައިވެރިވެވަޑައިގެން ސުލްހައާއި އަމާންކަމަމުގެ މައްޗަށް ވާހަކަދެއްކި ފޯރަމެއްގައި ރާއްޖޭގެ ކުރީގެ އެމްޑީޕީ ސަރުކާރުގެ ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވައިފިއެވެ.

މިފޯރަމަކީ ހަނގުރާމައިގެ ދުވަސްތަކެއް ނޫންކަމާއި އިންޑިއާއަކީ ދުނިޔޭގެ ސުލްހައަށް މަސައްކަތްކުރާ ގައުމެއް ކަމަށް ކަނޑައެޅިފައި އޮތް މައުޟޫއަކަށް ވާހަކަ ދެކެވުނު ފޯރަމެކެވެ.

މިފޯރަމްގައި ބައިވެރިވި އިސްރާއީލުގެ އެމްބެސެޑަރ ނައޯރގިލޯންއަކީ އިންޑިއާގެ އިތުރަށް ސްރީލަންކާއާއި ބޫޓާނަަށްވެސް އިސްރާއީލުން ކަނޑައަޅާފައި ހުންނަ އެމްބެސެޑަރެވެ.

މާރިޔާ ދީދީގެ އިތުރަށް ދެން މި ފޯރަމްގައި ވާހަކަދެއްކީ އިންޑިއާއިން އދއަށް ކަނޑއަޅާފައި ހުންނަ ކުރީގެ ޕާމަނަންޓް ރެޕްރެޒެންޓެޓިވްއެވެ.

މިފޯރަމްގައި މާރިޔާދީދީ ދެއްކެވީ ކޮން ވާހަކައެއް ކަމެއް އަދި ރަނގަޅަކަށް ނޭނގެއެވެ.

އެކަމަކު މައުޟޫއަށް ބަލާނަމަ އޭނަގެ ވާހަކަ ބިނާކޮށްފައި އޮންނާނީ އިންޑިއާއަކީ މިސަރަހައްދުގެ ސުލްހަ މަސަލަސްކަމަށް ލޯބިކުރާ ގައުމެއްކަމަށް ދެއްކުމަށެވެ.

ހައިރާންވާންޖެހޭ ކަމަކީ އިންޑިއާގެ މަސްލަހަތުގެ މައްޗަށް މާރިޔާ ވާހަކަ ދެއްކުމެއް ނޫނެވެ. އެކަމަކު މުޅި ދުނިޔޭގެ ކުރިމަތީގައި ފަލަސްތީނުގެ ރައްޔިތުން މަރައި ޣައްޒާގެ ބިން މުސްލިމުންގެ ލެއިން ކަޅިކުރަމުންދާ އަދި ދުނިޔޭގެ ހުރިހައި ގާނޫނެއް މުގުރަމުންދާ ޖައްބާރު އެޕަތައިޑް ދައުލަތެއް ތަމްސީލުކުރާ މީހަކާއެކު ދުނިޔޭގެ ސުލްހައޭ އަމާންކަމޭ ހަނގުރާމައެއް ނޫނޭ ކިޔައިގެން އަނގަހުޅުވާލަން ކެރިވަޑައިގެންނެވީތީއެވެ.

އެމެރިކާ ފިޔަވައި ދުނިޔޭގެ ހުރިހާ ގައުމަކުންނާއި އދގެ  ޖަމްއިއްޔާ ޖަމާއަތްތަކުންނާއި ބައިނަލް އަގުވާމީ ކޯޓުން އިސްރާއީލުގެ އަނިޔާވެރިކަމާއި ގަތުލުއާއްމުގެ ވާހަކަ ދައްކަދައްކައި އޮއްވައި އިންޑިއާއިން އެގައުމުގެ ބުރުސޫރަ ދައްކުވަން އިސްރާއީލުގެ ވެރިޔަކު ކުރިއަށް ނެރުމަކީ މުސްލިމުންގެ މޫނުމަތީގައި ޖެހި އެތިފަހަރެކެވެ. މިފޯރަމްގައި މާރިޔާ ދިދީ ބައިވެރިވެވަޑައިގެންނެވުމަކީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ކުރި ފުރައްސާރައެކެވެ. މަލާމާތެކެވެ.

މާރިޔާ ދީދީ އިންޑިއާއަށް ވަޑައިގެން މިއުޅުއްވަނީ "ފަސްޓްޕޯސްޓް ޑިފެންސް ސަމިޓް" ކިޔާ ސަމިޓެއްގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާއިން ދިން ދައުވަތަކަށެވެ.

މިސަމިޓްގައި ވާހަކަފުޅު ދައްކަވަމުން ރާއްޖޭގެ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒަކީ ތަސައްރަފް ނުފުދޭ ބޭފުޅެއްކަމަށް ވިދާޅުވިކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައި ވެއެވެ. އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަކީ ރާއްޖޭގެ އިސްގުލާލަށް އެއްވެސް ބުރުލެއް އަރާނެ ކަމެއް ނޫންކަމަށް އޭނަ ވިދާޅުވިކަމަށްވެސް ނޫންތަކުން ބުނެފައިވެއެވެ. މުއިއްޒަކީ އެހެން މީހެއްގެ ހިޔަނީގައި މަސައްކަތްކުރައްވާ ބޭފުޅެއްކަމަށްވެސް ވިދާޅުވެފައިވެއެވެ.

އިންޑިއާ ސިފައިން ރާއްޖޭގައި ތިބީ އެމްޑޯޕީގެ ވެރިކަމުގައި ދިވެހިސަރުކާރުން އެދިގެން އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށްކަމަށްވެސް ވިދާޅުވެފައިވެއެވެ.

އޭނަގެ ވާހަކައިގައި އިންޑިއާއާއެކު އެމްޑީޕީ ސަރުކާރުން ގެންގުޅުނު ސިޔާސަތުތައް ދިފާއުކުރައްވައި ރައީސް ޑޮކްޓަރ މުއިއްޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވެއެވެ. ދިވެހިރާއްޖޭގެ އިގްތިސާދު އޮތީ ވަރަށް ނިކަމެތި ހާލެއްގައިކަމަށްވެސް ވިދާޅުވެފައިވެއެވެ.

ކޮމެންޓް
ޝަރީފް
އެއީ ހެސްކިޔާފަ ޞިލްޙަޔަށް ލޯބިކުރާ ކުދިން ކޮޅެއް.
26 Feb 2024
އިބްރާހމް
ރައީސް ސޯލިޙް އައު ދައުރަކަށް ނުހޮވުމުގެ އެއް އަސްލަކީ މާރިޔާގެ އަމަލުތަކާއި، ބަސްމަގު.
03 Mar 2024
ގުޅޭ ލިޔުންތައް
10 Aug 2026
ގޯލެއް ފާހަގަކުރަން އުޅުމުގެ ތެރޭ ކުޅުންތެރިއަކު ޓަނަލްއެއްގެ ތެރެއަށް ވެއްޓިއްޖެ
ހާދިސާ ހިނގާފައިވަނީ ހޮނިހިރު ދުވަހު ކޮރިޓީބާގެ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައެވެ. ޖޭސީ ގޯލެއް ޖެހުމަށްފަހު، އުފާފާޅުކުރުމަށްޓަކައި ދަނޑު އަރިމަތީގައި ހުރި އިޝްތިހާރު ބޯޑުތަކުގެ މަތިން ފުންމާލި ވަގުތު އޭނާ ވެއްޓުނީ ހާފް-ޓައިމްއަށް ތައްޔާރުވުމުގެ ގޮތުން ހުޅުވާފައި އޮތް ޓަނަލެއްގެ ތެރެއަށެވެ.
10 Aug 2026
ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ޒަމާނީ ހައްލެއް؛ ”މައި ކެރިއަރ ޕޯޓަލް“ އިފްތިތާޙުކޮށްފި
ވަޒީފާ ހޯދާ ފަރާތްތަކާއި ވަޒީފާ ދޭ ފަރާތްތައް އަދި ކެރިއަރ އެޑްވައިޒަރުން އެއް ޕްލެޓްފޯމަކުން ގުޅުވައިލުމަށް ފަރުމާކޮށްފައިވާ މައި ކެރިއަރ ޕޯޓަލް މިއަދު ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.
10 Aug 2026
އުތީމު ޚާއްސަވަނީ ކީއްވެ؟
ރަށްތަކުގެ ތެރެއިން ވަކިރަށެއް ޚާއްސަވަނީ ނުވަތަ ޙާއްސަކުރަނީ އެ ރަށަކާ ގުޅިފައިވާ ސިފައެއް ނުވަތަ ސިފަތަކެއްގެ ސަބަބުންނެވެ. މިދެންނެވި ގުދުރަތީ ގޮތުން އެރަށަށް ލިބިފައިވާ ސިފަތަކެއްގެ ވާހަކައެވެ. މިސާލަކަށް ބަނދަރު ފަސޭހަ ރަށަކަށް ވުމުން ދަތުވެރިން އެރަށަކީ ޚާއްސަ ގޮތެއްގައި ފާހަގަ ކުރާ ރަށަކަށް ވެދާނެއެވެ.
10 Aug 2026
ނަތަންޔާހޫގެ އަނބިމީހާ، ބަޔަކަށް އަނިޔާކުރި މައްސަލަތަކެއް ކޯޓަށް
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ރަސްމީ ގޭގައި މަސައްކަތްކުރި ކުރީގެ މުވައްޒަފުންތަކަކަށް، އޭނާގެ އަނބިމީހާ ސާރާ ނަތަންޔާހޫ އަނިޔާކޮށް ފުރައްސާރަކުރި މައްސަލަތަކެއް ފެންމަތިކޮށްފިއެވެ. މި މައްސަލަތައް މިހާރު ވަނީ ކޯޓަށްވެސް ހުށަހަޅާފައެވެ.
10 Aug 2026
ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
މޫސުމާބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ހުދު ސަމާލު ނެރެފައިވަނީ ނ އަތޮޅުން ލ އަތޮޅަށެވެ.
10 Aug 2026
އަހަރެމެންނަށް އަވި ބޭނުންވަނީ ކިހާމިންވަރަކަށް؟
ނަމަވެސް، ފަހުގެ ދިރާސާތަކުން ދައްކާގޮތުގައި "މެދުމިނުގެ" މިންވަރަކަށް އަވީގައި އުޅުމަކީ ނަފްސާނީ ދުޅަހެޔޮކަމަށާއި، ވިޓަމިން-ޑީ ލެވެލް މަތިކުރުމަށާއި، ދިފާއީ ނިޒާމު ވަރުގަދަކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ. އެހެންކަމުން ރާއްޖެ ފަދަ އަވިގަދަ ގައުމެއްގައި، އަވީގެ ނުރައްކަލުން ސަލާމަތްވެ ހުރެ، އޭގެ ފައިދާ އެންމެ ފުރިހަމައަށް ހޯދޭނީ ކިހިނެއްތޯ ބަލާލުމަކީ މުހިންމު ކަމެކެވެ.
10 Aug 2026
އެމެރިކާގެ ސުލްހައިގެ ޕްލޭން އިސްރާއީލުން ގަބޫލެއް ނުކުރި
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޣައްޒާއަށް ހުށަހެޅި 15 ނުކުތާގެ ސުލްހައިގެ ޕްލޭން ގަބޫލުނުކުރާނެކަން އިިއުލާންކޮށްފިއެވެ.
09 Aug 2026
ދީނީ އިލްމުވެރިންގެ އަހަރީ ބައްދަލުވުން މި މަހު 14 އަދި 15 ގައި
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ޕްރޮގްރާމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލުމަށް ހަމަޖެހިފައިވަނީ، "21 ވަނަ ޤަރުނުގައި އިސްލާމީ ދަޢުވަތު" މި ތީމްގެ މައްޗަށެވެ.