ހަސަން ލަތީފް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ހަބަރު
26 Feb 2024 | 17:07
މަޖިލީހުގެ ޖަލްސާތައް ނުބާއްވައި ތިބުން ބަލައެއް ނުގަނެވޭ، ޖަލްސާތައް ބާއްވަންޖެހޭ: ހަސަން ލަތީފް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ނުބާއްވައި ތިބުން ބަލައި ނުގަނެވޭ ކަމަށް ޑިމޮކްރެޓްސް ޕާޓީގެ ރައީސް އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

 މިއަދުގެ ޖަލްސާ ނުބޭއްވި މައްސަލައިގައި ކަންބޮޑުވުން ފާޅު ކުރައްވަމުން ހަސަން ލަތީފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތީން ޖަލްސާތައް ބާއްވަންޖެހޭ ކަމަށާއި، މަޖިލީހުގެ ޖަލްސާތައް ނުބޭއްވުމަށް ޕީޖީ ލީޑަރުންނަކަށް މަޖިލީހުގެ ރައީސަށް ލަފައެއް ނުދެއްވޭނެ ކަމަށެވެ. 

"މަޖިލީހުގެ ޖަލްސާތައް ނުބާއްވައި ތިއްބެވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތީން ޖަލްސާތައް ބާއްވަންޖެހޭ. ޖަލްސާތައް ނުބާއްވަން ޕީޖީ ލީޑަރުން މ. ރައީސަށް ލަފައެއް ނުދެއްވޭނެ. މަޖިލީހުން ނިންމާންޖެހޭ އެތައް ބައިވަރު މަސައްކަތެއް އެބަހުރި."

ހަސަން ލަތީފް ވިދާޅުވިއެވެ.

ހަސަން ލަތީފް މިފަދައިން ވިދާޅުވެފައިވާއިރު، ޑިމޮކްރެޓްސް ޕާޓީގެ ޕީޖީ ލީޑަރު އަލީ އާޒިމް ވެސް ވަނީ ވަކި ސަބަބެއް އެންގުމެއް ނެތި މި ގޮތަށް ޖަލްސާތައް ކެންސަލް ކުރުން ބަލައިނުގެނެވޭ ކަމަށް ވިދާޅުވެ އެ މައްސަލާގައި ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. 

މެމްބަރުން މިފަދައިން ކަންބޮޑުވުން ފާޅުކުރައްވައިފައި ވާއިރު، މިދިޔަ ބުދަ ދުވަހު މިދިޔަ ހަފުތާގެ ފަހު ޖަލްސާ ނިންމާލައްވަމުން، މަޖިލިހުގެ ރިޔާސަތުން ނައިބު ރައީސް އަހުމަދު ސަލީމް ވަނީ އާންމު އުސޫލާ އެއްގޮތަށް މި ހަފުތާގެ ފުރަތަމަ ޖަލްސާ މިއަދު ބާއްވާނެ ކަމަށް  އިއުލާން ކުރައްވާފައެވެ. ނަމަވެސް އެ ޖަލްސާ މަޖިލީހުގެ ރިޔާސަތުން ތާވަލު ކޮށްފައެވެ ނުވެއެވެ. ޖަލްސާ ނޯންނާނެ ކަން މަޖިލިހުގެ އިދާރާ އިން ކަށަވަރު ކޮށްދިނަސް އެކަމުގެ ސަބަބު ހާމަ ކޮށްފައެއް ނުވެއެވެ.

ޖަލްސާގެ އިތުރުން، މިއަދަށް ތާވަލްކުރި މަޖިލީހުގެ ޕެޓިޝަން ކޮމިޓީގެ ބައްދަލުވުން ވެސް ވަނީ ކެންސަލް ކޮށްފަ އެވެ.

މަޖިލީހުގެ ގަވައިދުގައިވާ ގޮތުން ކޮންމެ ހަފުތާއަކު ތިން ޖަލްސާއެއް ބާއްވަން ޖެހެ އެވެ. ޖަލްސާތަކުގެ އެޖެންޑާ ކަނޑައަޅުއްވާނީ މަޖިލީހުގެ ރައީސެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.