ކާނި ގަހުގައު ހުޅު ޖެހުމުގެ ކުރިންނާއި ފަހުން ހުރި ގޮތް-- ފޮޓޯ: އަދަދު
ހަބަރު
28 Feb 2024 | 12:39
ބާރަށުގައި، ބޮޑުތަކުރުފާނާއި ގުޅުންހުރި 400 އަށް ވުރެ ގިނަ އަހަރުވީ ތާރީޚީ ކާނި ގަހުގައި ބަޔަކު ރޯކޮށްލައިފި!

ތިލަދުންމަތީ ބާރަށުގައި ބޮޑުތަކުރުފާނާއި ގުޅުންހުރި 400 އަށް ވުރެ ގިނަ އަހަރުވީ ތާރީޚީ ކާނި ގަހުގައި ބަޔަކު ރޯކޮށްލައިފިއެވެ.

ރޭގެ ވަގުތެއްގައި ރޯކޮށްލި މި ގަހަކީ، އެރަށުގެ އީދުކުޅޭ މަގުގައި، ކަޅުއޮށްފުންމި އަލަށް ބަންނަވައިގެން ރިޔާ ފައްސަވަން ބޮޑުތަކުރުފާނު ޖެއްސެވި ކަމަށް ބުނާ ކާނި ކަޑައިން ހެދި ބޮޑުވެފައި ހުރި 400 އަހަރަށްވުރެ ގިނަ ދުވަސްވީ ބިޔަ ކާނިގަހެކެވެ.

ސޯޝަލް މީޑިއާގައި އާންމު ވަމުންދާ އެ ގަހުގެ ފޮޓޯތަކުން، ގަސް އެއްކޮށް އަނދާފައިވާ ތަން ފެނެއެވެ. ގަސް ރޯކޮށްލުމަށް މެދުވެރި ސަބަބެއް އަދި ރޯކޮށްލި ބައެއް މިހާތަނަށް އެނގިފައެއް ނުވެއެވެ.

މިކަމާއި ގުޅިގެން ސަރުކާރުގެ އިސްވެރީންނާއި އާއްމުންވެސް އަންނަނީ ކަންބޮޑުވުންފާޅު ކުރަމުންނެވެ. މިގޮތުން މިނިސްޓަރ އޮފް ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފް އުމަރުވެސް ވަނީ މިއީ ވަރަށް ހިތާމަ ހުރި ކަމެއް ކަން ފާހަގަކުރައްވާ، ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި ރާއްޖޭގައި ހުރި މިފަދަ ތާރީހީ ތަކެއްޗަށް ގެއްލުންދޭ މައްސަލަ ތަހުގީގު ކުރުމަށްވެސް އެބޭފުޅާ ވަނީ ގޮވާލައްވާފައެވެ.

"މިއީ ވަރަށް ހިތާމަހުރި، އަޅުގަނޑު ކަންބޮޑުވާ ކަމެއް. ރާއްޖޭގައި ހުރި ތާރީހީ އަދި އާސާރީ މިފަދަ ތަކެއްޗަށް ގެއްލުންދޭ މައްސަލަ ޖިނާއީ މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަންޖެހޭ،"

މިނިސްޓަރު ވިދާޅުވިއެވެ.

އޭގެ އިތުރުންވެސް، ދިވެހި ގައުމީ ދުވަހުގެ ބަތަލު، ބޮޑުތަކުރުފާނާއި އެތަކުރުފާނުގެ ގައުމީ ޖިހާދުގެ ހަނދާންތަކާއި ގުޅިފައިވާ ތަރިކައިގައި ރޯކޮށްލުމަކީ އަގު ނުކުރެވޭނެ ފަދަ ގެއްލުމެއް ކަމަށާއި، މިކަން ކުރި ބަޔަކަށް ހައްގު އަދަބު ދިނުމަށް ވެސް ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ.

ދިވެހިންގެ ތާރީހާއި މިނިވަންކަމާއި އެންމެ ބޮޑަށް ގުޅިފައިވާ އެއްއޮޑި ކަމަށްވާ ކަޅުއޮށްފުންމިއަކީ، ޕޯޗުގީޒުންގެ ވަކިތަކުން ރާއްޖެ ސަލާމަތްކުރެއްވުމަށްޓަކައި އުތީމު މަހާރަދުންނާއި ހިއްވަރުގަދަ ހަނގުރާމަވެރިން ބޭނުންކުރެއްވި އޮޑިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
14 Sep 2026
ޓީޓީ ހެއްދުމުގައި ބައެއް ވިޔަފާރިތަކުން މަކަރުހަދާ މައްސަލަތަކެއް
އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ފައިސާ ދައްކާތާ އަހަރު ދުވަސް ވާއިރުވެސް ބައެއް މުދާ ރާއްޖެ ނާންނަކަން ފާހަގަކުރެވޭ
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
14 Sep 2026
ޕީޖީ ޗައިނާއަށް ވަޑައިގެން އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓޮރިއެޓްގެ ދައުވަތަކަށް ޕީޖީ ޢައްބާސް ޝަރީފް ބެއިޖިންގަށް ވަޑައިގެން، ދެ އިދާރާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
14 Sep 2026
ބްރިކްސް ސަމިޓް؛ ގައުމުތަކުގެ ވެރިންނާއެކު މޯދީ މުހިންމު ބައްދަލުވުންތަކެއް
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއެކު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.